100 ދުވަހުގެ ވަޢުދުތައް - އިޖުތިމާޢީ ހަމަޖެހުން







ޖުމްލަ 4 ދާއިރާއިން 27 ވަޢުދު


ނިމުނު ވަޢުދުގެ ޢަދަދު 18
ނިމުނު އިންސައްތަ 67%
49
ސްޓޭޓަސް ނިމިފައި
މަސައްކަތް ހިންގާ ވުޒާރާ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ
ކުރެވުނު މައިގަނޑު މަސައްކަތްތައް • ފުޑް އެންޑް ޑްރަގް އޮތޯރިޓީ އަދި އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ ގުޅިގެން ފެނުގެ ކުއަލިޓީ ޓެސްޓް ކޮށް މިއީ ބޯން އެންމެ ކަމުދާ ފެނެއް ކަމުގެ ޔަޤީންކަން ދިނުން.
• މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއާއި، EPA އާއި އެންވަޔަރަންމަންޓް މިނިސްޓްރީ ގުޅިގެން ޓެކްނިކަން ޑިސްކަޝަން މީޑިއާ އިވެންޓެއް ބޭއްވުން.
ފެންނާނެ ބަދަލު • ފެންކުންފުނިތަކުން ފޯރުކޮށްދޭ ފެނުގެ ކޮލިޓީ ރައްޔިތުންނަށް ކަށަވަރުކޮށްދިނުން.
• ރައްޔިތުންނަށް ބޯފެނަށް ކުރަންޖެހޭ ޚަރަދު ކުޑަވުން.
• ޕްލާސްޓިކް މަދުކުރުމުން ޕްލާސްޓިކާ ގުޅިގެން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު މަދުވެގެން ދިޔުން.
100
ސްޓޭޓަސް ނިމިފައި
މަސައްކަތް ހިންގާ ވުޒާރާ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ
ކުރެވުނު މައިގަނޑު މަސައްކަތްތައް • ޑީސަލް އިން ނަގަމުން އަންނަ %5 ޑިއުޓީ ކަނޑާލުމުން ސަލާމަތްކުރެވޭ މިންވަރު ހުރިހާ ގޭބިސީތަކަށާއި ވިޔަފާރިތަކުގެ ބިލުން އެއް ހަމަޔަކުން ކަނޑާދިނުން.
• އަތޮޅު ތެރޭގެ ޑޮމެސްޓިކް ކެޓަގަރީގެ 400 ޔުނިޓުން މަތީގެ ބޭންޑުތައް މާލޭ ޓެރިފާއި އެއްވަރަށް ކުޑަކުރުން.
• އަތޮޅުތެރޭ ވިޔަފާރިތަކުގެ ޓެރިފް ރޭޓް ކުޑަކޮށް އައްޑޫ/ފުވައްމުލައް ސިޓީގެ ރޭޓްތަކާއި އެއްހަމަކުރުން.
ފެންނާނެ ބަދަލު • ހުރިހާ ގޭބިސީތަކާއި ވިޔަފާރިތަކުގެ ބިލުން ފިއުލް ޑިސްކައުންޓުގެ ގޮތުގައި ބިލުގެ ޖުމްލަ އަދަދުން ލުޔެއް ލިބުން.
• ޑޮމެސްޓިކް ކެޓަގަރީ ގެ 400 ޔުނިޓުން މަތީ ބޭންޑުތަކަށް މާލެއާއި އަތޮޅުތެރެ އެއްހަމަކުރުމުން، އަތޮޅުތަކުގެ ގޭބިސީއަކުން ކުރިން 1،600 ރުފިޔާ ދައްކާ ބިލަކުން، މިބަދަލާއި މަތީގައި ދެންނެވުނު ފިއުލް ޑިސްކައުންޓާއި އެކު، ދައްކަންޖެހޭ އަދަދު ގާތްގަނޑަކަށް 1,300 ރުފިޔާ އަށް ތިރިވުން.
• އަތޮޅުތެރޭގެ ބިޒްނަސް ކެޓަގަރީގެ ހުރިހާ ބޭންޑު ތަކަށް ނަގާ އަގުގެ ތަފާތު ނައްތާލައި، އައްޑޫ/ ފުވައްމުލަކުގެ ރޭޓޓްތަކާއި އެއްހަމަކުރުމުން، އަތޮޅުތަކުގެ ގވިޔަފާރިއަކުން ކުރިން 2,400 ރުފިޔާ ދައްކާ ބިލަކުން، މިބަދަލާއި މަތީގައި ދެންނެވުނު ފިއުލް ޑިސްކައުންޓާއި އެކު، ޖުމަލަ ދައްކަންޖެހޭ އަދަދު ގާތްގަނޑަކަށް 1,700 ރުފިޔާ އަށް ތިރިވުން.
