ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، މިނިސްޓަރ އޮފް ހޯމް އެފެއާޒްގެ މަޤާމުން ޑޮކްޓަރ މުޙަންމަދު ޖަމީލު އަޙްމަދު މިއަދު ވަކިކުރައްވައިފިއެވެ.

ޑޮކްޓަރ މުޙަންމަދު ޖަމީލު އަޙްމަދު، މިނިސްޓަރ އޮފް ހޯމް އެފެއާޒްގެ މަޤާމުން ވަކިކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި، އެ މަޤާމުގައި ހުންނަވައިގެން، ކޮށްދެއްވާފައިވާ ޚިދްމަތްތަކަށް، ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައިވެއެވެ.