މި ހިނގާ ޖުލައި މަހުގެ 28 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވައިފިއެވެ.

ބަންދު ދުވަހެއް ހަފްތާގެ ބަންދު ދުވަހަކާ ދިމާވެއްޖެނަމަ، އެދުވަހުގެ ބަދަލުގައި އިތުރު ދުވަހެއް ބަންދުނުކުރެއްވުމަށް ހަމަޖައްސަވައި، އެކަމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވާފައިވާ 1996 ވަނަ އަހަރުގެ 30 ނަންބަރު ދެންނެވުމާއި، 2000 ވަނަ އަހަރު ނެރުއްވާފައިވާ 37 ވަނަ ނަންބަރު ދެންނެވުމުން، ޤައުމީ ދުވަހާއި، ޖުމްހޫރީ ދުވަހާއި އަދި ރާއްޖެ އިސްލާމްވިދުވަސް އިސްތިންނާ ކުރައްވާފައިވީނަމަވެސް، މިނިވަންދުވަސް އިސްތިސްނާ ދުވަހެއްގެ ގޮތުގައި ހަމަޖައްސަވާފައެއްނުވެއެވެ.