ސަރުކާރުގެ އޮފީސްތަކުގެ އޮނިގަނޑަށް ބަދަލުގެންނެވުން
            ރިޔާސީ އާދައުރު ފެށުމާ ގުޅިގެން، ސަރުކާރުގެ އޮފީސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނަވައިފިކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތުން ސަރުކާރުގެ އޮނިގަނޑަށް ގެންނެވި ބަދަލުތައް ތިރީގައި މިދަންނަވަނީއެވެ.
 
ނަން ބަދަލުކުރެއްވި ތަންތަން
1.     މިނިސްޓްރީ އޮފް ހެލްތުގެ ނަން "މިނިސްޓްރީ އޮފް ހެލްތު އެންޑް ޖެންޑަރ"ގެ ނަމަށް ބަދަލުކުރެއްވުން.
2.     މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރގެ ނަން "މިނިސްޓްރީ އޮފް ޓޫރިޒަމް"ގެ ނަމަށް ބަދަލުކުރެއްވުން.
3.     މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސްގެ ނަން "މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް"ގެ ނަމަށް ބަދަލުކުރެއްވުން.

އެއް އިދާރާގެ ދަށުން އަނެއް އިދާރާގެ ދަށަށް ބަދަލުކުރެއްވި ތަންތަން
1.     މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރގެ ދަށުން ހިނގަމުންދިޔަ ނޭޝަނަލްސެންޓަރފޮރދިއާޓްސްއާއި،ޤައުމީ ކުތުބުޚާނާއާއި، ނޭޝަނަލް ބިއުރޯ އޮފް ކްލެފިކޭޝަނާއި، ޑިޕާޓްމަންޓް އޮފް ހެރިޓޭޖް، މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ދަށަށް.
2.     މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ހިއުމަން ރައިޓްސްގެ ދަށުން ހިނގަމުންދިޔަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު/ކ.ގުރައިދޫއާއި، ކުޑަކުދިންގެ ހިޔާ/ކ.ވިލިނގިލިއާއި އަމާން ހިޔާ/ކ.ވިލިނގިލިއާއި، ތަޢުލީމާއި މަސައްކަތް އުނގަންނައިދޭ ކުޑަކުދިންގެ މަރުކަޒާއި، ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުތަކާއި،ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ، މިނިސްޓްރީ އޮފް ހެލްތު އެންޑް ޖެންޑަރގެ ދަށަށް.

އުވާލެއްވުން
1. މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ހިއުމަން ރައިޓްސް