75
ސްޓޭޓަސް ހިނގަމުންދަނީ
މަސައްކަތް ހިންގާ ވުޒާރާ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް
ކުރެވުނު މައިގަނޑު މަސައްކަތްތައް • ހުޅުމާލޭގެ ހައިވޭ އަދި އެހެނިހެން ސަރަހައްދުތައް ދިއްލާ ނިމިފައި.
• މާލެ އާއި ވިލިމާލޭގެ ލައިޓް ހަރުކުރާނެ މަގުތައް ފާހަގަކޮށްފައި.
• މާލެ އާއި ވިލިމާލޭއަށް ބޭނުންވާ ލައިޓުތައް ހޯދުމުގެ މަސައްކަތް ދަނީ ކުރެވެމުން.
76
ސްޓޭޓަސް ނިމިފައި
މަސައްކަތް ހިންގާ ވުޒާރާ މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ކުރެވުނު މައިގަނޑު މަސައްކަތްތައް • މާލޭގެ މަގުތަކަށް ކުނި އެޅި 171 ފަރާތެއް އެންވަޔަރަންމަންޓް ފުލުހުންގެ މަސައްކަތުގެ ދަށުން ޖޫރިމަނާކޮށްފައި
• މާލޭގެ މަގުތަކުގައި ޕާރކްކޮށް ނުނަގައި ގިނަދުވަސްވެފައިވާ އުޅަނދުތަކުގެ ތެރެއިން ހަތަރު ފުރޮޅުލީ 61 އުޅަނދު އަދި ދެ ފުރޮޅުލީ 263 އުޅަނދު ޓްރެފިކް ޕޮލިހުން ކޮށްފައިވާ މަސައްކަތުން ނަގާފައި.
• އެންވަޔަރަންމަންޓް ޕޮލިސްގެ ފަރާތުން ކުރެވޭ މަސައްކަތްތައް ކޮންމެ ހަފްތާއަކު ޕޮލިސް ސާރވިސްގެ ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާކުރެވެމުންދޭ.
ފެންނާނެ ބަދަލު • މާލެ އަދި ރާއްޖޭގެ ރަށްތަކުގެ މަގުތަކަކީ އުޅަނދުތައް ޕާރކްކުރުން ފަސޭހަ އަދި ދަތުރު ފަތުރުކުރުމަށް ފަސޭހަ މަގުތަކަކަށް ވެގެންދިއުން.
• ރާއްޖޭގެ މަގުތަކަކީ ސާފުތާހިރު، ރައްޔިތުންނަށް އަމާން އަދި ރައްކާތެރި ތަނަކަށް ވެގެންދިއުން.
77
ސްޓޭޓަސް ނިމިފައި
މަސައްކަތް ހިންގާ ވުޒާރާ މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ކުރެވުނު މައިގަނޑު މަސައްކަތްތައް • ރައްޔިތުންގެ ޚިޔާލު ހޯދުމަށް އޮންލައިން ޕޯޓަލްއެއް ޤާއިމްކޮށް، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޖުމްލަ 20 ފޯރަމް ބާއްވާފައި.
• ލިބުނު ހިޔާލުތަކަށް ބިނާކޮށް، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކޮމިޝަންޑް އޮފިސަރުންގެ ސިމްޕޯސިއަމް މާރިޗު މަހުގެ 17 އިން 18 އަށް ބާއްވައި، ސްޓްރެޓީޖިކް ޕްލޭންގެ ލަނޑުދަނޑިތައް ފާސްކޮށްފައި.
• ޕޮލިސް ރިފޯމް ޕްރޮގްރާމް އެކުލެވޭގޮތަށް، ޕޮލިސް ސްޓްރެޓީޖިކް ޕްލޭން ފުލުހުންގެ އަހަރީ ދުވަސް، 29 މާރިޗު 2019 ގައި އިފްތިތާޙު ކުރެވޭނެ.
ފެންނާނެ ބަދަލު • ރައްޔިތުންގެ ބައިވެރިވުމާއެކު ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާވުން.
• އަމާން ވެއްޓެއް ގާއިމްވެ ފުލުހުންނަށް ރައްޔިތުންކުރާ އިތުބާރު ބޮޑުވެގެން ދިއުން.
• ފުލުހުންނަކީ ރައްޔިތުންނާ ގާތުން މަސައްކަތްކުރާ ބަޔަކަށްވުން.
ވެބްސައިޓް www.police.gov.mv/feedback
78
ސްޓޭޓަސް ނިމިފައި
މަސައްކަތް ހިންގާ ވުޒާރާ މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ކުރެވުނު މައިގަނޑު މަސައްކަތްތައް • މާލެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި 8 ނެއިބަރހުޑްއަކަށް ބަހާލެވި، ނެއިބަރހުޑް ސަޕޯޓް އޮފިސަރުން ކަނޑައަޅައި، އެ ޚިދުމަތް ފެށިފައި.
