މާލެއާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖު އެޅުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުމާގުޅޭގޮތުން ޚަބަރުފަތުރާ ވަސީލަތްތަކަށް އިކޮނޮމިކް ކައުންސިލުން މިއަދު މަޢުލޫމާތު ދެއްވާނެއެވެ. މި މަޢުލޫމާތުތައް ދެއްވާނީ، މިކަމަށްޓަކައި މިއަދު މެންދުރުފަހު 1 ޖަހާއިރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބާއްވަވާ ޕްރެސް ކޮންފަރެންސެއްގައި މި ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ބައެއް ވަޒީރުންނެވެ.

އެނގިވަޑައިގަންނަވާނޭފަދައިން، މާލެއާއި ހުޅުލެއާ ދެމެދު ބްރިޖު އެޅުމަކީ އާ ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ އެންމެ މުހިންމު އެއް ކަންތަކެވެ.