ރައީސުލްޖުމްހޫރިއްޔާ، ސްޓޭޓް މިނިސްޓަރުގެ މަގާމަށް 4 ބޭފުޅަކު ޢައްޔަނު ކުރައްވައިފިއެވެ. އެގޮތުން ޢައްޔަނު ކުރެއްވި ބޭފުޅުންނާއި އެބޭފުޅުން ޢައްޔަނު ކުރެއްވި ތަންތަން މިދަންނަވަނީއެވެ.

1. މިނިސްޓަރ އޮފް ސްޓޭޓްގެ މަގާމަށް، ނޭޝަނަލް ޑިޒާސްޓަރ މެނެޖްމަންޓް ސެންޓަރ ހިންގަވާ އެންމެ އިސްވެރިއެއްގެ ގޮތުގައި، މާފަންނު ނަޣުމާ އަލްފާޟިލް މުޙަންމަދު ޒުހައިރު.
2. މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިޝަރީޒް އެންޑް އެގްރިކަލްޗަރ ކަމަށް ހެންވޭރު ހަތިހާ އަލްފާޟިލާ ޒަހާ ވަޙީދު.
3. މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ކަމަށް މާފަންނު އާސްތާނާ އަލްފާޟިލާ އާމިނަތު ޢާޠިފާ.
4. މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޓޫރިޒަމް ކަމަށް މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ވިންޓަރހައުސް އަލްފާޟިލް އަޙްމަދު މުޞްޠަފާ މުޙަންމަދު. އޭނާ މިހާތަނަށް ހުންނެވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ނައިބުގެ މަގާމުގައެވެ.