ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، "ޕްރެޒިޑެންޓްސް ކަޕް 2013" ގެ ފައިނަލް މެޗް ބައްލަވާލައްވައިފިއެވެ. ރޭ ގަލޮޅު ރަސްމީ ދަނޑުގައި އޮތް މިމެޗްގައި މުބާރާތުގެ ޗެމްޕިޔަންކަން ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް ހޯދާފައިވަނީ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބާ ބައްދަލުކޮށް 4 ލަނޑު 2 ލަނޑުން މެޗް ކާމިޔާބުކޮށްގެންނެވެ.

މުބާރާތުގެ ޗެމްޕިޔަންކަން ހޯދި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ރަން މެޑެލާއި ތަށްޓާއި، މުބާރާތުގެ ދެވަނަ ހޯދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބަށް ރިހި މެޑެއްޔާއި، މެޗުގެ އޮފިޝަލުންނަށް މެޑެލް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދެވެ.