بســم اللّـه الرّحمـن الرّحيــم

އާދެ! މިއަދު ހުޅުމީދޫގެ އެސް.ޓީ.އޯ ފާމަސީ ހުޅުވުމުގެ ޝަރަފް އަޅުގަނޑަށް ލިބޭ ކަމަށްޓަކައި އަޅުގަނޑު ވަރަށް ބޮޑަށް އުފާކޮށް، اللّـه سبحـانـه وتعـالى އަށް ޙަމްދާއި ޝުކުރު ދަންނަވަން. އަދި ދެންމެ އެސް.ޓީ.އޯ.ގެ ޗެއަރމަން އެ ވިދާޅުވިފަދައިން، މި ފިހާރައަކީ މިއީ އައްޑުއަތޮޅުގައި މިގޮތަށް ހުޅުވޭ ދެވަނަ ފިހާރަ. އެސް.ޓީ.އޯ.ގެ ދެވަނަ ބޭސްފިހާރަ. އަޅުގަނޑު ޔަޤީންކުރަން، މި ފިހާރަ ހުޅުވުމާ ގުޅިގެން، މިދެރަށުގެ ހުރިހާ ރައްޔިތުންނަށް ބޭނުންވާ ހުރިހާ ބޭސް ލިބެން ހުންނާނެ ކަމަށް. އަދި ހަމައެއާއެކީގައި، އާސަންދައިގެ ދަށުން ތިޔަބޭފުޅުންނަށް ބޭނުންފުޅުވާ ބޭސްތައް ލިބެން ހުންނާނެ ކަމަށް.

މި ފާމަސީ މިތާ ހުޅުއްވައިދެއްވި ކަމަށްޓަކައި އަޅުގަނޑު އެސް.ޓީ.އޯ.ގެ ބޯޑު އޮފް ޑިރެކްޓަރުންނަށާއި، އަދި ޗެއަރމަން އަދި މެނެޖިންގ ޑިރެކްޓަރާއި އެސް.ޓީ.އޯ.ގެ ހުރިހާ މުވައްޒަފުންނަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ، اللّـه سبحـانـه وتعـالى މިރަށުގެ ހުރިހާ ރައްޔިތުންނަށް އަބަދުވެސް ދުޅަހެޔޮ ޞިއްޙަތެއް މިންވަރު ކުރެއްވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.