ޖަޒީރާ ދިރިއުޅުން




17
24 * ފައްކާވެފައިވާ ލާމަރުކަޒީ ނިޒާމެއް ގާއިމުކުރުމަށްޓަކައި ގަޑުބަޑުކޮށްފައިވާ ލާމަރުކަޒީ ގާނޫނަށް އިޞްލާޙު ގެނައުން.
* އިޤްތިޞާދީ ޙައިސިއްޔަތު ކައުންސިލްތަކަށް ފަހިކޮށްދިނުމާއެކު، ކައުންސިލްތަކުގެ ޤާބިލްކަމާއި ޒިންމާދާރުކަން ބޮޑުކޮށްދިނުން.
* ހަމަހަމަކަމާއެކު ޚިދުމަތް ފޯރުވައިދީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ، ޙަރަކާތްތެރި ފުދުންތެރި ކައުންސިލްތަކެއް އުފެއްދުން.
25 * ދައުލަތުގެ އޮފީސްތަކާއި ސަރުކާރު މިނިސްޓްރީތަކުގެ ގިނަ މަސައްކަތްތައް ރަށުކައުންސިލްތަކާއި، އަތޮޅުކައުންސިލްތަކާއި، ސިޓީކައުންސިލްތަކަށް (ވަކި ތަރުތީބަކުން) ބަހާލުން.
* މަރުކަޒީ ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ކައުންސިލްތަކާ ގުޅުންހުރި މަސައްކަތްތައް، ސީދާ ކައުންސިލް ތަކަށް ބަހާލުން.
26 * މިނިސްޓްރީތަކުން ރަށްރަށުގައި މިހާރު ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ކިތަންމެ މަސައްކަތެއް ރަށު ކައުންސިލްތަކުގެ ދަށަށް ދޫކޮށްލެވި، ނޭޝަނަލް ޑިވެލޮޕްމެންޓް ޕްލޭން އަދި ސަރުކާރުން އެކުލަވާލާފައިވާ އެކްޝަން ޕްލޭންއާއި ފުށުނާރާގޮތަށް މަޝްރޫއުތައް ހިންގާ ވިލަރެސްކުރުމުގެ އިޚްތިޔާރު ކައުންސިލްތަކަށް ހޯދައިދިނުން.
* ރައްޔިތުން އިންތިޚާބުކުރާ ކައުންސިލްތަކަށް ބާރުވެރިކަމާއި ރައްޔިތުންގެ އިތުބާރާއި ޤަދަރު ހޯދައިދެވި، މާހަމަޖެހޭ ޖަޒީރާ ދިރިއުޅުމަކަށް ވާޞިލުވުމަށް ކުރަންޖެހޭ މަސައްކަތްތައް ވިލަރެސްކުރުން.
18
27 * ކައުންސިލްގެ އިޙްތިޞާސްގައި ހިމެނޭ ބިމާއި، ފަޅާއި، ފަރާއި، ކަނޑާއި، ވާއެންމެހާ ވަޞީލަތްތަކުން ލިބޭ ކުލީގެ އިންސައްތައެއް އެ ކައުންސިލަކަށް ލިބޭނޭގޮތް ހަމަޖެއްސުން.
* ފުރާފުރިހަމަވެ އަމިއްލަ ފައިމައްޗަށް ތެދުވެގެން ހިނގާ ކައުންސިލްތަކަކަށް ހެދުމަށްޓަކައި ދައުލަތުގެ މާލީ ނިޒާމާ ފުށުނާރާގޮތަށް ދަރަންޏަށް ޒިންމާވުމާއި ލޯނުނެގުމުގެ ބާރު ކައުންސިލްތަކަށް ހޯދައިދިނުން.
* ކައުސިލްތަކަށް މާލީ މިނިވަންކަން ހޯދައިދިނުން.
28 * ޢާއްމު ޚިދުމަތްތަކުންނާއި، އެހެނިހެން ގޮތްގޮތުން ނެގެމުންދާ ފީތައް، މައި ސަރުކާރަށް ނުގޮސް ސީދާ ކައުންސިލްތަކަށް ނެގޭގޮތަށް ބަދަލުގެނައުން.
* ކައުންސިލްތަކަށް ލިބޭ އާމްދަނީ ބޮޑުކޮށް، އެއިން ރައްޔިތުންނަށް ހިދުމަތްތައް ފޯރުކޮށްދިނުމުގެ ހުރިހާ ބާރެއް ކައުންސިލްތަކަށް ލިބިދިނުން.
