100 ދުވަހުގެ ވަޢުދުތައް - އިޖުތިމާޢީ ރައްކާތެރިކަންޖުމްލަ 1 ދާއިރާއިން 11 ވަޢުދު


ނިމުނު ވަޢުދުގެ ޢަދަދު 9
ނިމުނު އިންސައްތަ 82%
150
ސްޓޭޓަސް ހިނގަމުންދަނީ
މަސައްކަތް ހިންގާ ވުޒާރާ މިނިސްޓްރީ އޮފް ހެލްތް
ކުރެވުނު މައިގަނޑު މަސައްކަތްތައް • މިކަމާގުޅޭގޮތުން ކަމާގުޅޭ ފަރާތްތަކާ ފުޅާދާއިރާއެއްގައި މަޝްވަރާކުރެވި، ކޮންސެޕްޓެއް ވަނީ އެކުލަވާލެވިފައި. މިގޮތުން، "ބޭބީ ބޮކްސް" ގައި ހިމެނޭނެ ތަކެތީގެ ލިސްޓެއް ކަމާގުޅޭ މާހިރުންގެ ލަފަޔާއެކު ވަނީ އެކަލަވާލެވިފައި.
• މި ކޮންސެޕްޓް ފައިނަލްކުރުމުގެ މަސައްކަތް މިހާރުދަނީ ކުރިއަށް.
151
ސްޓޭޓަސް ނިމިފައި
މަސައްކަތް ހިންގާ ވުޒާރާ މިނިސްޓްރީ އޮފް ފިނޭންސް
ކުރެވުނު މައިގަނޑު މަސައްކަތްތައް • އަންހެނުންނަށް ބޭނުންވާ ޕެޑު އަދި ޓެމްޕެކްސް ފަދަ ޒަރޫރީ ބާވަތްތަކަކީ ސުން-ރޭޓުގައި ޖީ.އެސް.ޓީ ނެގޭ ބާވަތްތަކެއްގެ ގޮތުގައި ހަމަޖައްސައި ޖީ.އެސް.ޓީ ޤާނޫނު އިޞްލާޙުކުރެވިފައި.
ފެންނާނެ ބަދަލު • ޕެޑު އަދި ޓެމްޕެކްސް ފަދަ ބާވަތްތަކުގެ އަގު ހެޔޮވުން.
• މި ބާވަތްތަކުން ޖީ.އެސް.ޓީ ނެގުމަކީ އަންހެނުންނަށް ޚާއްސަކޮށް އޮތް ބުރައެއް ކަމަށްވާތީ އެ ކަން ނައްތައިލުން.
152
ސްޓޭޓަސް ނިމިފައި
މަސައްކަތް ހިންގާ ވުޒާރާ މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް
ކުރެވުނު މައިގަނޑު މަސައްކަތްތައް • ފޮސްޓަރ އުސޫލަށް ބަދަލު ގެނައުމުގެ ގޮތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، ފެމިލީ ކޯޓު، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް، އަދި ފޮސްޓަރ ޕެނަލާއެކު މަޝްވަރާކުރެވިފައި.
• ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބެލެހެއްޓުން ހަވާލުކުރުމާބެހޭ އުސޫލު އެކުލަވާލައި ގެޒެޓްކުރެވިފައި.
ފެންނާނެ ބަދަލު • ދައުލަތުން ބަލަހައްޓާ ކުދިންނަށް ޢާއިލާއެއްގެ ލޯތްބާއި އަޅައިލުން ލިބުން.
• ހަރުދަނާ މުޖުތަމައެއް ބިނާކުރުމުގައި އެ ކުދިންގެ ބައިވެރިވުން އިތުރުވުން.
ޕޮލިސީ ޑޮކިއުމަންޓް ލިންކް www.gazette.gov.mv/gazette/download/5500
153
ސްޓޭޓަސް ނިމިފައި
މަސައްކަތް ހިންގާ ވުޒާރާ މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް
ކުރެވުނު މައިގަނޑު މަސައްކަތްތައް • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ތެރަޕިއުޓިކް ހިދުމަތްތަކުގެ ހަރަދު ހަމަޖައްސައިދިނުމަށް ހިންގޭ ސްކީމް 27 ޑިސެމްބަރ 2018 އިން ފެށިގެން ގައި ތައާރަފުކުރެވިފައި.
• ހިދުމަތް ހޯދުމަށް އެދޭ ފަރާތްތަކާއި، ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ސްކީމްގައި ރަޖިސްޓްރީވުމަށް ހުޅުވާލެވިފައި.
