100 ދުވަހުގެ ވަޢުދުތައް - އިންސާފުޖުމްލަ 1 ދާއިރާއިން 13 ވަޢުދު


ނިމުނު ވަޢުދުގެ ޢަދަދު 11
ނިމުނު އިންސައްތަ 85%
127
ސްޓޭޓަސް ނިމިފައި
މަސައްކަތް ހިންގާ ވުޒާރާ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ކުރެވުނު މައިގަނޑު މަސައްކަތްތައް • "ސިޔާސީ ހައްޔަރީން މިނިވަންކުރުމާ ބެހޭ ކޮމިޓީ" 17 ނޮވެންބަރު 2018 ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވާ، މަސައްކަތް ފަށާފައި.
• ސިޔާސީ ހައްޔަރީންގެ ގޮތުގައި ޖަލަށްލެވިފައިވާ ފަރާތްތަކުގެ މައްސަލަބަލައި އަޅަންޖެހޭ ފިޔަވަޅުތައް އެޅިފައި.
ފެންނާނެ ބަދަލު • ސިޔާސީ ސަބަބުތަކަށްޓަކައި ޖަލަށް ލެވި ނުވަތަ ގޭގައި ބަންދުކުރެވިފައިވާ ފަރާތައް މިނިވަންވެގެން ދިއުން.
• ޤާނޫނާއި ޤަވައިދުތަކުގެ ދަށުން ކޮންމެ ދިވެހި ރައްޔިތަކަށް ލިބިދޭންޖެހޭ ހިމާޔަތާއި ރައްކާތެރިކަން އެއްވެސް ތަފާތުކުރުމެއް ނެތި ލިބެމުންދާނެކަމުގެ ޔަޤީންކަން ލިބުން.
128
ސްޓޭޓަސް ނިމިފައި
މަސައްކަތް ހިންގާ ވުޒާރާ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ކުރެވުނު މައިގަނޑު މަސައްކަތްތައް • "ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" ގެ ނަމުގައި ކޮމިޝަނެއް 17 ނޮވެންބަރު 2018 ގައި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން އެކުލަވާލައްވާފައި. އަދި މަޤާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށްގެން ހިންގާފައިވާ ކޮރަޕްޝަންގެ އަމަލުތައް ކޮމިޝަނުން ބަލަން ފަށާފައި.
• "މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަން" 5 މެންބަރުން ހިމެނޭ ގޮތަށް 2018 ނޮވެންބަރު 19 ގައި އެކުލަވާލައި މަސައްކަތްތައް ފަށާފައި. ކޮމިޝަނުން ބަލަމުން ގެންދިޔަ 27 މައްސަލައިގެ ތެރެއިން ބައެއް މައްސަލަތައް މިހާރު ބަލައި ނިމިފައި.
• ރިޔާސީ ކޮމިޝަންތަކަށް ބޭނުންވާ ޤާނޫނީ ހައިސިއްޔަތު ހޯދުމަށް ރިޔާސީ ކޮމިޝަންތަކާގުޅޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައި.
ފެންނާނެ ބަދަލު • ދައުލަތުގެ މަޤާމުގެ ނުފޫޒުގެ ބޭނުންކޮށްގެން ހިންގާފައިވާ ޤާނޫނާ ޚިލާފު ޢަމަލުތަކާއި، މަޤާމުގެ ޒިންމާ ނޫފުލުމުގެ ސަބަބުން ރައްޔިތުންނަށް ލިބިދީފައިވާ ރައްކާތެރިކަމާ ހިމާޔަތް ނުލިބުމުގެ މައްސަލަތައް ބެލި، އިންސާފު ޤާއިމްވުން.
• ކޮރަޕްޝަންގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ ފައިސާ ލިބުމަށް މަގުފަހިވެގެން ދިއުން.
• މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ޤާނޫނާ ޚިލާފް ޢަމަލުތައް ހިންގާފައިވާ ފަރާތްތައް ހެއްކާ އެކު ދެނެގަނެ، އެކަމުގެ ހައްޤު އަދަބު އެ ފަރާތްތަކަށް ދީ ރައްޔިތުންނަށް އިންސާފު ލިބުން.
129
ސްޓޭޓަސް ނިމިފައި
މަސައްކަތް ހިންގާ ވުޒާރާ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ކުރެވުނު މައިގަނޑު މަސައްކަތްތައް • "މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަން" 5 މެންބަރުން ހިމެނޭ ގޮތަށް 2018 ނޮވެންބަރު 19 ގައި އެކުލަވާލައި މަސައްކަތްތައް ފަށާފައި.