* ހައިބަތާއި ޤަދަރު ބޮޑު ޖަޒީރާވަންތަ ކައުންސިލްތަކެއް އުފެއްދުން.
29 * ކޮންމެ ރަށެއްގެ އިޤްޠިޞާދު ދެނެގަތުމަށްޓަކައި އެރަށެއްގެ އާމްދަނީއާއި ޚަރަދު ދެނެގަނެވި މިނަންފެށުން.
* ރަށުގައިވާ ވަޞީލަތްތަކާއި ހަރުމުދަލާއި މުޅި މިލްކިއްޔާތު ހިމެނޭ ރަށު ބެލެންސްޝީޓެއް އެކުލަވާލުން.
30 * ޖަޒީރާ ރަށްރަށުގެ ކަރަންޓާއި ފެނާއި ނަރުދަމާ ޤާއިމްކުރުން ހަލުވިކުރުމަށްޓަކައި މިހާރު މާލޭގައި ހިންގާ މަރުކަޒީ ކުންފުނިތަކުން ދޭ ޚިދުމަތްތައް ސަރަޙައްދީ ކުންފުނިތަކަށް ބަހާލުން.
* ފެނާއި ނަރުދަމާ ޤާއިމްކުރުމަށް އުފެއްދޭ ސަރަޙައްދީ ކުންފުނި ތަކަކީ އެސަރަޙައްދެއްގެ ރަށްތަކުގެ ބައިވެރިވުމާއެކު ހިންގާ ކުންފުނި ތަކަކަށް ހެދުން.
19
31 * ދިގުމުއްދަތަށް އަމާޒުކޮށް، ލޭންޑް ޕޮލިސީ، ނުވަތަ ބިންބޭނުން ކުރުމުގެ ޤައުމީ ސިޔާސަތު އެކުލަވާލުން.
* ބިން ބޭނުންކުރުމުގެ ޤައުމީ ސިޔާސަތުގެ ތެރެއިން ރަށުކައުންސިލްގެ އިޙުތިޞާސްގައިވާ ބިމާއި ކަނޑުފަޅާއި ފަރުފަދަ އެންމެހައި ތަންތަން، ރަށުގެ ބައެއްގެ ގޮތުގައި ހަމަޖެއްސުން.
32 * ރަށުކައުންސިލްގެ އިޙުތިޞާސްގައިވާ ބިމާއި ކަނޑުފަޅާއި ފަރުފަދަ އެންމެހައި ތަންތަން ބޭނުންކުރުމުގެ ގޮތް ކަނޑައަޅާ، ތަރައްޤީކޮށް، ހިންގުމުގެ މިނިވަންކަން ކައުންސިލްތަކަށް ލިބިދިނުން.
* އަތޮޅުކައުންސިލްގެ އިޙުތިޞާސްގައިވާ ރިސޯޓް ހިންގާ ރަށްރަށުގެ ކުއްޔާއި ސިނާޢީ މަސައްކަތް ހިންގާ ފަޅުރަށްރަށާއި އެހެނިހެން ތަންތަނުގެ ކުލީގެ އިންސައްތައެއް، (ރާއްޖޭގެ ހުރިހާ ކައުންސިލްތަކަށްވެސް ހަމަހަމަ ވާނޭފަދަ ނިޒާމެއް ކަނޑައެޅި) އަތޮޅު ކައުންސިލްތަކަށާއި ސިޓީ ކައުންސިލް ތަކަށް ލިބިދިނުން.
* ބިމުގެ ވިޔަފާރިއާއި އެހެނިހެން ވިޔަފާރިތައް ހިންގުމުގެ ހުރިހާ ބާރެއް ކައުންސިލްތަކަށް ލިބިދިނުން.
20
33 * ސަރުކާރު ހިންގުމުގައި ޢާންމުންގެ ބައިވެރިވުން އިތުރުކުރުމަށް ސަރުކާރާއި ކައުންސިލްތަކާއި އާންމު ރައްޔިތުންނާ ދޭތެރޭ އޮންނަ ގުޅުން ހަރުދަނާކޮށް، "ޑެލިބަރޭޓިވް ޑިމޮކްރެސީ" ގެ އުޞޫލުން ކަންކަން އިންތިޒާމު ކުރުން.
