ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، މެލޭޝިޔާގެ އެންމެ އިސް ވެރިޔާ "ޔަންގް ޑި-ޕާރޓުއަން އެގޮންގް"ގެ މަޤާމަށް އަލް މުޢުތަސިމު ބިއްލާހި މުހިއްބުދީން ޓުއަންކު އަލް ހާޖް ޢަބްދުލް ޙަލީމް އަލުން ހޮވިވަޑައިގެންނެވުމުން، އެ މަނިކުފާނަށް ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖްގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އަދި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، ވަރަށް ހޫނު ތަހުނިޔާއެއް ވިދާޅުވެ، ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ.