ރައީސުލްޖުމްހޫރިއްޔާ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިޝަރީޒް އެންޑް އެގްރިކަލްޗަރ ކަމަށް ތިލަދުންމަތީ އުތުރުބުރީ އުތީމު ފެންފިޔާޒުގޭ އަލްފާޟިލް ޢަބްދުއްރަޙީމް ޙަސަން ޢައްޔަން ކުރައްވައިފިއެވެ. ޢަބްދުއްރަޙީމް ޙަސަން މިހާތަނަށް ހުންނެވީ، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ ނައިބުގެ މަޤާމުގައެވެ.