* ޢާންމުންނާ ގުޅުން ހުރި ކޮންމެ ނިންމުމަކީ ޢާންމުންގެ ބައިވެރިވުމާއެކީ، ފުރިހަމައަށް މަޝްވަރާކުރެވިގެން ނިންމޭ ނިންމުމަކަށް ހެދުން.
* ސިޔާސަތު ކަނޑައެޅުމަށާއި ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި ޤަވާޢިދުތަކަށް ބަދަލުގެންނަން ހުށަހެޅުމުގެ ފުރުޞަތު ޢާންމު ރައްޔިތުންނަށް ދިނުން.
* ވަކި ޢަދަދެއްގެ ރައްޔިތުންގެ ޕެޓިޝަނަކުން ސިޔާސަތު ކަނޑައެޅުމަށާއި ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި ޤަވާޢިދުތަކަށް ބަދަލުގެނައުމަށް ރައްޔިތުންގެ މަޖިލީހުގައި ވޯޓަށް އެހޭނެ ފުރުޞަތު ފަހިކޮށްދިނުން.
* ވަކި ޢަދަދެއްގެ ރައްޔިތުން އެދުމުން ކައުންސިލްތަކުގެ ޓައުންހޯލް ބައްދަލުވުންތައް ބޭއްވޭނެ ފުރުޞަތު ފަހިކޮށްދިނުން.
* އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް ބާރުވެރިކުރުން.
21
34 * ކޮންމެ ރަށެއްގައިވެސް ހުރި ދުވަސްވީ ބިނާތަކާއި، އާސާރު އެކުލެވޭ ތަންތަނާއި، ތާރީޚާ ގުޅިފައިވާ ތަކެއްޗަކީ އެރަށެއްގެ އެންމެ މުހިންމު އައިޑެންޓިޓީކަމުން، މިފަދަ ތަންތަނާއި ތަކެތި ޙިމާޔަތްކުރުން އެންމެހާ ފަރާތްތަކަށް ލާޒިމްވާގޮތަށް ޤާނޫނީ ޒިންމާ ކަނޑައެޅި، ހަރުދަނާ އުޞޫލަކުން އާސާރުބެލެހެއްޓުން ފެށުން.
* ކޮންމެ ރަށެއްގެ ތާރީޚާއި އާދަކާދަ އެއްކުރެވި ލިޔަން ފެށްޓުން.
* އާސާރީ ތަންތަން ބެލެހެއްޓުމަކީ ރަށް އިތުރަށް އިޝްތިހާރުވުމާއި މާކެޓްވުމާއި ގުޅިފައިވާ މުހިންމު އިޤްޠިޞާދީ މަސައްކަތެއް ކަމުގައި ކަނޑައެޅުން.
22
35 * ދެމެހެއްޓެނިވި ހަރުދަނާ އުޞޫލަކުން ޤައުމީ ތަރިކަ ޙިމާޔަތްކޮށް ބަލަހައްޓަން ފެށުން.
* ޤައުމީ ތަރިކަ ޙިމާޔަތްކޮށް ބެލެހެއްޓުން ހަރުދަނާކުރުމަށްޓަކައި ޤައުމީ ތަރިކައިގެ ލިސްޓެއް އެކުލަވާލައި، އެއީ ޙިމާޔަތްކުރެވި ރައްކާތެރިކުރެވިފައިވާ ތަންތަނުގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރުން.
36 * ދިވެހި ޤައުމިއްޔަތާއި ޘަޤާފަތް ވަރުގަދަކޮށް ދިވެހިންގެ މާއްދީ އަދި މައުނަވީ ތަރިކަ ރައްކާތެރިކޮށް ބެލެހެއްޓުން.
* ކޮންމެރަށެއްގެ ތާރީޚާއި އެރަށަކާއި އަތޮޅަކާ ގުޅިފައިވާ މާޒީ ލިޔެވި ރަށްރަށުގެ ވަނަވަރާއި ރަށްރަށާއި ބެހޭ މަޢުލޫމާތުތައް ފެންނާނޭހެން ރަށު ވެބްސައިޓްތައް ހަދައި ބަލަހައްޓަން ފެށުން.
