| 159 | * | ކޮންމެ ރަށެއްގެ ކޮންމެ ގިންތިއެއްގެ ދެމަފިރިއަކަށްވެސް ލިބޭ ދަރިފުޅު ދުނިޔެއަށް އަންނަނީ ހަމަހަމަކަންމަތީ އަޅާލެވޭ ކުލުނުވެރި ނިޒާމެއްގައިކަން ކަށަވަރުކުރުން. |
| 160 | * | ދިވެހިރާއްޖޭގައި ދިރިއުޅޭ ކޮންމެ މީހަކީ، ޤަރުބަގަތީއްސުރެ ނެތިދިއުމަށްދާންދެން އިޖުތިމާޢީ ރައްކާތެރި ނިޒާމުގެ ހިޔާ ދަށުގައި ދެމިހުންނާނޭ މީހެއްކަން ކަށަވަރުކުރުން. |
| 161 | * | ސަރުކާރުން އެކި ގޮތްގޮތުން ފޯރުކޮށްދޭ އެހީތަކުން އެއްކޮޅަށް ބަރުވެފައިވާ އިޤްޠިޞާދުގެ ތިލަފަތް އެއްވަރުކުރުން. |
| 162 | * | ދައުލަތުގެ ޕެންޝަނަރުންނަށް ދެވޭ ޕެންޝަނަކީ ދައުލަތުން ދެވޭ އެހެނިހެން ޢިނާޔަތްތަކުގެ އިތުރުން ދެވޭ އެއްޗެއްކަން ކަށަވަރުކުރުން. |
| 163 | * | ކޮންމެ ދިވެހި އާއިލާއަކަށް ކުރިމަތިވާ އެންމެ އަސާސީ ދަތިތައް ދެނެގަނެ، އެ ދަތިތައް ލުއިކޮށްދިނުން. |
| * | ވަޒީފާ އަދާކުރަމުންދާ ކޮންމެ މަންމައަކަށް މުސާރައާއެކު 6 މަހުގެ މެޓަރނިޓީ ލީވް ލިބިދިނުން. | |
| * | ކޮންމެ ބައްޕައަކަށް 1 މަހުގެ ޕެޓާނިޓީ ލީވް ލިބިދިނުން. | |
| * | ބޭބީ ފޯމިއުލާ، އަދި ތުއްތުކުދީންނަށް ބޭނުންވާ ކާނާއާއި އެހެނިހެން ތަކެތި އަގުހެޔޮކޮށްދިނުން. |
| 164 | * | ރާއްޖޭގެ ކޮންމެ ރަށެއްގެ ކޮންމެ ޢާއިލާއަކުން އުފަންވާ ކޮންމެ ކުއްޖަކަށް ދައުލަތުގެ ފަރާތުން ޚާއްޞަ ހަދިޔާއެއްގެ ގޮތުގައި ތަންމަތި ފޮއްޓަކާއެކު، އުފަންވާ ތުއްތުކުއްޖާއަށް ބޭނުންވާ އެންމެ އަސާސީ ތަކެއްޗާއި، ގާތުން ދިނުމާއި، މުހިންމު ޞިއްޙީ މަޢުލޫމާތުތަކުގެ ލުއިފޮތެއް ހިމެނޭ ޕާރުސަލެއް ފޯރުކޮށްދިނުން. |
| 165 | * | ޒީނަތްތެރިވާން ބޭނުންކުރާ ސާމާނާއި އަންހެނުންނަށް ބޭނުންވާ ޕެޑު އަދި ޓެމްޕެކްސްފަދަ ޒަރޫރީ ބާވަތްތަކުގެ އަގު ހެޔޮކޮށްދިނުން. |
| 166 | * | ފޯރުންތެރިކަން ކުޑަ ފަރާތްތަކަށް ގެދޮރު ނުވަތަ ފްލެޓް ގަތުމަށް ސަބްސިޑީ ފޯރުކޮށްދިނުން. |
| * | ތަނަވަސްކަން ނެތުމުން ރަށްރަށުގައި ނުހެދިހުރި ފަޅުގޯތިތައް އިމާރާތްކުރުމަށް ލުއިފަސޭހަ ލޯނު ފޯރުކޮށްދިނުން. | |
| * | ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ ސްކީމްތައް ހިންގެނީ ރައްޔިތުންގެ މެދުގައި ހަމަހަމަ އުޞޫލަކުންކަން ކަށަވަރުކުރުން. |
| 167 | * | ރާއްޖޭގެ ޒަމާންވީ މަސައްކަތްތައް އާލާކޮށް ކުރިއަރުވާ، މަސައްކަތުގެ އަގުވަޒަންކުރުމަށްޓަކައި، އެފަދަ މަސައްކަތްތެރީން ދެނެގަނެ، ޕެންޝަން ފޯރުކޮށްދިނުން. |
