މިނިވަންދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، ދިވެހި ޤައުމާ މުޚާޠަބު ކުރައްވާނެއެވެ. ރައީސުލްޖުމްހޫރިއްޔާ، ދިވެހި ޤައުމާ މުޚާޠަބު ކުރައްވާނީ، މިނިވަންދުވަހުގެ މުނާސަބަތުގައި، ޖުލައި 26ވަނަ ދުވަހުގެރޭ 10 ޖަހާއިރު ޖުމްހޫރީ މައިދާނުގައި ބާއްވަވާ ޚާއްޞަ ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތުގައި ދިދަ ނެގުމާއި ބައެއް ބޭފުޅުންނަށް ޢިއްޒަތް އެރުވުން އޮންނާނެއެވެ.