37 * ހުރިހާ ރަށެއްގެ ބަހުރުވަ އެއްކުރެވި، ލިޔެކިޔުމުން ބެލެހެއްޓި، ދިވެހިބަހުގެ ފުރިހަމަ ރަދީފެއް އެކުލަވާލުން.
* ދިވެހިބަހާއި ދިވެހި ތާރީޚާއި ދިވެހި ޘަޤާފަތާއި ދިވެހި އާދަކާދައާ ގުޅޭގޮތުން ލިޔެވިފައިހުރި ފަތްފުށްތައް އެއްކޮށް، ކިޔަވާކުދީންނަށާއި އެންމެހާ ފަރާތްތަކަށް ފަސޭހަކޮށް ފެންނާނޭހެން ބެހެއްޓުން.
23
38 * ރަށުތަރައްޤީގައި ކްލަބް ޖަމިއްޔާތަކަށް އިތުރަށް ޙަރަކާތްތެރި ވެވޭނޭ ޖާގަ ހޯދައިދިނުން.
* ޖަޒީރާ ކްލަބް ޖަމިއްޔާ އަށް ފުދުންތެރިކަމާއި ވަޞީލަތްތަކާއި، ތަމްރީނާއި ތަޢުލީމުގެ ފުރުޞަތުތައް ފަހިކޮށްދިނުން.
* ކްލަބްޖަމިއްޔާތައް ހިންގުމުގަޔާއި، ބައިވެރިވުމުގައި ޚާއްޞަކޮށް އަންހެނުންނަށް ފުރުޞަތު ހޯދައިދިނުން.
24
39 * ބަލިބައްޔާއި ޞިއްޙީ މައްސަލަތަކާއި، އިޖްތިމާޢީ މައްސަލަތަކާއި، އިޤްޠިޞާދީ ކަންކަމާއި، ތިމާވެށްޓާއި، ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފެއްދުންތެރިކަން ކުރިއެރުވުމަށް ޤައުމީ ތިންކް ޓޭންކްއެއް އުފެއްދުމަށް ބޭނުންވާ ރިސަރޗް އިންސްޓިޓިއުޓެއް ޤާއިމްކުރުން.
* ރަށްރަށުގައި ރިސަރޗް ވަރުގަދަ ކުރުމަށް ޤައުމީ ރިސަރޗް އިންސްޓިޓިއުޓް އިން އެހީތެރިކަން ފޯރުކޮށްދިނުން.
25
40 * ރަށް ކުނިކަހާ ރީތިކޮށް ސާފުކޮށް ބޭއްވުމުގެ މަސައްކަތް ހަރުދަނާ ދެމެހެއްޓެނިވި އުޞޫލަކުން ކުރަން ފެށްޓުން.
* ރަށުގައި އުފެދޭ ކުނީގެ މައްސަލަ ހައްލުކުރުމަކީ ރަށާއި މުޅި ޤައުމުގެ ވެށީގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި ކުރުން ލާޒިމު ކަމެއް ގޮތުގައި ކަނޑައެޅުން.
* ކުންޏަކީ އުކާލެވޭ، ނުވަތަ ނައްތާލެވޭ އެއްޗެއްގޮތުގައި ގެންގުޅެވެމުން އަންނަ ވިސްނުމުގެ ބަދަލުގައި އެއީ އަލުންބޭނުންކުރެވޭ، މަންފާއާއި އަގު ނެރެވޭ ބާވަތަކަށް ހެދުން.
* މަގުތައްހަދާ ބެލެހެއްޓުމާއި އެތަންތަން އަލިކޮށް އަމާންކޮށް ބޭއްވުން.
26
41 * މޫސުމަށް އަންނަ ބަދަލުތަކާއި ކޮޅިގަނޑުތަކުން ރަށްރަށަށް ލިބޭ ގެއްލުންތަކަށް އަވަސް އެހީތެރިކަން ފޯރުކޮށްދިނުން.
* އަލިފާނުގެ ޙާދިސާއެއްފަދަ ނުރައްކަލެއް ކުރިމަތިވެއްޖެ ޙާލަތެއްގައި ގެއްލުންލިބި ޙާލުގައިޖެހޭ ޢާއިލާތަކަށް ވަގުތުން އެހީތެރިކަން ފޯރުކޮށްދެވޭނޭ އިންތިޒާމް ކޮންމެ އަތޮޅެއްގައި ޤާއިމްކުރުން.