ފެންނާނެ ބަދަލު • ތެރަޕިއުޓިކް ޚިދުމަތް ބޭނުންވެފައިވާ ފަރާތްތަކަށް ފަސޭހައިން މި ޚިދުމަތް ލިބޭނެގޮތް މަގުފަހިކޮށްދިނުން.
• ތެރަޕިއުޓިކް ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުވެ، ދުޅަހެޔޮ މުޖުތަމަޢެއް ބިނާވުން.
154
ސްޓޭޓަސް ނިމިފައި
މަސައްކަތް ހިންގާ ވުޒާރާ މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް
ކުރެވުނު މައިގަނޑު މަސައްކަތްތައް • ވަޒީފާގެ ފުރުޞަތުތަކަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކުގެ ކިބައިގެ ހުރި ހުނަރުތައް ދެނެގަނެވޭނެ ފޯމެއް ތައްޔާރުކޮށް މިނިސްޓްރީގެ ވެބްސައިޓްގައި އާއްމުކުރެވިފައި.
• ނުކުޅެންތެރިކަން ހުންނަ ފަރާތްތަތަކުގެ ތެރެއިން މިނިސްޓްރީ މެދުވެރިގެން 10 ފަރާތަކަށް ވަޒީފާގެ ފުރުސަތު ލިބިފައި.
• 16 ކުންފުންޏަކަށް ޑިސްއެބިލިޓީ ސެންސިޓައިޒޭޝަން ސެޝަންތައް ހިންގިފައި.
ފެންނާނެ ބަދަލު • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުވައި، މުޖުތަމަޢުގައި އެ މީހުންގެ ބައިވެރިވުން އިތުރުވުން.
• ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހަމަހަމަ ކާމާއެކު ވަޒީފާގައި ޙަރަކާތްތެރިވުމުގެ ފުރުޞަތު ލިބުން.
155
ސްޓޭޓަސް ނިމިފައި
މަސައްކަތް ހިންގާ ވުޒާރާ މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް
ކުރެވުނު މައިގަނޑު މަސައްކަތްތައް • "ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ބިލު" ރައްޔިތުންގެ މަޖިލީހަށް ފޮނުވިފައި.
ފެންނާނެ ބަދަލު • ކުޑަކުދިންގެ ހައްޤުތައް ހިމާޔަތްކުރުމަށް މިހާރަށްވުރެ ބޮޑަށް ޤާނޫނީ ބާރު ލިބުން.
• ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމުގައި ބެލެނިވެރިންނާއި، ޢާއިލާތަކާއި މުޖުތަމަޢު އަދި ދައުލަތުން ގުޅިގެން ކުރެވޭ މަސައްކަތްތައް ހަރުދަނާވުން.
• ކުޑަކުދިންނާމެދު އިހުމާލުވާ ފަރާތްތަކާއި އިހާނެތިކޮށް ހިތާ ފަރާތްތަކާއި އަދި ޤާނޫނާ ޚިލާފުވާ ފަރާތްތަކަށް ޙައްޤު އަދަބު ދިނުން.
156
ސްޓޭޓަސް ނިމިފައި
މަސައްކަތް ހިންގާ ވުޒާރާ މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް
ކުރެވުނު މައިގަނޑު މަސައްކަތްތައް • ކޮންމެ ރަށެއްގެ ރަށު ފެންވަރުގެ އެކި ދާއިރާތައް ތަމްސީލުވާ ގޮތަށް ސީ.އެ.ސްޖީގެ މެންބަރުން ކަނޑައެޅިފައި.
• ސީ.އެސް.ޖީ ހޭންޑްބުކްގެ ޑްރާފްޓް ފައިނަލްކުރުމުގެ މަސައްކަތްކުރެވެމުންދަނީ.
ފެންނާނެ ބަދަލު • ޚާއްސަ ރައްކާތެރިކަމަށް ބޭނުންވާ އާއިލާތަކަށް މުޖުތަމަޢުގައި ލިބެމުންދާ އެކިއެކި ބާވަތުގެ އަނިޔާއިން ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުން.
• ކުރިން ފާހަގަނުކުރެވި ހުރި މައްސަލަތައް ފާހަގަކުރެވި، އަވަސްމިނުގައި ޚިދުމަތް ލިބުމަށް މަގުފަހިވުން.
• މި ފަދަ އަނިޔާތައް ހުއްޓުވަމަށްޓަކައި އެ ފަރާތްތަކަށް ގާތުން ޚިދުމަތްތައް ފޯރުކޮށްދިނުމާއި އެ ފަރާތްތަކަށް ބޭނުންވާ ރައްކާތެރިކަން ލިބުމަށް މަގުފަހިކޮށްދިނުން.