• ނެއިބަރހުޑް އޮފިސަރުންގެ ފޯނު ނަންބަރުތަކާއި އެ ނެއިބަރހުޑްތައް ބަލަހައްޓާ ޕޮލިސް ސްޓޭޝަންތަކުގެ އިސްވެރިންގެ ފޯނު ނަންބަރުތައް އާންމުންނަށް ހިއްސާކޮށްފައި.
• މިހާތަނަށް 804 މައްސަލައަށް އެޓެންޑްވެ، 388 މައްސަލަ ހައްލުކުރެވިފައި.
ފެންނާނެ ބަދަލު • ރައްޔިތުންގެ ބައިވެރިވުމާއެކު ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާވުން.
• ފުލުހުންނާއި އާންމު ރައްޔިތުންނާއި މެދު އޮންނަ ގުޅުން ބަދަހިވެ ފުލުހުންނަށް ރައްޔިތުންކުރާ އިތުބާރު ބޮޑުވުން.
• މާލޭގެ މަގުތަކަކީ އަމާން، ރައްކާތެރި ތަންތަނަށް ވެގެންދިއުން.
79
ސްޓޭޓަސް ހިނގަމުންދަނީ
މަސައްކަތް ހިންގާ ވުޒާރާ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ކުރެވުނު މައިގަނޑު މަސައްކަތްތައް • ބްރިޖުގައި 3 ވައްތަރެއްގެ ކެމެރާ ހަރުކުރެވޭނެ ގޮތަށް މަސައްކަތް ރޭވިފައި.
• މި މަސައްކަތް ކުރުމަށް ބޭނުންވާ ތަކެތި ހޯދުމަށް ބިޑަށް ހުޅުވާލެވިފައި.
80
ސްޓޭޓަސް ނިމިފައި
މަސައްކަތް ހިންގާ ވުޒާރާ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ކުރެވުނު މައިގަނޑު މަސައްކަތްތައް • ހެލްމެޓް ހިލޭ ބެހުމުގެ ގޮތުން، ގްރޭޓަރ މާލެ ސަރަޙައްދުގައި ދިރިއުޅޭ ފަރާތްތަކަށް އަމާޒުކޮށްގެން އެވެއަރނަސް ސެޝަންތަކެއް 28 ފެބުރުވަރީ 2019 އަދި 02 މާރިޗު 2019 ގައި ހިންގާފައި. މިސެޝަންތަކުގައި ޓްރާންސްޕޯޓް އޮތޯރިޓީ، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އަދި މޯލްޑިވްސް ޕޮލިސް ސަރވިސް އިން ސެޝަންތައް ނަގާދީފައިވޭ.
• ޔުނިސެފާއި ސަރުކާރާ ގުޅިގެން 5000 ހެލްމެޓު ހޯދައި އެ ހެލްމެޓުތައް ބަހަން ފެށިފައި.
• ހެލްމެޓުގެ މިންގަނޑުތައް އެކަށައަޅައި "އިންޖީނުލީ އެއްގަމުއުޅަނދު ދުއްވަންވީ ދުވެއްޔާބެހޭ ގަވާއިދު" އިސްލާޙުކުރެވިފައި.
ފެންނާނެ ބަދަލު • އެކްސިޑެންޓުތައް މަދުވެ މަގުމަތީގެ އަމާންކަން ގާއިމުކުރެވުން.
• އެކްސިޑެންޓެއް ދިމާވި ނަމަވެސް މީހާގެ ފުރާނައަށް ނުރައްކާވާ ފަދަ އަނިޔާއިން މީހާ ސަލާމަތްވުން.
ޕޮލިސީ ޑޮކިއުމަންޓް ލިންކް gazette.gov.mv/gazette/download/5478
81
ސްޓޭޓަސް ނިމިފައި
މަސައްކަތް ހިންގާ ވުޒާރާ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ކުރެވުނު މައިގަނޑު މަސައްކަތްތައް • ސިޔާސަތު ކަނޑައެޅުމުގައި ސިވިލް ސަރވިސްގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދާއި، ވޭތުވެދިޔަ 5 އަހަރު ވިހެއުމާއި ގުޅިގެން ޗުއްޓީ ނަގާފައިވާ މިންވަރު ދިރާސާ ކޮށް، އަދި މި ސިޔާސަތު ތަޢާރަފުކުރުމާއެކު ޗުއްޓީ ނަގާނެ މިންވަރު އަންދާޒާ ކުރެވިފައި.
• މި ސިޔާސަތާ ގުޅިގެން ދައުލަތުގެ ބަޖެޓަށް އަންނާނެ އަސަރު ބަލައި އިތުރު މުވައްޒަފުން ނެގޭނެ ހާލަތްތަށް ކަނޑައަޅައި އެކަމަށް ވަކި ޚާއްސަ ބަޖެޓެއް ކަނޑައަޅާފައި.