* މޫސުންގޯސްވެ، ކަނޑުގަދަވުން ދިގުލައިގެންދާ ޙާލަތްތަކުގައި އަތޮޅުތަކަށް ބޭނުންވާ ކާޑުގެ ބާވަތްތަކާއި ތެލާއި ކައްކާގޭހާއި އަދި ބޭސްފަދަ އަސާސީ ބާވަތްތަކުގެ އެކަށީގެންވާ ސްޓޮކެއް ރައްކާކުރެވިފައި ހުންނާނޭ އިންތިޒާމް ހަމަޖެއްސުން.
27
42 * މާލެ ތޮއްޖެހުން ކުޑަކުރުމަށާއި، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް މާ އުފާވެރި ދިރިއުޅުމެއް ހޯދައިދިނުމަށްޓަކައި މާލެއަކީ ހިތްފަސޭހަ ރަށަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރުން.
* ހުސްޖާގަތައް ހަދައި، ބަންދުކޮށްފައިހުރި ތަންތަނާއި މަގުތައް ހުޅުވައި މަގުތަކުގެ ކާރޫބާރޫއާއި ޓްރެފިކަށް ލުއިކަން ހޯދައިދިނުން.
* އެއްގަމު އުޅަނދުފަހަރު ޕާކްކުރާނޭ އެކަށީގެންވާ އިންތިޒާމެއް ކުރެވި، މަގުތަކަކީ އެންމެނަށް އަމާން ރައްކާތެރި ތަނަކަށް ހެދުން.
43 * ގޯތިގެދޮރުގެ ދަތިކަމާއި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމުގެ ގޮތުން، އާއިލާތަކަށް ދިރިނޫޅެވޭ ވަރުގެ ކުދި ބިންކޮޅުކޮޅުގައާއި،  ކުދިކުދި ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އެމީހުން އިޚްތިޔާރުކުރާ އެހެންތަނަކުން އެކަށީގެންވާ ވަރުގެ ގޯއްޗެއް ފޯރުވައިދިނުން.
* މާލޭގައި އެކަށީގެންވާ ވަރުގެ ބިމެއް އޮވެ، ޢިމާރާތްކުރާނެ ތަނަވަސްކަން ނެތިފައިވާ ޢާއިލާތައް ދެނެގަނެ، އެފަރާތްތަކަށް ލުއިފަސޭހަކޮށް ގެ ޢިމާރާތްކުރެވޭނެ މަގު ހޯދައިދިނުން.
* ލުއިފަސޭހަކޮށް ގެ ޢިމާރާތްކުރެވޭނެ މަގު ހޯދައިދިނުމުގައި އެކަނިވެރި މައިންނަށް އިސްކަންދިނުން.
44 * މާލޭއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ހިތްގައިމު، ޝައުޤުވެރި މަންޒިލަކަށް މާލެ ބަދަލުކުރުމުގެ މަސައްކަތް ހިންގުން.
* މާލޭގައި ހުރި ދުވަސްވީ ތަންތަން ޙިމާޔަތްކުރެވި، އެތަންތަނުގެ ބޭނުން އިތުރަށް ހިފައި، އެތަންތަނަކީ އާމްދަނީ ލިބޭ އިޤްޠިޞާދީ ވަޞީލަތްތަކަކަށް ހެދުން.
* އާސާރީ ތަންތަން އިތުރަށް ތަރައްޤީކޮށް، ފުޅާކޮށް، އާސާރުތައް އެއްކޮށް ބެލެހެއްޓުމުގެ މަސައްކަތް ހިންގާން ފެށްޓުން.
45 * ކުޅިވަރު ކުޅޭ ތަންތަން ތަރައްގީކުރުމާއި، އާބާދީއާ އެކަށޭނަ މިންވަރަށް ތަފާތު ގިނަ ކުޅިވަރުތައް ކުޅޭނެ ތަންތަން ހަދައި ތަރައްޤީކޮށް، ކުޅިވަރަށް ޝައުޤުވެރިކަން ހުންނަ އެންމެންނަށް ބޭނުންކުރެވޭނޭ ގޮތަށް ފަރުމާކުރެވިގެން އިޖްތިމާޢީ މަރުކަޒުތައް ހެދުން.
* އެކި ފަންނުތަކާއި ހުނަރުތައް ކުރިއެރުވުމަށް ބޭނުންވާ ވަޞީލަތްތައް ގާއިމްކުރުން.