| * | މަސްވެރިކަމާއި ދަނޑުވެރިކަންފަދަ އެންމެ އިހުއްސުރެ ދިވެހީން ކުރަމުންއައި އެންމެ ބޮޑެތި ބުރަ އިޤްޠިޞާދީ މަސައްކަތްތައް ކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމަށާއި، ދެމެހެއްޓެނިވި ގޮތުގައި މިފަދަ މަސައްކަތްތަކުގައި ދެމިތިބުމަށް ބާރުއެޅުމުގެގޮތުން މަސައްކަތްތެރީންގެ ޑޭޓާބޭސްއެއް އެކުލަވާލެވި، ދިގު މުއްދަތުގައި މަސައްކަތުގައި ދެމިތިބޭ ފަރާތްތަކަށް ދައުލަތުން ޕެންޝަން ދޭން ފެށްޓުން. |
| 168 | * | ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ އެލެވެންސް އިތުރުކޮށް، އެފަދަ ޢާއިލާތަކަށް ދައުލަތުން ފައިސާގެ އެހީތެރިކަން ދެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުން. |
| * | ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ލިއްބައިދޭންޖެހޭ ޚާއްޞަ ޞިއްޙީ ޚިދުމަތްތަކާއި ރިހެބިލިޓޭޝަން ޚިދުމަތްތައް ޤާއިމުކޮށް އިތުރުކުރުން. | |
| 169 | * | ތަޢުލީމީ ނިޒާމުގެ ތެރެއިން އިންކްލޫސިވް އެޑިއުކޭޝަން ތަރައްޤީކޮށް، ތަފާތު އެކި ބާވަތުގެ ނުކުޅެދުންތެރިކަމަށް އެޑްރެސް ކުރެވޭނެހެން ނިޒާމު ހަރުދަނާކުރުން. |
| * | މުޖުތަމަޢުގައި ޤާއިމުކުރެވިފައި ހުންނަ އެންމެހާ ވަޞީލަތްތަކުގެ ބޭނުންހިފޭމިންވަރު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިތުރުކުރުމަށްޓަކައި ދަތުރުފަތުރުކުރުމާއި ޢިމާރާތްކުރުމުގެ މިންގަނޑުތައް ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެއްތުމަށް ސަރުކާރުގެ ތެރެއިން ޚާއްޞަ އިންތިޒާމުތަކެއް ކަނޑައެޅުން. | |
| 170 | * | ދޮށީއުމުރުގެ މީހުންނަށް ދޭންޖެހޭ ގަދަރާއި އިހްތިރާމް ބޮޑުކޮށްދީ، އަޅާލުން އިތުރުކުރުން. |
| * | ދޮށީއުމުރުގެ މީހުންނަށް ޚާއްޞަ އިޖްތިމާޢީ މަރުކަޒުތައް ޤާއިމްކޮށްދިނުން. | |
| * | ނުތަވަސްކަމާއި ހާސްކަމުން ދުރުހެލިވެ ހިތްހަމަޖެހުމާއެކު ޙަޔާތުގެ ފަހުބައި ހޭދަކުރެވޭނޭ ގޮތަށް ދޮށީއުމުރުގެ މީހުންނަށް އަޅާލުމުގެ ނިޒާމު އިތުރަށް ފުރިހަމަކޮށް ތަރައްޤީކުރުން. | |
| 171 | * | އާއިލީ އަދި އިޖްތިމާޢީ މައްސަލަތަކުގެ ޝިކާރައަކަށްވެ، އެއްވެސް މީހަކު މުޖްތަމަޢުން އެކަހެރިވެ ބާކީ ނުވާނޭހެން އެހީތެރިވެވޭނޭ އިންތިޒާމްތައް ކުރުން. |
| * | ޢާއިލީ އަދި އިޖުތިމާޢީ މައްސަލަތަކުގައި ގޯޅިއަޅައިގޮސް ހިތާމަވެރި ގޮތްގޮތް މެދުވެރިވުން މަދުކުރުމަށްޓަކައި ކައުންސިލިންގ ދޭ ސެންޓަރުތައް ރާއްޖޭގެ ހުރިހާ ސަރަޙައްދުތަކުގައި ޤާއިމްކުރުން. | |
