ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދާއި، އެމަނިކުފާނުގެ އަނބިކަނބަލުން އަލްފާޟިލާ އިލްހާމް ޙުސައިން، ސަޢޫދީޢަރަބިޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މިއަދު ހެނދުނު މާލެ ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ސަޢޫދީޢަރަބިއްޔާގެ ވަލީޢަހުދު، ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލް ސަޢުދާ ބައްދަލުކުރައްވައި، ސަޢޫދީޢަރަބިއްޔާއާއި ދިވެހިރާއްޖެއާ ދެޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ސަޢޫދީޢަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމުގެ ކުރިން، އެކުވެރި ޢަރަބި އިމާރާތަށް ވަޑައިގެން، އެޤައުމުގެ ބޮޑުވަޒީރު އަދި ނައިބު ރައީސް، ޝެއިޚް މުޙަންމަދު ބިން ރާޝިދު އާލް މަކްތޫމާ ރޭ ބައްދަލުކުރެއްވިއެވެ.