• ފުޅާ ދާއިރާއެއްގައި މި ސިޔާސަތާގުޅޭގޮތުން ކަމާގުޅޭ ފަރާތްތަކާ މަޝްވަރާކޮށް، މި ސިޔާސަތުގެ ދަށުން ޗުއްޓީ ދެވޭނެ އުސޫލުތައް ކަނޑައަޅައި ސިވިލް ސަރވިސްގެ ޤަވާއިދު ބަދަލުކޮށްފައި.
ފެންނާނެ ބަދަލު • ތުއްތު ދަރިފުޅު ދުނިޔެއަށް އަންނަ ދުވަސްވަރަކީ މަންމައާއި، ދަރިފުޅަށްވެސް ނާޒުކު ދުވަސްވަރެއްކަމުން، ދުޅަހެޔޮ ކުދިން ބޮޑުކުރުމަށްޓަކައި ކޮންމެ މަންމައަކަށް އެ ފުރުސަތު ހޯދައިދިނުން.
• ދަރިފުޅުގެ ފުރަތަމަ 6 މަސްދުވަހު ހަމައެކަނި މައިމީހާގެ ގާތުން ކިރު ދިނުމަށް އެއްވެސް އުނދަގުލަކާނުލާ މަގުފަހިވެގެންދިއުން.
• ވަޒީފާ ނުގެއްލޭނެކަމުގެ ޔަޤީންކަންލިބި، ހިތްހަމަޖެހުމާއެކު ދަރިފުޅު ގާތުގައި ހުރުމުގެ ފުރުސަތު ތަނަވަސްވެ، ވަޒީފާގެ މައިދާނުގައި އަންހެނުން ދެމިތިބުމަށް ބާރު ލިބިދިނުން.
82
ސްޓޭޓަސް ނިމިފައި
މަސައްކަތް ހިންގާ ވުޒާރާ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ކުރެވުނު މައިގަނޑު މަސައްކަތްތައް • ރައްޔިތުންގެ ތެރެއިން މަދުވެގެން 2500 މީހުން ސޮއިކޮށް، ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހެޅުމުން، އެ ޕެޓިޝަނަކާ ގުޅޭގޮތުން މަޖިލީހުގެ ތަޅުމުގައި ބަހުސްކުރަންޖެހޭގޮތަށް ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދަށް ބަދަލުގެނައުމަށް މަޖިލީހަށް ހުށަހެޅިފައި.
ފެންނާނެ ބަދަލު • ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް މެދުވެރިނުކޮށް، ރައްޔިތުން ކަންބޮޑުވާ ކަންކަން މަޖިލީހަށް ހުށަހެޅުމުގެ ފުރުޞަތު ސީދާ ރައްޔިތުންނަށް ލިބިގެން ދިއުން.
• ދައުލަތުގެ ހުރިހާ އިދާރާތަކާ ހަވާލުވެފައިތިބި ފަރާތްތައް ރައްޔިތުންނަށް ސީދާ ޖަވާބުދާރީކުރެވޭނެ މަގު ފަހިވެފައި އޮތުން.
83
ސްޓޭޓަސް ނިމިފައި
މަސައްކަތް ހިންގާ ވުޒާރާ އެޓަރނީ ޖެނެރަލްގެ އޮފީސް
ކުރެވުނު މައިގަނޑު މަސައްކަތްތައް • ކަމާގުޅޭ މުއައްސަސާތަކުގެ ބޭފުޅުންނާ މަޝްވަރާ ކޮށް، އެހެން ޤައުމުތަކުގައި މިކަން ކުރާ ގޮތަށް ރިޢާޔަތްކޮށް، ރައްޔިތުންގެ އެދުމަށް ބާއްވާ ޓައުންހޯލް ބައްދަލުވުން ބާއްވާނެ ގޮތުގެ އުސޫލު 2 ޖަނަވަރީ 2019 ގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީއިން އާންމުކޮށްފައި.
• ލާމަރުކަޒީ ޤާނޫނަށް ހުށަހަޅާފައިވާ އިޞްލާޙުތަކުގެ ތެރެއިން މިކަން ކުރެވޭނެގޮތް ފަހިކޮށްދީފައި.
ފެންނާނެ ބަދަލު • ކައުންސިލެއްގެ އިޚްތިޞާސްގައި ހިމެނޭ ކަންކަމާއި ގުޅިގެން ރައްޔިތުންނާއި މަޝްވަރާކުރުމަށް ރައްޔިތުން އެދިގެން ބާއްވާ ޓައުންހޯލް ބައްދަލުވުންތައް އެއް އުޞޫލެއްގެމަތިން ބޭއްވުމަށް މަގުފަހިވުން.
