މިނިސްޓަރ އޮފް ހެލްތް އެންޑް ޖެންޑަރ ޑޮކްޓަރ މަރްޔަމް ޝަކީލާ މިވަގުތު ޗުއްޓީއެއްގައި ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފައިވާތީ، އެކަމަނާ އެނބުރި ރާއްޖެ ވަޑައިގަންނަވަންދެން، އެ މިނިސްޓްރީގެ އިދާރީ ކަންތައްތައް ވަގުތީގޮތުން ހިންގެވުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަލްފާޟިލް ޢަބްދުﷲ އަމީނާ ރައީސުލްޖުމްހޫރިއްޔާ ޙަވާލުކުރައްވައިފިއެވެ.