ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 10/2013 އިން، ހައްދުންމަތީ ކަލައިދުއަކީ، ހައްދުންމަތީ އިސްދުއާ ވަކިން އޮންނަ، މީހުން ދިރިއުޅޭ ވަކި ރަށެއްގެ ގޮތުގައި މިއަދު ކަނޑައަޅުއްވައިފިއެވެ.
މިގޮތަށް މި ކަނޑައެޅުއްވީ، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ ދަށުން 14 އޮކްޓޫބަރު 2010 ގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 15/2010 (ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން) އަށް ގެންނެވި އިޞްލާޙަކުންނެވެ.