| 172 | * | ބޮޑެތި ބަލިތައް ތަޙައްމަލް ކުރަމުންދާ ފަރާތްތަކަށް މާބޮޑަށް އަޅާލެވޭނޭ ނިޒާމެއް އުފެއްދުން. |
| * | ބޮޑެތި ބަލިތައް ތަޙައްމަލް ކުރަމުންދާ ފަރާތްތަކުން ބޭސްފަރުވާއަށް ސަލާންޖަހައި ފަންޑްރެއިޒް ކުރާން ނުޖެހޭގޮތަށް ދައުލަތުން ފުރިހަމައަށް ޒިންމާނަގާން ފެށުން. | |
| 173 | * | ދައުލަތުން ބަލަހައްޓާ ކުޑަކުދިން ތިބޭ މަރުކަޒުތަކުން އެކުދިން ބަލަން ބޭނުންވާ ޢާއިލާތަކާ ފަސޭހައިން ޙަވާލުވެވޭނެ ގޮތްތައް ހަމަޖައްސައިދިނުން. އެކުދިންނަކީ ތުއްތު އިރުއްސުރެ އާއިލީ ލޯބި ލިބޭނެ ކުދިންކަން ކަށަވަރުކުރުން. |
| 174 | * | ދިވެހިންނަށް ތަރައްޤީއާއި ކުރިއެރުން ލިބިދިނުމާއެކު އަނިޔާއާއި، އިހާނެތިކަމާއި، ގޯނާއެއް ނެތް އުފާވެރި ދިރިއުޅުމެއް ކަށަވަރުކޮށްދިނުން. |
| * | އާއިލާއާއި ރަޙުމަތްތެރީންނާއެކު އުޅެވޭނޭ އަމާން ރާއްޖެއެއް ޤާއިމްކުރުން. | |
| * | ކޮންމެ ރައްޔިތެއްގެ ފަރުދީ މިނިވަންކަން ކަށަވަރުކުރުން. | |
| * | ޤާނޫނު އަސާސީ އާއި ޤާނޫނާއި ޤަވާޢިދުތައް ތަންފީޒުކުރުން ވަރުގަދަކޮށް، ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރެއިން ލިބިދޭންޖެހޭ އެންމެހައި ޙައްޤުތަކެއް އެއްވެސް އިސްތިސްނާއެއް ނެތި ލިބިދިނުން. | |
| * | ކޮންމެ ރައްޔިތަކަށް ލިބިދޭންޖެހޭ ޢިނާޔަތާއި ޙިމާޔަތް ތަފާތުކުރުމެއް ނެތި ލިބެމުންދާނެކަން ޔަޤީންކުރުން. | |
| * | ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރެއިން ކޮރަޕްޝަނާއި ފަސާދައަށް ހުރި ދޮރުތައް ބަންދުކޮށް، ދައުލަތުގެ މުއައްސަސާތަކުގެ ނަޒާހަތްތެރިކަން ކަށަވަރުކުރުން. |
| 175 | * | ސިޔާސީ މަޤްޞަދެއް ޙާޞިލްކުރުމަށް، ނުހައްގުން ޖަލަށްލެވިފައިވާ ފަރާތްތަކާމެދު ކަންކުރެވުނު ގޮތް މުރާޖަޢާކުރުން. |
| * | ވަކި ބަޔަކަށް ނުވަތަ ވަކި މީހަކަށް މަންފާއެއް ހޯދުމަށް، ސިޔާސީ ނުފޫޒުން ނިންމާފައިވާ މަދަނީ މައްސަލަތައް މުރަޖަޢާކުރުން. | |
| * | އިންސާނީ ޙައްޤުތަކަށް އަރައިގަތުމުގެ ޢަމަލުތައް ހިންގައި އެ ޢަމަލުތަކުގައި ބައިވެރިވި ފަރާތްތަކުން ހިންގާފައިވާ ޖަރީމާތައް ބަލައި ފިޔަވަޅުއެޅުން. | |
| * | މަޤާމުގެ ނުފޫޒުގެ ބޭނުންކޮށްގެން ހިންގާފައިވާ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގާ ފަރާތްތައް ފާހަގަކުރުމާއި، އެފަރާތްތައް ޖަވާބުދާރީ ނުކުރެވެނީ ކޮންސަބަބަކާހެދި ތޯ ބަލައި، އެކަންކަން އިޞްލާޙުކުރުން. | |
