ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، ޑެޕިޔުޓީ އެޓަރނީ ޖެނެރަލްގެ މަގާމަށް ވ. ވަސްމީރުފިޔަ އަލްއުސްތާޛު އަޙްމަދު އުޝާމް ޢައްޔަން ކުރައްވައިފިއެވެ. އޭނާ މި މަގާމަށް ޢައްޔަން ކުރައްވާފައިވަނީ، ސްޓޭޓް މިނިސްޓަރު ފެންވަރުގައެވެ. އަލްއުސްތާޛު އަޙްމަދު އުޝާމް މިހާތަނަށް ހުންނެވީ، އެޓަރނީ ޖެނެރަލްގެ އޮފީހުގެ ޑެޕިއުޓީ ސޮލިސިޓަރ ޖެނެރަލްގެ މަގާމުގައެވެ.