• ކޮމިޝަނުން ބަލަމުން ގެންދިޔަ 27 މައްސަލައިގެ ތެރެއިން ބައެއް މައްސަލަތައް މިހާރު ބަލައި ނިމިފައި.
• ރިޔާސީ ކޮމިޝަންތަކަށް ބޭނުންވާ ޤާނޫނީ ހައިސިއްޔަތު ހޯދުމަށް ރިޔާސީ ކޮމިޝަންތަކާގުޅޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައި. އަދި އިންތިޤާލީ އަދާލަތުގެ ބިލް މަޖިލީހަށް ހުށަހެޅުމަށްޓަކައި ފޮނުވިފައި.
ފެންނާނެ ބަދަލު • މިކަމުގައި ޝާމިލްވާ ފަރާތްތައް ހެއްކާ އެކު ދެނެގަނެ، އެކަމުގެ ހައްޤު އަދަބު އެ ފަރާތްތަކަށް ދީ ރައްޔިތުންނަށް އިންސާފު ލިބުން.
• މުސްތަގުބަލުގައި މިފަދަ ޢަމަލުތައް ކުރުން ހުއްޓުވުމަށް އެޅޭ ފިޔަވަޅަކަށްވުން.
130
ސްޓޭޓަސް ނިމިފައި
މަސައްކަތް ހިންގާ ވުޒާރާ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ކުރެވުނު މައިގަނޑު މަސައްކަތްތައް • ނުހައްގުން ވަޒީފާއިން ވަކިކުރެވިފައިވާ ފަރާތްތަކުގެ މައްސަލަތައް ބެލުމަށް "ޕްރެޒިޑެންޝަލް އެކްޝަން ކޮމިޓީ" އާ ހަވާލުކުރެވިފައި.
• "ސިޔާސީ ސަބަބަކަށްޓަކައި ފިޔަވަޅު އަޅާއިފައިވާ މުވައްޒަފުން ޝަކުވާ ހުށަހެޅުމުގެ ފޯމް" އާންމުކޮށް އިޢުލާންކޮށް މުއްދަތުތެރޭގައި 94 މުއައްސަސާއަކަށް ރައްދުވާގޮތަށް ހުށަހަޅާފައިވާ ޖުމްލަ 826 ޝަކުވާ ރިވިއުކުރުމުގެ މަސައްކަތް "ޕްރެޒިޑެންޝަލް އެކްޝަން ކޮމިޓީ" އިން ފަށާފައި.
• މިގޮތުން 104 ފަރާތެއްގެ ވަޒީފާ އިއާދަކޮށްދިނުމަށް ކޮމިޓީއަށް ފެންނަކަމަށް ނިންމަވައި، މީގެތެރެއިން ބައެއް ފަރާތްތަކުގެ ވަޒީފާ އަނބުރާ އިއާދަކުރެވިފައި. މިހާތަނަށް ކުރެވިފައިވާ މަސައްކަތުގައި 169 ފަރާތެއްގެ ޝަކުވާއާގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް މުވައްސަސާތަކަށް ހުށަހަޅާފައި.
ފެންނާނެ ބަދަލު • ނުހައްގުން ވަޒީފާއިން ވަކިކުރެވިފައިވާ ފަރާތްތަކަށް އިންސާފުލިބި، އިންތިޤާލީ އަދާލަތު ޤާއިމްވުމަށް މަގުފަހިވުން.
• ނުހައްގުން ވަޒީފާއިން ވަކިކުރެވިފައިވާ ފަރާތްތަކާއި ވަޒީފާ އަދާކުރަމުން ދިޔަ ތަންނޫން އެހެން ތަންތަނަށް ނުހައްގުން ބަދަލުކުރެވިފައިވާ ފަރާތްތަކުގެ ވަޒީފާ އަނބުރާ އިޔާދަވުން ނުވަތަ ހައްޤު ބަދަލުލިބުން.
131
ސްޓޭޓަސް ނިމިފައި
މަސައްކަތް ހިންގާ ވުޒާރާ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ކުރެވުނު މައިގަނޑު މަސައްކަތްތައް • "ސިޔާސީ ހައްޔަރީން މިނިވަންކުރުމާ ބެހޭ ކޮމިޓީ" 17 ނޮވެންބަރު 2018 ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވާ، މަސައްކަތް ފަށާފައި.
