ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، އައްޑޫސިޓީ ހިތަދުއަށާއި، ހުޅުމީދުއަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، އެމަނިކުފާނުގެ އަނބިކަނބަލުން އަލްފާޟިލާ އިލްހާމް ޙުސައިން، މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، ހިތަދޫ ވޯޓަރ ސަޕްލައިގެ މަސައްކަތް ފަށްޓަވާދެއްވައި، ސ. އަތޮޅު މަދުރަސާގައި އޭ ލެވެލްއަށް ކިޔަވައިވައިދިނުން ފަށްޓަވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ.