މިއޮފީހުގެ ނަންބަރު 47/2010 (4 އޯގަސްޓް 2010) ދެންނެވުމާ ހަވާލާދީ ދަންނަވަމެވެ.
ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ ދަށުން އުފައްދާފައިވާ ކައުންސިލްތަކުގެ މަސައްކަތްތަކާއި ޙަރަކާތްތައް ހިނގަމުންދާ ގޮތް ބަލައި، ކައުންސިލްތަކުގެ މަސައްކަތްތައް ވިލަރެސްކޮށް، އެޤާނޫނުގެ 62 ވަނަ މާއްދާގެ (ހ) ގައިވާގޮތުގެ މަތިން މިއޮތޯރިޓީއާ މަސްއޫލުވާނެ ވަޒީރުންގެ މަޖިލީހުގެ މެންބަރަކީ، މިނިސްޓަރ އޮފް އެޑިޔުކޭޝަންކަމަށް ކަނޑައަޅުއްވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.