ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، ފަލަސްޠީނަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މަސްޖިދުލްއަޤްޞާއަށް މިއަދު މެންދުރުކުރީގައި ޒިޔާރަތް ކުރައްވައިފިއެވެ.

މި ޒިޔާރަތުގައި، މިސްކިތުގެ އިމާމާ ރައީސުލްޖުމްހޫރިއްޔާ ބައްދަލު ކުރެއްވިއެވެ. އަދި، މަސްޖިދުލްއަޤްޞާގެ ތާރީޚާބެހޭގޮތުން މަޢުލޫމާތު ހޯއްދެވިއެވެ.