މިނިސްޓަރ އޮފް ހޯމް އެފެއާޒް އަލްފާޟިލް ޢުމަރު ނަޞީރު، ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފައިވާތީ، އެމަނިކުފާނު އެނބުރި ރާއްޖެ ވަޑައިގަންނަވަންދެން، އެ މިނިސްޓްރީ ވަގުތީގޮތުން ހިންގެވުން މިނިސްޓަރ އޮފް ޓޫރިޒަމް އަލްފާޟިލް އަޙްމަދު އަދީބް ޢަބްދުލްޣަފޫރާ ރައީސުލްޖުމްހޫރިއްޔާ ޙަވާލުކުރައްވައިފިއެވެ.

އަދި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލްފާޟިލް ޠާރިޤް އިބްރާހީމް، ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފައިވާތީ، އެމަނިކުފާނު އެނބުރި ރާއްޖެ ވަޑައިގަންނަވަންދެން، އެ މިނިސްޓްރީ ވަގުތީގޮތުން ހިންގެވުން މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން އަލްފާޟިލް އަމީން އިބްރާހީމާ ރައީސުލްޖުމްހޫރިއްޔާ ޙަވާލުކުރައްވައިފިއެވެ.