ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ތިން މަޤާމަކަށް ބޭފުޅުން ޢައްޔަނު ކުރައްވައިފިއެވެ. އެގޮތުން، ޢައްޔަނު ކުރެއްވި ބޭފުޅުންނާއި، އެބޭފުޅުން ޢައްޔަނު ކުރެއްވި މަޤާމުތައް މިދަންނަވަނީއެވެ.

1. މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ކަމުގެ މަޤާމަށް މާފަންނު ގުލްފާމުގޭ މުޙަންމަދު މުޢިއްޒު ޢަދުނާން
2. މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ނައިބުގެ މަގާމަށް ލ. ފޮނަދޫ އަރާއިރު އިބްރާހީމް ފައިޞަލް
3. މިނިސްޓަރ އޮފް ހޯމްއެފެއާޒުގެ ނައިބުގެ މަގާމަށް މ.ފުސްތުޅާގޭ މުޙަންމަދު ހާނިމް. މުހަންމަދު ހާނިމް މި މަގާމަށް ޢައްޔަންކުރައްވާފައިވަނީ، މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ދަށުން ހިނގަމުންދާ ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަން ސަރވިސަސްގައި މަސައްކަތް ކުރައްވާ ގޮތަށް.