1.      އެކުވެރި ޢަރަބި ޢިމާރާތަށް، ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރުކަމުގެ މަގާމު
އެކުވެރި ޢަރަބި ޢިމާރާތަށް، ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރު ކަމަށް، މާފަންނު އެމޭޒަން ޑޮކްޓަރ އައިޝަތު ޝެހެނާޒްއާދަމް، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ.
 
2.      ޑެޕިޔުޓީ އެޓަރނީ ޖެނެރަލްގެ މަގާމު 
 
ޑެޕިޔުޓީ އެޓަރނީ ޖެނެރަލްގެ މަޤާމަށް ވ. ވަސްމީރުފިޔަ އަލްއުސްތާޛު އަޙްމަދު އުޝާމް ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ. މިމަގާމަށް އަޙްމަދު އުޝާމް ޢައްޔަން ކުރައްވާފައިވަނީ ސްޓޭޓް މިނިސްޓަރު ފެންވަރުގައެވެ. 
އަޙްމަދު އުޝާމް މިހާތަނަށް ހުންނެވީ، އެޓަރނީ ޖެނެރަލްގެ އޮފީހުގެ ޑެޕިއުޓީ ސޮލިސިޓަރ ޖެނެރަލްގެ މަޤާމުގައެވެ.