ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ޙައިޘިއްޔަތުން، އަޅުގަނޑުގެ އެންމެ އިސް ވާޖިބަކީ ދިވެހި ރައްޔިތުންނަށް ޚިދުމަތްކޮށްދިނުމެވެ. މިއަހަރުގެ ރިޔާސީ އިންތިޚާބުގައި އެހެން ޕާޓީއެއްގެ ފަރާތުން ވާދަކުރައްވާ ބޭފުޅަކަށް، މި ސަރުކާރަށް އެންމެ އިޚްލާޞްތެރިކޮށް ޚިދުމަތް ކޮށްދެއްވިދާނެ ކަމަކަށް ނުފެނެއެވެ. މިނިސްޓަރ އޮފް ހޯމް އެފެއާޒްގެ މަޤާމުގައި ހުންނަވައިގެން، ޑޮކްޓަރ މުޙަންމަދު ޖަމީލު އަޙްމަދު ކޮށްދެއްވާފައިވާ ޚިދްމަތްތަކަށް، ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރަމެވެ.