ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، އެޓަރނީ ޖެނެރަލް ކަމުގެ މަޤާމަށް މާފަންނު އާސްތާނާ އަލްއުސްތާޛާ ޢާއިޝަތު ޢާޒިމާ ޝަކޫރު ޢައްޔަން ކުރައްވައި، އެ ކަމަނާއަށް މަޤާމުގެ ފަތްކޮޅު މިއަދު ހަވީރު ދެއްވައިފިއެވެ.

އަލްއުސްތާޛާ ޢާއިޝަތު ޢާޒިމާ ޝަކޫރަށް މަޤާމުގެ ފަތްކޮޅު ދެއްވުމުގެ ކުރިން، ވަޒީރުންގެ މަޖިލީހުގެ މެންބަރު ކަމުގެ ހުވާ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޢަރީފްގެ ކުރިފުޅުމަތީގައި ކުރެއްވިއެވެ. ހުވާކުރެއްވުމަށްފަހު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވާގެ އިޤްރާރުގައި ސޮއިކުރެއްވިއެވެ.