ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، މެލޭޝިޔާގެ ބޮޑުވަޒީރު މުޙަންމަދު ނަޖީބް ބިން ތުން ޙާޖީ ޢަބްދުލް ރަޒަކަށް ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖްގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އަދި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، ވަރަށް ހޫނު ތަހުނިޔާއެއް ވިދާޅުވެ، ހެޔޮއެދުންތައް ބޮޑުވަޒީރު ނަޖީބަށް ފޮނުއްވާފައިވެއެވެ. އަދި އެމަނިކުފާނުގެ ޒަޢާމަތުގައި މެލޭޝިޔާގެ ރައްޔިތުންނަށް އިތުރު ފާގަތިކަން ލިބިގެންދާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖްގައި، ދެ ޤައުމުން ކަންބޮޑުވާ ކަންކަމުގައި، ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މެލޭޝިޔާ ސަރުކާރާއެކު މަސައްކަތް ކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމުގައި ވިދާޅުވެފައިވެއެވެ.