* މަޖާކޮށް ކުޅިވަރުކުޅެ މުނިފޫހި ފިލުވުމުގެ ފުރުޞަތު ހުރިހާ އެންމެންނަށް ހޯދައިދިނުން.
* ކުޅިވަރުގެ ވަސީލަތްތައް ލިބުމުގައި އަންހެނުންނަށް އިތުރު ދަތިތަކެއް މެދުވެރިވާތީ، އެކަމަށް ފިޔަވަޅު އެޅުން.
46 * ދުޅަހެޔޮ ދިރިއުޅުމަކަށް ތަރުޙީބުދީ ކަސްރަތުކުރުމަށް ބާރުއެޅުމަށްޓަކައި މަގުތަކާއި، ޕާކުތަކާއި، އާއްމު މައިދާންތައް ކަސްރަތުކުރާ މީހުންނާ ބީރައްޓެހި ނޫން މާޙައުލުތަކެއް ގޮތަށް ފަރުމާކުރެވި، ބައްޓަންކުރުން.
* މާލޭގެ މަގުތައް އަލިކުރެވި، ކުށުގެ ވެށީން ރައްކާތެރިކަން ލިބިދޭ އަމާން ވެއްޓެއް ހޯދުން.
28
47 * މާލެ ސިޓީގެ ރައްޔިތުން ހަފްތާ ބަންދުގައި ޢާއިލާ އާއި އެކު ދަތުރު ދިއުމަށް މާލެއާ ގާތުން ރަށެއް ޚާއްޞަކުރުން.
* މާލޭގައި ހެދިފައި ހުރި ބީޗްތަކާއި ފަތާ ސަރަޙައްދުތައް ސާފު ތަންތަނަށް ހެދުން.
* ބީޗް ފަދަ ސަރަޙައްދުތައް ބޭނުންކުރާ ކުޑަކުދިންނާއި އެންމެހާ ފަރާތްތަކަށް ޞިއްޙީގޮތުން މައްސަލަ ދިމާނުވެ ބޭނުންކުރެވޭ ތަންތަނަށް ހެދުން.
48 * މާލޭގެ ބަނދަރުމަތި ބޭނުންކުރާ ފަރާތްތަކުގެ ބޭނުންތައް ފުއްދޭގޮތަށް ތަރައްޤީކުރުން.  
* މާލެ ސަރަޙައްދުގެ ފަޅުތަކުން މަސްވެރިންނަށް ޖާގަ އިތުރުކޮށްދިނުން.
* ހަމައެކަނި ސަރުކާރުގެ ވެރިންގެ ބޭނުމަށް ބަންދުކުރެވިފައިހުރި ބައެއް ޖާގަތައް ހުޅުވާލުން.
* ފަޅުތެރޭގެ ޖާގަ އިތުރުކޮށް ވަދެނުކުމެވާ ހުރިހާ އުޅަނދުފަހަރަށް ލުއިފަސޭހަކޮށްދިނުން.
* އަތޮޅުތަކުން މާލެ އަންނަ ފަސިންޖަރުންގެ ފެރީޓާމިނަލްތައް ހެދި، އަރާފޭބުން މިހާރަށްވުރެ މާ ރައްކާތެރި އުޞޫލަކަށް ބަދަލުކުރުން.
49 * މާލޭ މަސްމާރުކޭޓު ރަނގަޅު ފެންވަރަށް ތަރައްޤީކުރެވި އެތަނުގައި މަސްމަހާމެހީގެ އިތުރުން ކަނޑު ގޮވާމުގެ ބާވަތްތައް ލިބެން ހުންނަ ވިޔަފާރި މަރުކަޒަކަށް ބަދަލުކުރުން.
* މާލޭ މަސްމާރުކޭޓު ޚިދުމަތް ހޯދާ ފަރާތްތަކާއި މާލެ ޒިޔާރަތްކުރާ ފަތުރުވެރިންގެ މެދުގައި މަޤްބޫލު ތަނަކަށް ހެދުން.
* ލޯކަލް މާރުކޭޓް ތަރައްޤީކުރެވި އެތަނުގައި ވިޔަފާރިކުރާ ފަރާތްތަކަށް ޖާގަ ތަނަވަސް ލުއި ފަސޭހަ ތަނެއްގެގޮތުގައި ހެދުން.