| * | މިނިވަން މުއައްސަސާތަކާއި، އިދާރާތަކުގެ އިދާރީ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން. | |
| * | ދައުލަތުގެ އެންމެހައި އިދާރާތަކުގެ ސިޔާސަތުގެތެރެއިން ރައްޔިތުންނަށް އަނިޔާލިބޭ ގޮތަށް ބައްޓަންކޮށްފައިވާ ސިޔާސަތުތަކަށް ބަދަލުގެނައުން. | |
| * | ދައުލަތަށް ގެއްލުންވާ ގޮތަށް ސަރުކާރުން ވެފައިވާ އެއްބަސްވުންތައް މުރާޖަޢާކުރުން. | |
| * | ދައުލަތުގެ ޚަޒާނާއިން ވަގަށްނަގައި/ޚިޔާނާތްތެރިވެފައިވާ ފައިސާ ހޯދުން. | |
| * | ވަކިމީހަކަށް ގެއްލުމެއް ދިނުމަށް ނުވަތަ ވަކިމީހަކަށް މަންފާއެއް ހޯދުމަށް، ބަދަލުކޮށް/ފާސްކޮށްފައިވާ ޤާނޫނުތައް ބަލައި މުރާޖަޢާކުރުން. | |
| * | ރާއްޖޭގެ ނާޒުކު ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ލިބުނު މަސައްކަތްތައް ކުރުމަށް ނިންމައި، އެކަންތައްތަކަކަށް މަގުފަހިކޮށްދިން ފަރާތްތައް ޖަވާބުދާރީކުރުވުން. | |
| * | ދައުލަތަށް ލިބިފައިވާ މަދަނީ ގެއްލުމަށް ބަދަލު ހޯދުން. | |
| * | މަޤާމުގެ ޒިންމާ ނޫފުލުމުގެ ސަބަބުން ރައްޔިތުންނަށް ލިބިދީފައިވާ ރައްކާތެރިކަމާ ހިމާޔަތް ނުލިބުމުގެ ސަބަބުން އެކަން ބަލާ ފިޔަވަޅުއެޅުން. | |
| * | ދައުލަތަށް ގެއްލުންވާ ގޮތަށް ސަރުކާރުންވެފައިވާ އެއްބަސްވުންތައް މުރާޖަޢާކޮށް، ގާނޫނީ ފިޔަވަޅުއަޅައި އިންސާފު ޤާއިމުކުރުން. | |
| * | އަނިޔާލިބި، މަރުވެ، ގެއްލުވާލެވި، ޖަލަށްލެވި، އަރުވާލެވި، މުދަލަށް ގެއްލުން ލިބުނު ހުރިހާ ރައްޔިތުންނަށް އިންސާފު ލިބިދެވި ދައުލަތުން އޭގެ ގެއްލުމުގެ ބަދަލު ލިބިދިނުން. | |
| * | ފްލެޓްތައް ދޫކުރުމުގައި ބޭއިންސާފުން ކޮރަޕްޝަން ހިމެނޭގޮތަށް ދީފައިވާ މައްސަލަ ބަލާ، ފްލެޓް ޙައްޤުވާ ފަރާތްތަކަށް ފްލެޓް ހޯދައިދިނުން. އަދި ހަމަހަމަ އުޞޫލުން ފްލެޓްތައް ދޫކުރެވޭނެ ނިޒާމެއް ކަށަވަރުކުރުން. | |
| 176 | * | އަނިޔާ ލިބުނު ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށް މަތީގައި ބަޔާންކޮށްފައިވާ ދާއިރާތަކާ ގުޅޭ މައްސަލަތައް ތަހުގީގުކޮށް އަންނަނިވި ގޮތްތަކުގެތެރެއިން ގޮތަކަށް ޢަމަލުކުރުން: 1. ޙަޤީޤަތް ހޯދައި ހާމަކުރުން، 2. ގެއްލުމުގެ ބަދަލު ދިނުމާއި ބަދަލު ހޯދުން، 3. މުދާ ހިފެހެއްޓުމާއި އަނބުރާ ނެގުން، 4. ޖިނާއީ ދަޢުވާއުފުލުން |