• ސަރުކާރު ހިންގުމުގައި އާންމުންގެ ބައިވެރިވުން އިތުރުކުރުމަށް ސަރުކާރާއި ކައުންސިލްތަކާއި އާންމު ރައްޔިތުންނާ ދޭތެރޭ އޮންނަ ގުޅުން ހަރުދަނާކޮށް، "ޑެލިބަރޭޓިވް ޑިމޮކްރެސީ" ގެ އުސޫލުން ކަންކަން އިންތިޒާމުވުން.
• ރައްޔިތުންނާ ގުޅުންހުރި ކަންކަން ނިންމުމުގައި ރައްޔިތުންނަށް ބަސްބުނެވޭނެ ފުރުޞަތު ފަހިވެ ރައްޔިތުންގެ ބައިވެރިވުމާއެކު ރައްޔިތުންނާ ގުޅުންހުރި ކަންކަމުގައި ގޮތް ނިންމުން.
84
ސްޓޭޓަސް ނިމިފައި
މަސައްކަތް ހިންގާ ވުޒާރާ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް
ކުރެވުނު މައިގަނޑު މަސައްކަތްތައް • ކަނޑައެޅޭ ވަކި މަގުތަކެއް ބަންދު ކުރުމަށް ކަމާބެހޭ އިދާރާތަކާއި މަޝްވަރާ ކުރެވި ބަނދު ކުރެވޭ މަގުތަކާއި އުސޫލުތައް ފައިނަލް ކުރެވިފައި.
• "ދުޅަހެޔޮ، ހަށިހެޔޮ، އަވައްޓެރިޔާ" ޕްރޮގްރާމްގެ ދަށުން ކުޑަކުދިންނަށް މިނިވަންކަމާ އެކު މާލޭގެ މަގުތަކަށް ނުކުމެ، ކުޅެ އުޅެވޭނެ ފުރުސަތު ދިނުމަށް ކޮންމެ ހުކުރު ދުވަހަކު މާލޭގެ ކޮންމެ އަވަށަކުން މަގެއް، ވަކި ވަގުތަކަށް ދުއްވާ އެއްޗިއްސަށް ނުވަދެވޭ ގޮތަށް ބަންދު ކުރަން ފެށިފައި.
ފެންނާނެ ބަދަލު • ކުޑަކުދިންނަށާއި އުމުރުން ދުވަސްވީ މީހުންނަށް ދުއްވާއެއްޗެހީގެ ނުރައްކަލަކާއި ނުލާ އަމާން ވަގުތުކޮޅެއް މަގުމަތީގައި ހޭދަކުރުމަށް ފުރުޞަތު ލިބިގެން ދިއުން.
• ތޮއްޖެހިފައިވާ މާލެ ސިޓީއިން، ހިތްހަމަ ޖެހުމާއި ޖަޒީރާ ވަންތަ މާހައުލެއްގެ އުފާ ލިބިގެން ދިއުން.
85
ސްޓޭޓަސް ނިމިފައި
މަސައްކަތް ހިންގާ ވުޒާރާ މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން
ކުރެވުނު މައިގަނޑު މަސައްކަތްތައް • ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދަތުރުކޮށް، ސަރުކާރާއި ޕްރައިވެޓް ސެކްޓާގައި މަސައްކަތްކުރާ 150 އަށް ވުރެ ގިނަ ފަރާތްތަކާ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ބޭނުންވާ މަޢުލޫމާތު އެއްކޮށް ޓްރެއިނިންގ ނީޑް އެނަލިސިސް އެކުލަވާލާފައި.
• ޓްރެއިނިންގ ނީޑް އެނަލިސިސްގެ ވެލިޑޭޝަން ވަރކްޝޮޕް 28 ފެބްރުއަރީ 2019 ގައި ބާއްވާ ރިޕޯޓް ފައިނަލްކޮށްފައި.
• ޓްރެއިނިންގ ނީޑް އެނަލިސިސްއިން މީހުން ތަމްރީނުކުރުމަށް ބޭނުންވާ 12 ދާއިރާއެއް ފާހަގަކޮށްފައި.
ފެންނާނެ ބަދަލު • މަތީ ތައުލީމަށް ސަރުކާރުން ކުރާ ހޭދައާއި ލިބޭ ފުރުޞަތުތައް އަމާޒު ކުރެވިގެންދާނީ ދިވެހިރާއްޖެއަށް އެންމެ ބޭނުންތެރި ދާއިރާތަކުންކަން ކަށަވަރުވުން.
• ރާއްޖޭގެ އެކި ދާއިރާތަކަށް ބޭނުންވާ މަސައްކަތްތަކާއި ހުނަރާއި ތަމްރީނުތައް ދެނެގަނެވުން.
• އައު ދާއިރާތަކަކަށް މީހުން ތަމްރީނުވެ ހުނަހުނަރުވެރި މުޖުތަމަޢުއެއް ދިވެހިރާއްޖޭގައި ބިނާކުރުމަށް މަގުފަހިވެގެން ދިއުން.
