ސްޕެޝަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް ކަމުގެ މަޤާމު

ރައީސުލްޖުމްހޫރިއްޔާ، ސްޕެޝަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް ކަމުގެ މަޤާމަށް، މާފަންނު އާސްތާނާ އަލްއުސްތާޛާ ޢާއިޝަތު ޢާޒިމާ ޝަކޫރު، ޢައްޔަން ކުރައްވައިފިއެވެ.

މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިޝަރީޒް އެންޑް އެގްރިކަލްޗަރ ކަމުގެ މަޤާމު

ރައީސުލްޖުމްހޫރިއްޔާ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިޝަރީޒް އެންޑް އެގްރިކަލްޗަރ ކަމުގެ މަޤާމަށް އައްޑޫސިޓީ ހިތަދޫ އާޒާދީގޭ އަލްފާޟިލް ޢަލީ ޞާލިޙު ޢައްޔަން ކުރައްވައިފިއެވެ. ޢަލީ ޞާލިޙު މިހާތަނަށް ހުންނެވީ، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުގެ ނައިބު ކަމުގެ މަޤާމުގައެވެ.  

ޗައިނާގެ ގުވަންޒޯގައި ހުންނަވާ ޓްރޭޑް ރެޕްރެޒެންޓެޓިވް ކަމުގެ މަޤާމު

ޗައިނާގެ ގުވަންޒޯގައި ހުންނަވާ ޓްރޭޑް ރެޕްރެޒެންޓެޓިވްގެ މަޤާމަށް، ހެންވޭރު ނޫކުރިކީލަ އަލްފާޟިލް ޢައްބާސް ޢާދިލް ރިޒާ، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ. ޢައްބާސް ޢާދިލް ރިޒާ މިހާތަނަށް ހުންނެވީ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސް އެންޑް ޓްރެޜަރީގެ މަޤާމުގައެވެ.