| 177 | * | ފަނޑިޔާރުންނަކީ ހަމައެކަނި ޝަރީޢަތްކުރުމަށް ޚާއްސަވެގެން ތިބޭ ބަޔަކަށް ހެދުމަށްޓަކައި، ކޯޓުތަކުގެ އިދާރީ ހިންގުމާއި މުވައްޒަފުންގެ ކަންކަން ހިންގައި ބަލަހައްޓާނޭ އުޞޫލުތައް ކަނޑައެޅުމާއި، ކޯޓުތަކަށް ބަޖެޓް ކަނޑައެޅުމާއި، ކޯޓުތަކުގެ ކޭސް މެނޭޖްމަންޓް ސިސްޓަމެއް ޤާއިމްކޮށް ބެލެހެއްޓުމާއި، ތަމްރީން ޕްރޮގްރާމްތައް ހިންގުމަކީ، ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މަސްއޫލިއްޔަތެއް ކަމުގައި ކަނޑައެޅުން. |
| * | ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ގެ މަޤާމަށް މީހަކު ޢައްޔަންކުރާނީ ރައްޔިތުންގެ މަޖިލީހުން ކަމުގައި ކަނޑައަޅައި، ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ސުޕްރީމްކޯޓުގެ ޙިޔާޒަތުގެދަށުން ވަކިކުރުން. |
| 178 | * | ޕްރޮސެކިއުޓަރ ޖެނެރަލްއަކީ ސިޔާސީ ނުފޫޒުން އެއްކިބާވެ ފުރިހަމަ މިނިވަންކަމާ ޕްރޮފެޝަނަލްކަމާއެކު މަސައްކަތްކުރާ ފަރާތެއްކަން ކަށަވަރުކުރުން. |
| 179 | * | ޤާނޫނަކުން ބާރުލިބިދޭ ބާރ ކައުންސިލެއް ޤާއިމްކޮށް، ޤާނޫނީ ވަކީލުންނަށް ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރުމުގެ ހުއްދަ ދިނުމާއި، ޤާނޫނީ ވަކީލުންގެ މަސައްކަތުގައި އެމީހުން ތަބާވާންޖެހޭ ޕްރޮފެޝަނަލް ސްޓޭނޑަރޑް ތަކާއި، ގަވައިދުތައް ހެދުމުގެ ބާރު އެ މުއައްސަސާއަށްދީ ޤާނޫނީ ވަކީލުންނަކީ އެ މުއައްސަސާއަށް ޖަވާބުދާރީ ވާންޖެހޭ އަދި ޖަވާބުދާރީ ކުރުވޭ ބައެއް ކަމުގައި ހެދުން. |
| 180 | * | ޖިނާޢީ ބޮޑެތި މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންގެތެރެއިން، ޤާނޫނީ ވަކީލަކު ހަމަޖެއްސޭނޭފަދަ މާލީ ތަނަވަސްކަން ނެތް ފަރާތްތަކަށް، ދައުލަތުގެ ޚަރަދުގައި އެ ޚިދުމަތް ފޯރުކޮށްދިނުމަށް ޕަބްލިކް ޑިފެންޑަރސް އޮފީސް ގެ ނަމުގައި ޚާއްސަ އޮފީހެއް ޤާއިމްކުރުން. |
| 181 | * | ޖަލުތަކުގައި ހިންގޭ ތަޢުލީމާއި ތަމްރީނާއި ތަރުބަވީ ޕްރޮގްރާމްތައް އިތުރުކޮށް، ޢާއިލީ ބައްދަލުވުންތަކަށް ހަރުދަނާ އުސޫލުތަކެއް ޤާއިމުކޮށް، ފޯނު ކޯލުކުރުމުގެ ފުރުޞަތުތައް ފުޅާކޮށް، ކަނޑައެޅޭ ހުދޫދުތަކެއްގެ ތެރެއިން އިންޓަރނެޓްގެ ޚިދުމަތް ލިބޭނެގޮތް ތަޢާރަފުކޮށް، ކޮންމެ ގައިދީއަކަށް އެކަށީގެންވާ ގޮތުގައި ބޭސްފަރުވާއާއި ކެއުންބުއިމާއި ފާޚާނާކުރުމާއި ނިދުމާއި އަރާމުކުރުމުގެ އިންތިޒާމް ހަމަޖެއްސުން. |
