ސަރުކާރުން ބާއްވާ އެކިއެކި ރަސްމިއްޔާތުތަކާއި ޖަލްސާތަކުގައި، ދައުލަތުގެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނާއި، ކުރިން އެފަދަ މަޤާމުތައް ފުރުއްވާފައިވާ ބޭފުޅުންނާއި، އެކިއެކި ލަޤަބާއި ޝަރަފް އަރުވާފައިވާ ބޭފުޅުންގެ ތަރުތީބެއް ކަނޑައަޅުއްވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތުން ތަރުތީބު ކަނޑައެޅުއްވި ގޮތް މިދެންނެވުމާ އެކުގައި މިވަނީއެވެ.

ވީމާ، ސަރުކާރުގެ އޮފީސްތަކުން އިންތިޒާމު ކުރައްވާ އެކިކަންކަމުގައި، މިދެންނެވި ތަރުތީބު ބޭނުންކުރައްވަމުން ގެންދެވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

 

ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި، ކުރިން އެފަދަ މަޤާމުތައް ފުރުއްވާފައިވާ ބޭފުޅުންނާއި، އެކިއެކި ލަޤަބާއި ޝަރަފު އެރުވިފައިވާ ބޭފުޅުން ތަރުތީބު ކަނޑައެޅުއްވިގޮތް

                                     

ތަރުތީބު

މަގާމު

1              

ރައީސުލްޖުމްހޫރިއްޔާ

2              

ރައީސުލްޖުމްހޫރިއްޔާގެ ނައިބު

3              

ރައްޔިތުންގެ މަޖިލީހުގެ ރައީސް

4              

ދިވެހިރާއްޖޭ އުއްތަމަ ފަނޑިޔާރު

5              

ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅުން

ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅުންގެ އަނބިއަނބިކަނބަލުންނާއި ފިރިކަލުން

ދިވެހި ދައުލަތުގެ އެންމެ މަތިވެރި ޢިއްޒަތް އަރުވާފައިވާ ބޭފުޅުން (ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިކަން)

6              

ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ކުރައްވާފައިވާ ބޭފުޅުން

ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ކުރައްވާފައިވާ ބޭފުޅުންގެ އަނބިއަނބިކަނބަލުންނާއި ފިރިކަލުން 

7              

ވަޒީރުންގެ މަޖިލީހުގެ މެންބަރުން

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން   

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް

ވަޒީރުން ފެންވަރުގެ މަގާމުތައް

8              

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން

9              

ދިވެހިރާއްޖެއިން އެކި ޤައުމުތަކަށް ކަނޑައަޅުއްވާ ސަފީރުން

ދިވެހިރާއްޖެއަށް އެކި ޤައުމުތަކުން ހަމަޖައްސަވާފައިވާ ސަފީރުންނާއި އެ ފެންވަރުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުން

ސްޓޭޓް މިނިސްޓަރުންނާއި އެ ފެންވަރުގެ ބޭފުޅުން

-          ޗީފް އޮފް ޑިފެންސް ފޯސް

-          ކޮމިޝަނަރ އޮފް ޕޮލިސް

-          ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސް

-          އިލެކްޝަންސް ކޮމިޝަންގެ ރައީސް

-          ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް

-          ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސް

-          އެންޓިކޮރަޕްޝަން ކޮމިޝަންގެ ރައީސް

-          އޮޑިޓަރ ޖެނެރަލް

-          ޕްރޮސެކިއުޓަރ ޖެނެރަލް

-          ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން

ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިކަން އަރުވާފައިވާ ބޭފުޅުން

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތް އަރުވާފައިވާ ބޭފުޅުން

ނިޝާން ދަރުމަވަންތަ މަހާރަދުންގެ ޢިއްޒަތުގެ ވެރިކަން އަރުވާފައިވާ ބޭފުޅުން

ނިޝާން ޝަހީދު ޢަލީގެ ޢިއްޒަތް އަރުވާފައިވާ ބޭފުޅުން

ނިޝާން އިސްކަންދަރު ޢިއްޒަތް އަރުވާފައިވާ ބޭފުޅުން

ނިޝާން ޢަސްކަރީގެ ޢިއްޒަތް އަރުވާފައިވާ ބޭފުޅުން

10          

މިނިސްޓަރުންގެ ނައިބުންނާއި އެ ފެންވަރުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުން

ޤާނޫނު އަސާސީގައިވާ މިނިވަން މުއައްސަސާތަކުގެ ނައިބު ރައީސުންނާއި މެންބަރުން

-          ޖުޑީޝަލް ސަރވިސް ކޮމިޝަން

-          އިލެކްޝަންސް ކޮމިޝަން

-          ސިވިލް ސަރވިސް ކޮމިޝަން

-          ހިއުމަން ރައިޓްސް ކޮމިޝަން

-          އެންޓިކޮރަޕްޝަން ކޮމިޝަން

ސުޕީރިއަރ ކޯޓުތަކުގެ އިސް ޤާޟީންނާއި ޤާޟީން
ޕާމަނަންޓް ސެކްރެޓަރީން

ރައްޔިތުންގެ މަޖިލީހުގެ އަމީންޢާންމު

11          

ދައުލަތަށް ގިނަދުވަހު ޚިދުމަތްކުރެއްވި ޢިއްޒަތްތެރިންގެ ލަޤަބު އަރުވާފައިވާ ބޭފުޅުން

ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިފައިވާ ބޭފުޅުން

12          

ޤާނޫނުތަކުގެ ދަށުން އުފައްދާ މުއައްސަސާތަކުގެ އެންމެ އިސްވެރިން

-          މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ

-          މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ

-          މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން

-          ޕޮލިސް އިންޓަގްރިޓީ ކޮމިޝަން

-          ވަޒީފާއާ ބެހޭ ޓްރައިބިއުނަލް

-          ޓެކްސް އެޕީލް ޓްރައިބިއުނަލް

-          މޯލްޑިވްސް ކަސްޓަމްސް ސަރވިސް

-          ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ

-          ދިވެހި ބަހުގެ އެކަޑަމީ

-          ޤައުމީ އަރުޝީފް

-          މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ

-          ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ

-          ސިޓީ ކައުންސިލް

-          އަތޮޅު ކައުންސިލް

-          ރަށު ކައުންސިލް

13          

ޤާނޫނުތަކުގެ ދަށުން އުފައްދާ މުއައްސަސާތަކުގެ ނައިބު ރައީސުންނާއި  މެންބަރުން

-          މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ

-          މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ

-          މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން

-          ޕޮލިސް އިންޓަގްރިޓީ ކޮމިޝަން

-          ވަޒީފާއާ ބެހޭ ޓްރައިބިއުނަލް

-          ޓެކްސް އެޕީލް ޓްރައިބިއުނަލް

-          މޯލްޑިވްސް ކަސްޓަމްސް ސަރވިސް

-          ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ

-          ދިވެހި ބަހުގެ އެކަޑަމީ

-          ޤައުމީ އަރުޝީފް

-          މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ

-          ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ

-          ސިޓީ ކައުންސިލް

-          އަތޮޅު ކައުންސިލް

-          ރަށު ކައުންސިލް

ބޭރު ޤައުމުތަކުގެ ކޮންސިއުލޭޓްތަކަށް ކަނޑައަޅުއްވާފައިވާ ކޮންސަލުން


14          

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޗެއަރމަނުން

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މެނެޖިންގ ޑިރެކްޓަރުން

 

 

ނޯޓު: * ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާ ރަސްމިއްޔާތުތަކާއި ޖަލްސާތަކުގެ ތެރެއިން އެ ޖަލްސާއެއް ހޯސްޓްކުރައްވާ ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާގެ ކަނާތްޕުޅުފަރާތުގައި އިންނަވާގޮތަށް ހަމަޖެއްސެވުން.

*      ރަސްމިއްޔާތުތަކާއި ޖަލްސާތަކުގައި އަނބިއަނބިކަނބަލުންނާއި ފިރިކަލުން ބައިވެރިވެވަޑައިގަންނަވާނަމަ އެބޭފުޅެއްގެ އަރިހުގައި އަނބިކަނބަލުން/ ފިރިކަލުން އިންނަވާގޮތަށް ހަމަޖެއްސެވުން.