ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢު މިއަދު ފަށްޓަވައިދެއްވާނެއެވެ. ރައީސުލްޖުމްހޫރިއްޔާ މިމަޝްރޫޢު ފަށްޓަވައިދެއްވުމަށްޓަކައި، އައްޑޫސިޓީއަށް ކުރައްވާ ދަތުރުފުޅުގައި ފުރާވަޑައިގަތީ، މިއަދު މެންދުރުފަހުއެވެ.

އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢު އިފްތިތާޙު ކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ، މިއަދު ހަވީރު ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގައެވެ. މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވާގޮތަށްވަނީ ހަމަޖެހިފައެވެ.