| 182 | * | ދިވެހިރާއްޖޭގެ ހުރިހާ ޖަލުތަކަކީ ރާއްޖެއިން ސޮއިކޮށްފައިވާ ބައިނަލްއަޤްވާމީ މުއާހަދާތަކާއި އެއްގޮތަށް، ޤައިދީންގެ އިންސާނީ ޙައްޤުތަކަށާއި އިންސާނީ ކަރާމާތަށް އުނިކަން ނާންނާނެހެން ފަރުމާކުރެވިފައިވާ އަދި އެފަދައިން ބެލެހެއްޓޭ ޖަލުތަކެއްކަމުގައި ހެދުން. |
| * | ގައިދީންގެ ނާޖާއިޒު ފައިދާ ސީޔާސީ ކަންކަމުގައި ނެގުން ހުއްޓުވުން. | |
| 183 | * | ހުރިހާ ދާއިރާތަކެއްގައި ދާއިރާ މެޖިސްޓްރޭޓް ކޯޓު ގާއިމްކުރެވި، އެދާއިރާއަކަށް ނިސްބަތްވާ މައްސަލަތައް ބެލޭނީ މި ކޯޓަށްކަމުގައި ކަނޑައެޅުން. |
| * | އެ ދާއިރާއެއްގެ ކުށްވެރިން ބައިތިއްބާ ސަރަހައްދީ ޖަލުތައް ކަމާބެހޭ މައި އިދާރާގެ ލަފާގެ މަތިން އަތޮޅު ކައުންސިލްގެ ބެލުމުގެ ދަށުން ސަރަޙައްދުތަކުގައި ގާއިމްކޮށް ހިންގުން. |
| 184 | * | އިންސާފު ހޯދަން ކުރަންޖެހޭ މަސައްކަތުގައި އަންހެނުންނަށް ވީތީ ކުރިމަތިވާ އިތުރު ހުރަސްތައް ނައްތާލާ، އަންހެނުން ޢަދުލު އިންސާފާ ހަމައަށް ވާސިލްވުން ފަހިކޮށްދިނުން. |
| * | އަންހެނުންނަށް ހުރި ގޮންޖެހުންތައް ދެނެގަނެ، އެކަންކަން ލުއިފަސޭހަ ވާނޭ ގޮތަށް ޤާނޫނީ އޮނިގަނޑު ރޭވި، މިކަމާ ގުޅޭ ތަންފީޒީ މަގާމުތަކުގައި ސީދާ އަންހެނުންގެ ދައުރު ބޮޑުކުރުން. | |
| 185 | * | އަމިއްލަ ފުއްދުންތެރިކަމާ ފަރުދީ މުއްސަނދިކަން އިތުރުކުރުމަށް އަންހެނުންނަށް ހުރި ފުރުޞަތުތަކުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުމަށް، އިޤްޠިޞާދީ ހުރަސްތައް ނައްތާލައި، އެ ފުރުޞަތުތައް ހަޤީޤީ މާނައިގައި އަންހެނުންނަށް ހޯދައިދިނުން. |
| 186 | * | އިޖްތިމާޢީ ބައިވެރިވުމާއި އިޤްޠިޞާދީ ޙަރަކާތްތެރިކަމާއި، ސިޔާސީ މައިދާނުގަޔާއި، އިންސާފު ލިބިގަތުމުގައި ހުރިހާ ޖިންސެއް، ހުރިހާ ރަށެއް، ހުރިހާ ފަންތިއެއް ހަމަހަމަކަން ކަށަވަރުކުރުން. |
| 187 | * | އަންހެނުން އިންތިޚާބީ މަޤާމުތަކަށް އައުމަށް ވަކި މުއްދަތަކަށް ކޯޓާތަކެއް ކަނޑައެޅުން. |
| 188 | * | ގެވެށި އަނިޔާއާއި ޖިންސީ ގޯނާއާއި ފުރައްސާރައާއި އަދި މިނޫންވެސް މިފަދަ އަނިޔާތަކުން އަންހެނުން ރައްކާތެރިކުރުމަށް ހެދިފައިހުރި ޤާނޫނުތައް އެންމެ ފުރިހަމައަށް ތަންފީޒުކުރުން. |
| 189 | * | ޚިޔާލުފާޅުކުރުމާއި މީޑިޔާގެ މިނިވަންކަން ހިފެހެއްޓިފައި އޮންނަ އޮތުން ނިމުމަކަށް ގެނެސް ވެރިކަމުގެ ފަރާތުން ބޭނުންވާ ކޮންމެ ފަހަރަކު ޚިޔާކުފާޅުކުރުމާއި މީޑިޔާގެ މިނިވަންކަމުގެ ހައްޤު ނުހިފެހެއްޓޭނެކަން ކަށަވަރުކުރުން. |
| * | ޚިޔާލުފާޅުކުރުމާއި މީޑިޔާގެ މިނިވަންކަން ތަންމިނަށް ހުޅުވާލުން. |