157
ސްޓޭޓަސް ނިމިފައި
މަސައްކަތް ހިންގާ ވުޒާރާ މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް
ކުރެވުނު މައިގަނޑު މަސައްކަތްތައް • ޚިދުމަތަށް ރަޖިސްޓަރީކުރުމަށް ބޭނުންވާ އެޕް އަދި ވެބްސައިޓް ޑިޒައިންކޮށް ނިމިފައި.
• ލަންކާ، އިންޑިއާ އަދި މެލޭޝިއާގައި ދިރިއުޅޭ ރައްޔިތުން ޚިދުމަތަށް ރަޖިސްޓަރީކުރުމަށް ހުޅުވާލާފައި.
ފެންނާނެ ބަދަލު • އިންޑިޔާ، ލަންކާ އަދި މެލޭޝިޔާ ގައި ދިރިއުޅޭ ދިވެހިންގެ ބޭސްފަރުވާއަށް ކުރާ ޚަރަދުގެ އާސަންދަ ސްކީމުގެ ތެރެއިން ލިބުން.
158
ސްޓޭޓަސް ނިމިފައި
މަސައްކަތް ހިންގާ ވުޒާރާ މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް
ކުރެވުނު މައިގަނޑު މަސައްކަތްތައް • މި ތަންތަނުގައި ވަގުތީ ގޮތުން މަސައްކަތްކުރަމުން އައި މުވައްޒަފުން ދާއިމީ ކުރުމަށް ބަޖެޓް ކަނޑައެޅިފައި.
• މަގާމުތަކަށް ދާއިމީ މުވައްޒަފުން ހޯދުމުގެ މަސައްކަތް ކުރެވެމުން ދަނީ.
• ކުރަންޖެހޭ މަރާމަތުގެ މަސައްކަތް ކޮންޓްރެކްޓަރަކާ ހަވާލުކުރެވިފައި.
ފެންނާނެ ބަދަލު • ފިޔަވަތި އަދި ކުޑަކުދިންގެ ހިޔާ ގައި ތިބި ކުދިންނަށް ލިބޭ އަޅާލުމާއި އޯގާތެރިކަން އިތުރުވެ، އެ ކުދިންނަށް ލިބޭ ޚިދުމަތްތަކަށް ހެޔޮ ބަދަލެއް އައުން.
• މަރުކަޒުތަކުން މުޖުތަމައަށް ނިކުންނަ ކުދިންނަކީ ޒިންމާދާރު، އަޚްލާޤު ރަނގަޅު ކުދިންގެ ގޮތުގައި މުޖުތަމައުން ބަލައިގަތުން.
159
ސްޓޭޓަސް ނިމިފައި
މަސައްކަތް ހިންގާ ވުޒާރާ މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް
ކުރެވުނު މައިގަނޑު މަސައްކަތްތައް • "އެލްޑަރލީ ހޯމް" ޤާއިމްކުރެވިދާނެ ބިންތަކެއް ފާހަގަކުރެވިފައި.
ފެންނާނެ ބަދަލު • އުމުރުން ދުވަސްވީ މީހުންނަށް އިޖްތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެލްޑަރލީ ހޯމްއެއް ޤާއިމުވުން
• އާއިލާގައި ބަލާނެ ފަރާތެއް ނެތް އުމުރުން ދުވަސްވީ މީހުންނަށް ދައުލަތުގެ އޯގާތެރިކަމާއި އަޅާލުން ލިބުން.
160
ސްޓޭޓަސް ހިނގަމުންދަނީ
މަސައްކަތް ހިންގާ ވުޒާރާ މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް
ކުރެވުނު މައިގަނޑު މަސައްކަތްތައް • މަރުކަޒުގައި ރަނގަޅު ކުރަން ހުރި ކަންތައްތައް ދެނެގަތުމަށްޓަކައި މެނޭޖްމަންޓް އޮޑިޓެއް ހެދިފައި.
• އޮޑިޓަށް ބިނާކޮށް ރަނގަޅުކުރަން ހުރި މަސައްކަތްތައް ކުރަން ފަށާފައި.
ފެންނާނެ ބަދަލު • ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ފަރާތްތަކަށް ރައްކާތެރި މާހައުލެއް ގާއިމުވުން.
• މި ފަދަ ކަންކަން ކުރުމުގައި ދައުލަތާމެދު ރައްޔިތުންގެ ހިތުގައި އޮންނަ އިތުބާރު ބޮޑުވުން.