ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް އެފެއާޒް ސެކްރެޓަރީ ކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ބޭފުޅަކު ޢައްޔަން ކުރައްވައިފިއެވެ. މި މަގާމަށް ޢައްޔަން ކުރެއްވީ، ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ބްލޫހެވަން އަލްއުސްތާޛު ޝަމްސުލްފަލާޙެވެ. އަލްއުސްތާޛު ޝަމްސުލްފަލާޙު މީގެކުރިން ހުންނެވީ އެމް.އެން.ޑީ.އެފް.ގެ ލެފްޓެނަންޓް ކަމުގެ ރޭންކުގައެވެ.