އިންޑިޔާގެ އުތުރުގެ ރަށެއްކަމަށްވާ އުއްތަރަކަންޑަށް ވަރަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން އެތައް ބަޔަކު މަރުވެ، ތަންތަނަށާއި ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން، އެކަމުގެ ހިތާމައިގައި، އިންޑިޔާގެ ރައީސް ޕްރަނާބް މުކަރްޖީއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، މިޚަބަރު އެއްސެވީ ވަރަށް ފުން ހިތާމައާ އެކުގައިކަމަށް ވިދާޅުވެ، ރައީސް މުކަރްޖީއަށާއި، އިންޑިޔާ ސަރުކާރަށާއި، ރައްޔިތުންނަށާއި، މި ހާދިސާގައި ގެއްލުން ލިބުނު ފަރާތްތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ.