އެކުވެރި ޢަރަބި ޢިމާރާތަށް، ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރު ކަމަށް، މާފަންނު އެމޭޒަން ޑޮކްޓަރ އައިޝަތު ޝެހެނާޒް އާދަމް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު މިއަދު ޢައްޔަން ކުރައްވައިފިއެވެ.

ޑޮކްޓަރ އައިޝަތު ޝެހެނާޒް އާދަމް، އެކުވެރި ޢަރަބި ޢިމާރާތަށް ރާއްޖެއިން ކަނޑައަޅާ ސަފީރު ކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ މި ޢައްޔަން ކުރެއްވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) ގައިވާ ގޮތުގެ މަތިންނެވެ.