• ސިޔާސީ ހައްޔަރީންގެ ގޮތުގައި ޖަލަށްލެވިފައިވާ ފަރާތްތަކުގެ މައްސަލަތައް ރިވިއުކޮށް ޤާނޫނާއި ޤަވާޢިދުތަކުގެތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އެޅިފައި.
ފެންނާނެ ބަދަލު • ސިޔާސީ ސަބަބުތަކަށްޓަކައި ޖަލަށް ލެވި ނުވަތަ ގޭގައި ބަންދުކުރެވި ފަރާތައް މިނިވަންވެގެން ދިއުން.
• ޤާނޫނާއި ޤަވައިދުތަކުގެ ދަށުން ކޮންމެ ދިވެހި ރައްޔިތަކަށް ލިބިދޭންޖެހޭ ހިމާޔަތާއި ރައްކާތެރިކަން އެއްވެސް ތަފާތުކުރުމެއް ނެތި ލިބެމުންދާނެކަމުގެ ޔަޤީންކަން ލިބުން.
132
ސްޓޭޓަސް ހިނގަމުންދަނީ
މަސައްކަތް ހިންގާ ވުޒާރާ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ކުރެވުނު މައިގަނޑު މަސައްކަތްތައް • ހުރިހާ މިނިވަން މުއައްސަސާތަކާ ގުޅޭގޮތުން މިހާތަނަށް ހެދިފައިވާ އޮޑިޓް ރިޕޯޓްތައް ރިވިއުކުރެވިފައި.
• ހިންގުން ހަރުދަނާ ކުރުމަށް ކުރަންޖެހޭ ކަންކަން ފާހަގަކޮށްފައި. އަދި ޢަމަލީގޮތުން މި މަސައްކަތް ކުރިއަށް ގެންދާނެގޮތް ދިރާސާކުރަމުންދަނީ.
133
ސްޓޭޓަސް ނިމިފައި
މަސައްކަތް ހިންގާ ވުޒާރާ އެޓަރނީ ޖެނެރަލްގެ އޮފީސް
ކުރެވުނު މައިގަނޑު މަސައްކަތްތައް • މި މަސައްކަތްކުރުމަށް އެޓަރނީ ޖެނެރަލްގެ އޮފީހުގައި މުރާޖަޢާ ކޮމިޓީއެއް އެކުލަވާލައި، މި ކޮމިޓީން 11 ޤާނޫނެއް މުރާޖަޢާކޮށް، އޭގެތެރެއިން 4 ޤާނޫނަކަށް ގެންނަންޖެހޭ އިޞްލާޙުތައް ފާހަގަކޮށް، ކަމާގުޅޭ ބިލްތައް އެކުލަވާލައިފައި.
• އިޞްލާޙުކުރަންޖެހޭ ކަމަށް ފާހަގަކުރެވޭ ގަވާއިދުތައް އިޞްލާޙުކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކަށް ކޮމިޓީން ހުށަހެޅުމަށް ނިންމާފައި.
ފެންނާނެ ބަދަލު • ޤާނޫނުއަސާސީ އާއި ޤާނޫނުތަކުގެ ތެރެއިން ރައްޔިތުންނަށް ލިބިދޭންޖެހޭ ފުރިހަމަ ރައްކާތެރިކަން ލިބުން.
• ވަކިފިކުރަކަށް ވަކިކުލައަކަށް ބެލުމެއްނެތި ހަމަހަމަކަމާއެކު ހުރިހާ ރައްޔިތުންނަށް އިންސާފު ލިބުން.
134
ސްޓޭޓަސް ނިމިފައި
މަސައްކަތް ހިންގާ ވުޒާރާ އެޓަރނީ ޖެނެރަލްގެ އޮފީސް
ކުރެވުނު މައިގަނޑު މަސައްކަތްތައް • އެޓަރނީ ޖެނެރަލްގެ އޮފީހުން މި މަސައްކަތްކުރުމަށް ކޮމިޓީއެއް އެކުލަވާލައި، މި ކޮމިޓީއިން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނާއި، ކޯޓުތަކުގެ ޤާނޫނާއި، ފަނޑިޔާރުންގެ ޤާނޫނު ރިވިއު ކޮށް، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކާއި، އެނޫންވެސް ކަމާގުޅޭގޮތުން ޢަމަލުކުރެވޭ ބައިނަލްއަޤްވާމީ އުސޫލުތަކާއި ހަމަތަކަށް ބިނާކޮށް، ޢަދުލު އިންޞާފުގެ ދާއިރާއާގުޅޭ ޤާނޫނުތަކަށް ގެންނަންޖެހޭ އިޞްލާޙުތައް ފާހަގަކޮށްފައި.
