ހުސްވި އޭޕްރިލް މަހުގެ 29ވީ ހޯމަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 24 ވަނަ ޖަލްސާއިން ފާސްކުރެއްވި [ޤާނޫނު ނަންބަރު: 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލް] ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު މިއަދު ތަޞްދީޤު ކުރައްވައިފިއެވެ. ތަޞްދީޤު ކުރެއްވުމާ ގުޅިގެން، މި ޤާނޫނު، ދިވެހި ސަރުކާރުގެ ގެޒެޓްގައި މިއަދު ޝާއިޢު ކުރައްވައިފިއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނަށް މިގެންނެވި އިޞްލާޙަކީ، އިންތިޚާބަށް ކުރިމަތިލާ މީހަކީ، ޤާނޫނުއަސާސީގެ ދަށުން އިންތިޚާބު ކުރެވޭ މަޤާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުމަށް ބަޔާންކޮށްފައިވާ އެ ޤާނޫނުގެ 12 ވަނަ މާއްދާގެ (6) ވަނަ ނަންބަރު އުނިކުރެއްވުމެވެ.