ރައީސުލްޖުމްހޫރިއްޔާ، 3 މިނިސްޓްރީއެއްގެ މިނިސްޓަރުގެ ނައިބު ކަމުގެ މަގާމަށް ބޭފުޅުން ޢައްޔަނު ކުރައްވައިފިއެވެ. އެގޮތުން ޢައްޔަނު ކުރެއްވި ބޭފުޅުންނާއި އެބޭފުޅުން ޢައްޔަނު ކުރެއްވި މިނިސްޓްރީތައް މިދަންނަވަނީއެވެ.
1. މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ނައިބު ކަމުގެ މަގާމަށް ދަފްތަރު ނަންބަރު އާރުއެސް 8661 އަލްފާޟިލް އާދަމް ތައުފީޤް.
2. މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނައިބު ކަމުގެ މަގާމަށް ގަލޮޅު ހިޔަލަ އަލްފާޟިލް ޢަބްދުﷲ ފަޔާޟް.
3. މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒްގެ ނައިބު ކަމުގެ މަގާމަށް ނިލަންދެއަތޮޅު އުތުރުބުރި ނިލަންދޫ ވެނީލާގޭ އަލްފާޟިލް ޢަލީ ވަޙީދު.