• މި ކޮމިޓީން ބައިނަލްއަޤްވާމީ ފަރާތްތަކުން ޝާއިޢުކޮށްފައިވާ ރިޕޯޓުތަކާއި ހުށަހަޅާފައިވާ ހުށަހެޅުންތަކާއި، މިނިވަން ދިމިޤްރާތީ މުޖުތަމަޢުތަކުގައި ޢަމަލުކުރެވޭ ކަމާގުޅޭ އުސޫލުތައް ދިރާސާކުރުމުގެ މަސައްކަތްކޮށްފައި.
• މި ދިރާސާތަކުގެ އަލީގައި ކަމާ ބެހޭ ބިލުތައް އެކުލަވާލުމުގެ މަސައްކަތްތައް ފަށާފައި.
ފެންނާނެ ބަދަލު • އެންމެހައި ނުފޫޒުތަކުން އެއްކިބާވެފައިވާ، ރައްޔިތުންގެ އިންސާނީ ކަރާމާތާއި ޙައްޤުތައް ރައްކާތެރިކޮށް، ޤާނޫނުއަސާސީ އާއި ޤާނޫނުތަކުގެ ތެރެއިން އިންސާފު ޤާއިމްކޮށްދޭނެ މިނިވަން ޝަރުޢީ ނިޒާމެއް ޤާއިމްކުރުން.
135
ސްޓޭޓަސް ނިމިފައި
މަސައްކަތް ހިންގާ ވުޒާރާ އެޓަރނީ ޖެނެރަލްގެ އޮފީސް
ކުރެވުނު މައިގަނޑު މަސައްކަތްތައް • ކުޑަކުދިންގެ އަދުލުގެ ބިލް އެކުލަވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި.
ފެންނާނެ ބަދަލު • ކުޑަކުދިންނަށް ބޭނުންވާ އަޅާލުމާއި ރައްކާތެރިކަމާއި ފަރުވާ ލިބޭނެފަދަ މާހައުލެއް ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން ޤާއިމްވެގެންދިއުން.
• ކުޑަކުދިން ކުށްކުރުމާ ދުރުކުރުމަށް ބާރުއަޅައި އެކުދިން ހެޔޮގޮތުގައި އަނބުރާ މުޖުތަމަޢަށް ގެނެވޭނެ ގޮތްތައް ފަހިވެ އެކުދިންނާ ރައްޓެހި މާޙައުލެއް ޤާއިމްވެގެންދިއުން.
• އެކުދިންގެ މަޞްލަޙަތަށް އެންމެ ފައިދާ ހުރިގޮތަށް އިސްކަންދެވޭނެ އުޞޫލަކުން އެކުދިންނާގުޅޭ މައްސަލަތަކާމެދު ގޮތެއް ނިންމުމަށް މަގުފަހިކޮށްދޭ ކުޑަކުދިންގެ ޢަދުލުގެ ނިޒާމެއް ޤާއިމްވެގެންދިއުން.
136
ސްޓޭޓަސް ހިނގަމުންދަނީ
މަސައްކަތް ހިންގާ ވުޒާރާ އެޓަރނީ ޖެނެރަލްގެ އޮފީސް
ކުރެވުނު މައިގަނޑު މަސައްކަތްތައް • ބައިނަލްއަޤްވާމީ ފަންނީ މާހިރެއްގެ އެހީތެރިކަމާއެކު މި މަސައްކަތް ކުރިއަށް ގެންދިއުމަށް ރޭވިފައި.
ފެންނާނެ ބަދަލު • އެންމެހައި ނުފޫޒުތަކުން އެއްކިބާވެފައިވާ، ރައްޔިތުންގެ އިންސާފީ ކަރާމާތާއި ޙައްޤުތައް ރައްކާތެރިކޮށް، ޤާނޫނުއަސާސީ އާއި ޤާނޫނުތަކުގެ ތެރެއިން އިންސާފު ޤާއިމްކޮށްދޭނެ މިނިވަން ޝަރުޢީ ނިޒާމެއް ޤާއިމްވުން.
137
ސްޓޭޓަސް ނިމިފައި
މަސައްކަތް ހިންގާ ވުޒާރާ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް
ކުރެވުނު މައިގަނޑު މަސައްކަތްތައް • ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީއެއް އެކުލަވާލާފައި.
