މިހާރު އިލެކްޝަންސް ކޮމިޝަނުން ރިޔާސީ އިންތިޚާބު ބޭއްވެވުމަށް ހަމަޖައްސަވާފައިވާ ތާރީޚުތަކުގައި އިންތިޚާބު ބާއްވަވާނަމަ، 11 ނޮވެމްބަރ 2008ގައި ފެށުނު ރިޔާސީ ދައުރު ހަމަވާއިރު، ޤާނޫނުއަސާސީގެ 111ވަނަ މާއްދާގައިވާ ގޮތުގެމަތިން އިންތިޚާބުކޮށްފައިވާ ރައީސަކު ނެތުމުގެ ފުރުސަތު އޮތުމާއެކު، މި ޙާލަތަކީ ޤާނޫނީ މައްސަލަތަކެއް ދިމާވާނެ ޙާލަތަކަށްވާތީ، އަދި މި މައްސަލަ ޙައްލުކުރެއްވުން އެންމެ އެކަށީގެންވަނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކަމުގައިވާތީ، މި މައްސަލައަށް ޙައްލެއް ހޯއްދެވުމުގެ މަސައްކަތް، ރައްޔިތުންގެ މަޖިލީހުން އިސްނަންގަވައިގެން ކުރިއަށް ގެންގޮސްދެއްވުން އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދަށް މިއަދު ސިޓީފުޅެއް ފޮނުއްވައިފިއެވެ.