86
ސްޓޭޓަސް ހިނގަމުންދަނީ
މަސައްކަތް ހިންގާ ވުޒާރާ މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ކުރެވުނު މައިގަނޑު މަސައްކަތްތައް • މުނިސިޕަލް އިންސްޕެކްޓަރސް އުފެއްދުމާ ގުޅޭގޮތުން ކަމާ ގުޅޭ ފަރާތްތަކާއެކު މަޝްވަރާ ބައްދަލުވުން ބޭއްވިފައި.
• އަމަލީ ގޮތުން މި މަސައްކަތް ކުރެވިދާނެ ގޮތްތައް ދިރާސާކުރެވެމުންދަނީ.
87
ސްޓޭޓަސް ނިމިފައި
މަސައްކަތް ހިންގާ ވުޒާރާ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ކުރެވުނު މައިގަނޑު މަސައްކަތްތައް • މާލެ ސިޓީގައި ދިރިއުޅޭ މީހުންނަށް ޕިކްނިކް ދިޔުމަށް މާލެ ކައިރިން ރަށެއް ސަރުކަރުން ވަނީ ކަނޑައަޅާފައި ކަނޑައެޅިފައި.
• 1 އޭޕްރިލް 2019 ގައި މި ރަށުގެ ޕްލޭން އިއުލާންކުރެވި، ދަތުރު ދެވޭ ފެންވަރަށް ރަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެ.
• މި ރަށަށް ފަސޭހައިން ދަތުރުކުރެވޭނެ މަގު ފަހިކޮށް ދިނުމުގެ މަސައްކަތް ދަނީ ކުރެވެމުން.
ފެންނާނެ ބަދަލު • މާލެ ސިޓީގެ ރައްޔިތުންނަށްވެސް ފަސޭހަކަމާއެކު ދަތުރުދެވޭނެ ލުއިފަސޭހަ ގޮތްތަކެއް ހަމަޖެހުން.
• މާލޭގެ ރައްޔިތުންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުވެ އިޖްތިމާޢީ ގުޅުން ބަދަހިވުން.
88
ސްޓޭޓަސް ނިމިފައި
މަސައްކަތް ހިންގާ ވުޒާރާ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ކުރެވުނު މައިގަނޑު މަސައްކަތްތައް • 144 ރަށެއްގައި ޕިކްނިކް ދާނެ ސަރަޙައްދު ކަނޑައެޅިފައި.
ފެންނާނެ ބަދަލު • އާއިލާ އާއި ރައްޓެހިންނާއެކު ހިތްހަމަޖައްސާލެވޭނެ ފަދަ މާހައުލެއް ޤާއިމްވެގެން ދިއުން.
• ރައްޔިތުންގެ އިޖްތިމާޢީ ދުޅަހެޔޮކަން އިތުރުވުން.
89
ސްޓޭޓަސް ނިމިފައި
މަސައްކަތް ހިންގާ ވުޒާރާ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ކުރެވުނު މައިގަނޑު މަސައްކަތްތައް • މަގު ފުޅާކުރުމުގެ މަސައްކަތް ކޮށް ނިންމައި، އާއްމުންނަށް ބޭނުންކުރެވޭގޮތަށް މަގު ހުޅުވާލާފައި.
ފެންނާނެ ބަދަލު • މަގުގައި ހިނގާބިގާވެ އުޅުމަށް ފަސޭހަވުން.
• ސްކޫލް ފަށާ ނުވަތަ ނިމޭ ގަޑީގައި މަގުގައި އޮންނަ ތޮއްޖެހުން މަދުވުން.
90
ސްޓޭޓަސް ހިނގަމުންދަނީ
މަސައްކަތް ހިންގާ ވުޒާރާ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ކުރެވުނު މައިގަނޑު މަސައްކަތްތައް • މާލެ ސިޓީ ޕާކު ސާފުކުރެވި، އަރޓިފިޝަލް ބީޗް ސަރަޙައްދުގައި ހުރި ވެހިކަލްތައް ނަގައި، އެ ސަރަޙައްދަށް ގެންނަން ރާވާފައި ހުރި ބަދަލުތައް ގެނައުމަށް އެމް.ޓީ.ސީ.ސީ އާ ޙަވާލުކުރެވިފައި.
• ރާޅުގަނޑު ސަރަޙައްދާއި އުސްފަސްގަނޑު ހުސްކުރުމަށް ދެވިފައިވާ މުހުލަތު ހަމަވުމުން، އަމަލީ މަސައްކަތްތައް ކުރުމަށް ރޭވިފައި.
• ރަސްފަންނު ސަރަޙައްދުގައި ދިމާވެދާނެ އެކްސިޑެންޓަކުން ކުދިން ސަލާމަތްކުރުމަށް ފާރު/ފެންސް އުސްކުރުމުގެ މަސައްކަތް ކުރިއަށްދަނީ.
