ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ މެންބަރުންގެ ތެރެއިން މެންބަރަކު އިސްތިއުފާ ދެއްވާފައިވާތީ، އެމެންބަރުގެ ބަދަލުގައި މެންބަރަކު ޢައްޔަންކުރުމަށްޓަކައި، ޤާނޫނު ނަންބަރު 2008/5 (ފުލުހުންގެ ޤާނޫނު) ގެ 22 ވަނަ މާއްދާގެ (ށ) ގެ (1) އާއި (2) ގައިވާ ގޮތުގެމަތިން، މާފަންނު ލިޔާގޭ އަލްއުސްތާޛާ އާމިނަތު ރުކްޝާނާ އިބްރާހީމްގެ ނަންފުޅު ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދަށް ފޮނުއްވި ސިޓީފުޅުގައި، އަލްއުސްތާޛާ އާމިނަތު ރުކްޝާނާ އިބްރާހީމްގެ ނަންފުޅު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިދެއްވައި، މަޖިލީހަށް ފެނިވަޑައިގަންނަވާ ގޮތެއްގެ މަތިން ނިންމަވައިދެއްވުމަށް އެދިވަޑައިގެންފައިވެއެވެ.