• 'ހިޔާ' މަޝްރޫޢު އަދި 'ގެދޮރުވެރިކުރުން' މަޝްރޫޢުގެ ދަށުން ފްލެޓް ލިބުނު ފަރާތްތަކުގެ ތަފްޞީލީ ލިސްޓުތައް 4 މާރިޗު 2019 ގައި އާއްމުކޮށްފައި.
• އާންމުންނަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު 4 ން – 25 މާރިޗު ގެ ނިޔަލަށް ހުޅުވާލުމުން ހުށަހެޅި 3353 ޝަކުވާ ބަލަމުންދަނީ.
ފެންނާނެ ބަދަލު • ސޯޝަލް ހައުސިންގ ސްކީމްގެ ދަށުން ދޫކުރެވޭ ފްލެޓްތަކަކީ އިންސާފުވެރިކަމާއެކު، ހަމަހަމަ ނިޒާމެއްގެ ދަށުން ދޫކުރެވޭ ފްލެޓްތަކެއް ކަމުގައިވުން.
• ބޭއިންސާފާއި ކޮރަޕްޝަންގެ ތެރެއިން ފްލެޓްތައް ދޫކުރި ފަރާތްތަކަށް ފިޔަވަޅުއެޅުން
• ފްލެޓްތަކުގެ ޙައްޤުވެރި ފަރާތްތައް ކަނޑައެޅުން.
138
ސްޓޭޓަސް ނިމިފައި
މަސައްކަތް ހިންގާ ވުޒާރާ މިނިސްޓްރީ އޮފް ފިނޭންސް
ކުރެވުނު މައިގަނޑު މަސައްކަތްތައް • ސަރުކާރުގެ މުސާރައިގެ އޮނިގަނޑުތައް މުރާޖަޢާކުރެވި ގެންނަން ފެންނަ ބަދަލުތައް ދެނެގަނެވިފައި.
• މުސާރައިގެ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް، ބައިނަލްއަޤްވާމީ ތަޖްރިބާކާރުންގެ އެހީއާއެކު ތަންފީޒްކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްދަނީ.
ފެންނާނެ ބަދަލު • ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ޤާނޫނުގައި ކަނޑައަޅާފައިވާގޮތުގެ މަތިން ދައުލަތުގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް އެއްހަމަ ކުރެވުން.
• ދައުލަތުގެ އެކި އިދާރާތަކުގައި ހުރި ތަފާތު ނައްތާލެވި ހަމަހަމަކަމާއެކު މުސާރަ އާއި އިނާޔަތްތައް ލިބޭނެ މަގު ފަހިވެގެން ދިޔުން.
139
ސްޓޭޓަސް ނިމިފައި
މަސައްކަތް ހިންގާ ވުޒާރާ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
ކުރެވުނު މައިގަނޑު މަސައްކަތްތައް • އ.ދ.ގެ ވަރކިންގ ގްރޫޕް އޮން އަރބިޓްރަރީ ޑިޓެންޝަނުން ބަލަމުންދާ ރާއްޖޭގެ ހަތަރު މައްސަލައިގެ އެންމެފަހުގެ މަޢުލޫމާތު 13 ޑިސެންބަރު 2018 ގައި ވަރކިންގ ގްރޫޕާ ހިއްސާކޮށްފައި.
• އ.ދ.ގެ ހިއުމަން ރައިޓްސް ކޮމިޓީއާއި ވަރކިންގ ގްރޫޕް އޮން އެންފޯސްޑް އެންޑް އިންވޮލަންޓަރީ ޑިސެޕެއަރަންސަސްގައިވާ މައްސަލަތަކާއި ގުޅޭ މަޢުލޫމާތު އެޓަރނީ ޖެނެރަލްގެ އޮފީހާއި ގުޅިގެން މިނިސްޓްރީ އޮފް ފޮރިން އެފެއަރޒުން ތައްޔާރުކޮށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އެ މަޢުލޫމާތުތައް ހިއްސާކުރުމަށް ހަމަޖެހިފައި.
ފެންނާނެ ބަދަލު • އިންސާނީ ހައްގުތައް ރައްކާތެރިކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި އެކުލާވާލެވިފައިވާ ގްރޫޕްތަކުން ނިންމާ ނިންމުންތަކަށް ދިވެހިރާއްޖެ އިޙުތަރާމު ކުރާކަން ދުނިޔެއަށް ހާމަވެގެން ދިއުން