91
ސްޓޭޓަސް ހިނގަމުންދަނީ
މަސައްކަތް ހިންގާ ވުޒާރާ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ކުރެވުނު މައިގަނޑު މަސައްކަތްތައް • މޫދަށް އެރިއުޅޭ ސަރަޙައްދުގައި ލައިޓް ހަރުކުރުމުގެ މަސައްކަތް އެޗް.ޑީ.ސީ އިން ކުރިއަށް ގެންދަނީ.
• މޫދަށް އެރިއުޅޭ ސަރަޙައްދުން ސާފު ފެން ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމުގެ ޢަމަލީ މަސައްކަތް އެޗް.ޑީ.ސީ އިން ކުރިއަށް ގެންދަނީ.
ފެންނާނެ ބަދަލު • ހުޅުމާލޭގައި އުޅޭ ފަރާތްތަކަށް ރޭގަނޑު ވެސް ރައްކާތެރިކަމާއެކު މޫދަށް އެރެވޭނެ އިންތިޒާމް ހަމަޖެހުން.
• ފެތުމަކީ ކަސްރަތެއްގެ ގޮތުގައި ދެކި، ދުޅަހެޔޮ ހަށިހެޔޮ މުޖުތަމައެއް ބިނާވެގެން ދިއުން.
• ރާއްޖެފަދަ ޖަޒީރާވަންތަ ޤައުމެއްގައި ކޮންމެ މީހަކީވެސް ފަތަން ދަންނަ މީހަކަށް ހެދުމަށް މަގުފަހިވުން.
92
ސްޓޭޓަސް ހިނގަމުންދަނީ
މަސައްކަތް ހިންގާ ވުޒާރާ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ކުރެވުނު މައިގަނޑު މަސައްކަތްތައް • އައްޑޫ ސިޓީ ކައުންސިލުގެ ޑިޒައިނަށް ސިޓީ ސްކޮއަރ ހެދުމުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު 21 މާރިޗު 2019 ގައި ބޭއްވި، އަމަލީ މަސައްކަތްތައް ކުރިއަށްދަނީ.
93
ސްޓޭޓަސް ނިމިފައި
މަސައްކަތް ހިންގާ ވުޒާރާ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ކުރެވުނު މައިގަނޑު މަސައްކަތްތައް • އެމްޓީސީސީއާއި ޙަވާލުކޮށްގެން މި މަސައްކަތް ކުރުމަށް 27 މާރިޗު 2019 ގައި އެގްރީމަންޓުގައި ސޮއިކޮށްފައި.
ފެންނާނެ ބަދަލު • މަގުތައް ހަލާކުވުމުގެ ސަބަބުން ހިނގާބިގާވެ އުޅޭ މީހުންނަށާއި ދުއްވާ ތަކެއްޗަށް ދިމާވާ ދަތިތަކަށް ޙައްލެއް ލިބުން.
• މަގުތަކުގެ ފެންވަރު ދަށްވުމުގެ ސަބަބުން ދިމާވާ ސިއްޙީ މައްސަލަތައް (ބުރަކަށީގައި ރިއްސުން ފަދަ) މަދުވުން.
94
ސްޓޭޓަސް ހިނގަމުންދަނީ
މަސައްކަތް ހިންގާ ވުޒާރާ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ކުރެވުނު މައިގަނޑު މަސައްކަތްތައް • ޕަބްލިކް ޓޮއިލެޓު ހެދުމުގެ މަސައްކަތް އެޗް.ޑީ.ސީ އާ ޙަވާލުކޮށް، ޢަމަލީ މަސައްކަތް ފެށިފައި.
95
ސްޓޭޓަސް ނިމިފައި
މަސައްކަތް ހިންގާ ވުޒާރާ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް
ކުރެވުނު މައިގަނޑު މަސައްކަތްތައް • ހަފްތާ ރެސް ހިނގާނެ ގޮތުގެ އުސޫލެއް އެކުލަވާލައި އާންމުކޮށްފައި.
• ހަފްތާއަކު އެއްފަހަރު، ވީކެންޑް މާރކެޓްއާއި މުނިފޫހިފިލިވުމުގެ ޕްރޮގްރާމް ބޭއްވުން
ފެންނާނެ ބަދަލު • އެއްބައިވަންތަކަމުގެ ރޫޙު އާލާވެގެން ދިޔުން.
• ދިވެހި ފަންނުވެރިންގެ ފަންނުތައް ކުރިއަރައި އާންމުންނާ ހަމައށް ގެނެސްދެވޭނެ ޕްލެޓްފޯމެއް ޤާއިމްވެގެން ދިޔުން.
• ދިވެހި އުފެއްދުންތައް ގިނަ މީހުންގެ ތެރޭގައި އިސްތިހާރު ވެގެން ދިޔުން.
