ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 180ވަނަ މާއްދާގެ (ށ)ގެ ދަށުން، ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް މާފަންނު އުނިމާގޭ އަލްފާޟިލާ ފާޠިމަތު ރީނީ ޢަބްދުއްސައްތާރު ޢައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާތީ، އެ ކޮމިޝަނުގެ މެންބަރުކަމަށް، އެކަމަނާ ރައީސުލްޖުމްހޫރިއްޔާ މިއަދު ޢައްޔަން ކުރައްވައިފިއެވެ. މެންބަރުކަމަށް ޢައްޔަން ކުރެއްވިކަމުގެ ލިޔުން، އެކަމަނާއާ ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރެއްވީ، އެކަމަށްޓަކައި މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ފާޠިމަތު ރީނީ ޢަބްދުއްސައްތާރު ޢައްޔަން ކުރެއްވުމުގެ ކުރިން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އައްޝައިޚް ޔޫސުފް ޙުސައިން ކުރިފުޅުމަތީގައި، ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމުގެ ޤާނޫނީ ހުވާ ކުރެއްވިއެވެ.