2013 ވަނަ އަހަރުގެ ޖޫން މަހުގެ 17ވީ ހޯމަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 6 ވަނަ ޖަލްސާއިން ފާސްކުރެއްވި [އާބިޓްރޭޝަނުގެ ބިލް] ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު މިއަދު ތަޞްދީޤު ކުރައްވައިފިއެވެ. ތަޞްދީޤު ކުރެއްވުމާ ގުޅިގެން، މިޤާނޫނު، ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރައްވައިފިއެވެ.

މި ޤާނޫނަކީ ޤާނޫނު ޤަބޫލުކުރާ ގުޅުމަކުން ގުޅިފައިވާ ދެފަރާތެއްގެ ދެމެދުގައި، ނުވަތަ އެއަށްވުރެ ގިނަ ފަރާތްތަކެއްގެ މެދުގައި އުފެދޭ ވިޔަފާރީގެ މައްސަލަތައް، އާބިޓްރޭޝަނުގެ ބައިނަލްއަޤްވާމީ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން ޙައްލުކުރުމަށް މަގުފަހިކޮށްދިނުމުގެ އުސޫލުތައް ބަޔާންކުރުމުގެ ޤާނޫނެވެ.