96
ސްޓޭޓަސް ނިމިފައި
މަސައްކަތް ހިންގާ ވުޒާރާ މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް
ކުރެވުނު މައިގަނޑު މަސައްކަތްތައް • ރީހެބް ސެންޓަރުތައް ޤާއިމްކުރާނެ ސަރަހައްދުތައް ކަނޑައަޅާފައި.
• ކަނޑައެޅުނު ތަންތަނުގައި ކުރަންޖެހޭ މަރާމާތުކޮށް، މުވައްޒަފުން ހޯދާފައި.
• ސ. ހިތަދޫ، ގދ. ތިނަދޫ އަދި ހދ. ހަނިމާދޫގައި ކޮމިއުނިޓީ ރީހެބިލިޓޭޝަން ޚިދުމަތް ދޭން ފެށިފައި.
ފެންނާނެ ބަދަލު • މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފަރުވާ ހޯދޭނެ މަގު ތަނަވަސްވުމާއި ފަރުވާ ހޯދުމަށް މަޑުކުރަންޖެހޭ މުއްދަތު ކުޑަވުން.
• މަސްތުވާތަކެއްޗާ ގުޅިގެން ދިމާވާ އިޖްތިމާޢީ މައްސަލަތައް މަދުވުން.
• މަސްތުވާތަކެއްޗާ ގުޅިގެން ކުށްތަކަށް އަރައިގަންނަ މީހުން މަދުވުން.
97
ސްޓޭޓަސް ނިމިފައި
މަސައްކަތް ހިންގާ ވުޒާރާ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް
ކުރެވުނު މައިގަނޑު މަސައްކަތްތައް • ބޯހިޔާވަހިކަން ބޭނުންވާ ރައްޔިތުން ކިއުގައި ނުޖެހި ފަސޭހައިން ހައުސިންގ ސްކީމްތަކަށް އެޕްލައި ކުރެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ޕޯޓަލެއް "މަގޭ ހިޔާވެހި" ނަމުގައި ވަނީ ލޯންޗުކޮށްފައި.
• މިހާތަނަށް 1500 އަށް ވުރެ ގިނަ ރައްޔިތުން މިޕޯޓަލް ގައި ވަނީ ރަޖިސްޓްރީވެފައި.
ފެންނާނެ ބަދަލު • ނަންބަރު ނަގަން ނުޖެހި، ކިޔުގައި ނުޖެހި ލުއިފަސޭހަގޮތަކަށް ބޯހިޔާވަހިކަމަށް ހުށަހެޅޭނެ.
• އެއްވެސް ރައްޔިތަކު ބާކީ ނުވެ ބޯހިޔާވަހިކަން ބޭނުންވާ ހުރިހާ ރައްޔިތުންނަށް އިންސާފުވެރި ހަމަހަމަ ފުރުޞަތު ލިބުން.
• ރާއްޖޭގެ ކޮންމެ ތަނެއްގައި ހުރެގެންވެސް ބޯހިޔާވަހިކަމަށް ފަސޭހައިން ހުށަހެޅޭނެ.
ވެބްސައިޓް vehi.egov.mv/
98
ސްޓޭޓަސް ހިނގަމުންދަނީ
މަސައްކަތް ހިންގާ ވުޒާރާ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް
ކުރެވުނު މައިގަނޑު މަސައްކަތްތައް • 6 ރަށެއްގެ ޖުމްލަ 307 ހައުސިންގ ޔުނިޓުގެ ތަޅުދަނޑި ވަގުތީގޮތުން ހަވާލުކުރެވިފައި، ނަމަވެސް ފެނާއި ކަރަންޓް އަދި ނަރުދަމާގެ މަސައްކަތް ނުނިމޭތީ ރަސްމީކޮށް ހަވާލުނުކުރެވި.
• މަސައްކަތް ނިމިފައިވާ ހައުސިންގ ޔުނިޓުތައް ހަވާލުކުރުމުގެ ކަންކަން ކައުންސިލްތަކާއި މަޝްވަރާކޮށްގެން ކުރިއަށް ދަނީ.
99
ސްޓޭޓަސް ހިނގަމުންދަނީ
މަސައްކަތް ހިންގާ ވުޒާރާ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް
ކުރެވުނު މައިގަނޑު މަސައްކަތްތައް • އަތޮޅުތެރޭގެ ކޮންމެ ރަށު ކައުންސިލަކަށް އެރަށަކުން މިހާތަނަށް ދޫކޮށްފައިވާ ގޯތިތަކާއި ހައުސިންގ ޔުނިޓުތަކުގެ މައުލޫމާތު، ގޯތި ނުވަތަ ހައުސިންގ ޔުނިޓު ދޫކޮށްފައިވާ ފަރާތުގެ މައުލޫމާތު ހިމެނޭގޮތަށް، އެއްކުރުމުގެ މަސައްކަތް ފެށި މިހާތަނަށް މިމަސައްކަތުގެ 87% ނިމިފައި.