މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ހިންގެވުން މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޑޮކްޓަރ މަރްޔަމް ޝަކީލާއާ ރައީސުލްޖުމްހޫރިއްޔާ މިއަދު ހަވާލުކުރައްވައިފިއެވެ. ޑޮކްޓަރ ޢަބްދުއްޞަމަދު ޢަބްދުﷲ އަވަހާރަވުމާ ގުޅިގެން، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް މިހާތަނަށް ވަގުތީ ގޮތުން ހިންގަވަމުން ގެންދެވީ، މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާޞިމް އަޙްމަދެވެ.