| 114 | * | ޙަލާލު މަސައްކަތުން އާމްދަނީ ހޯދައި ހަމައިސްކޮޅަށް ތެދުވެތިބި ދިވެހި ޢާއިލާ އަކީ ޙަޤީޤަތަކަށް ހެދުން. |
| * | ކޮންމެ ޢާއިލާއަކީވެސް ދިވެހި އިޤްޠިޞާދުގެ ނާރުހެގެ ތެރެއިންވާ ޢާއިލާއެއްކަމުގައި ހެދުމަށް މަސައްކަތްކުރުން. | |
| * | ލިބިހުރި ހުނަރާއި ކުރާ މަސައްކަތުގެ ހަމައަގު ލިބި، ނަޒާހާތްތެރިކަމާ ޤަދަރުވެރިކަމާއެކު ގޭބިސީގެ ޚަރަދުބަރަދު ހަމަޖައްސައި ބާކީ ރައްކާކުރާ ޢާއިލާތަކެއް ކަމުގައި ހެދުމަށް މަގުފަހިކުރުން. | |
| 115 | * | ދިވެހި ދަރީންނަކީ މަދަރުސާއަށް ދާހިތުން ދާ ބަޔަކުކަމުގައި ހެދުން. |
| * | ކޮންމެ ދިވެހި ދަރިއަކަށްވެސް އެކަށީގެންވާ ތަޢުލީމެއް ލިބޭނޭކަމުގެ ޔަޤީންކަމާއި، ކިޔަވަން ބޭނުންވާ އެންމެ މައްޗަކަށް ކިޔެވޭނޭ ކަމުގެ ޔަޤީންކަން ލިބިދިނުން. | |
| 116 | * | ޢާއިލާގެ ކޮންމެ މެންބަރަކީ ވިސްނުން ހިންގާގޮތާއި ފިކުރު ހިންގާގޮތް ނުހަނު މިނިވަން ބަޔަކުކަމުގައި ވާނެފަދަ ގޮތަށް މުޖުތަމަޢުގެ ކަންކަން ރޭވުން. |
| * | ޢާއިލާގެ ކޮންމެ މީހަކީވެސް އުފާވެރި ދުޅަހެޔޮ މީހަކަށް ވާނެގޮތަށް ސިޔާސަތުތައް ބައްޓަންކުރުން. | |
| * | އެންމެހައި ފަރުދުން މާތް ﷲ ފިޔަވައި ޖެހިލުންވާ، ނޫނީ ދަރަނަވެރިވާ ފަރާތެއް ނުވާނެފަދައިން މުޅި ޤައުމީ ނިޒާމު ބައްޓަންކުރުން. | |
| 117 | * | ރާއްޖޭގެ އިޖްތިމާޢީ ފޭރާން ރަނގަޅު ކުރުމަށްޓަކައި ޢާންމު މަޞްލަޙަތުތަކަށް އިސްކަންދެވޭ ފޭރާން ހެޔޮ އިޖްތިމާޢީ ވެށްޓެއް ޤާއިމްކުރުން. |
| 118 | * | ގެދޮރު ހޯދުމަށް ބޭނުންވާ މާލީ ތަނަވަސްކަން ހޯދުމުގެ މަގުފަހި ކުރުމަށްޓަކައި ފައިސާ ރައްކާކުރެވޭނެ މަގު ތަނަވަސްކޮށްދިނުމާއި، ފަހަށް ރައްކާކުރުމުގެ މުހިންމު ކަމާމެދު ހޭލުންތެރިކުރުވުން. |
| * | ގެދޮރު ކުއްޔަށް ހިފާ ފަރާތްތަކާއި ކުއްޔަށްދޭ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކުރެވޭނެ ޤާނޫނުތައް އެކުލަވާލައި ހަރުދަނާކުރުން. | |
| * | ބޯހިޔާވަހިކަން ލިބުމަކީ ދިވެހިރައްޔިތުންގެ އަސާސީ އަދި ފަރުދީ ޙައްޤެއްކަމަށް ބަލައިގަނެ، ފަރުދުންނާއި، އެމީހުންގެ އާއިލާތަކަށް އެކަށީގެންވާ ލުއި އަގެއްގައި ބޯހިޔާވަހިކަން ހޯދޭނެ މަގުފަހިކޮށްދިނުން. | |
| * | ގެދޮރު ބިނާކުރުމަށް ބޭނުންވާ ފައިސާއާއި މާލީ އެހީތެރިކަން އެކަށީގެންވާ ލުއިފަސޭހަގޮތަކަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުން. | |
| 119 | * | ގޯތި ދެވެންއޮތް ރަށްރަށުން، އެކަމަށް އެދޭމީހުނަށް އިންސާފުވެރި އުޞޫލަކުން ގޯތި ދިނުން. |
| * | ގޯތިދެވޭނެ ބިން ނެތް ރަށްރަށުގައި، ފުލެޓު ބިނާކޮށް އިޖްތިމާޢީ ބޯހިޔާވަހިކަމުގެ އުޞޫލުން ބޯހިޔާވަހިކަން ފޯރުކޮށްދިނުން. |
| 120 | * | ކުށްކުރުން މަދު ވެށްޓެއް ޤާއިމްކޮށް، މާރާމާރީއާއި އަނިޔާއާއި ހާނިއްކައިން ދުރުހެލިވެ އަމާން ރައްކާތެރި މާޙައުލެއްގައި އުޅޭ އުފާވެރި، ބަދަހި މުޖުތަމައެއް އުފެއްދުން. |
| * | ފޮށުމާއި، ފުރައްސާރައާއި، ޖިންސީ، އަދި ނަސްލީ ތަފާތުކުރުމާއި، ނިސްބަތްވާ ފަންތި އާއި ގިންތީގެ ގޮތުން ކުރެވޭ ތަފާތުކުރުންތަކާއި ތުނބުޅި ބެހެއްޓުމާއި މޫނުބުރުގާ އެޅުންފަދަ ކަންކަމާ ގުޅޭގޮތުން ކުރެވޭ ތަފާތުކުރުންތައް ނައްތާލުމަށް ބޭނުންވާ ޤާނޫނުތައް ހެދި، މިކަންކަމާ ދެކޮޅު ޤައުމީ ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް މުޅި ރާއްޖޭގައި ހިންގި، އެންމެނަށް ހަމަހަމަކޮށް ހިތާ މުޖުތަމައެއް އުފެއްދުން. | |
| * | ޢާންމުވެފައިވާ ގޭންގްތަކާއި ގޭންގްތަކުން ހިންގާ ބިރުވެރި ޢަމަލުތައް ނައްތާލުން. |
| 121 | * | މަސްވުވާތަކެއްޗަށް ހުޅުވާލެވިފައިވާ ހުރިހާ ދޮރުތަކެއް ބަންދުކުރުން. |
| * | ތަންފީޒީ އިދާރާތަކަށް އޮންނަ ނޭއްގާނީ ނުފޫޒުތައް ކަނޑުވާލައި، މިނިވަންކަމާ ޕްރޮފެޝަނަލްކޮށް މަސައްކަތްކުރެވޭނެ ޖާގަ ހޯދައިދިނުން. | |
| * | މަސްވުވާތަކެތީގެ ވިޔަފާރި ހިންގާ ފަރާތްތައް ދެނެގަނެ، ހިފާހައްޔަރުކޮށް އަދަބުދެވި، މިފަދަ ވިޔަފާރިތައް ހިންގުން ހުއްޓުމަކަށް ގެނައުން. | |
| * | ޑްރަގްގެ ވިޔަފާރި ހިންގާ ފަރާތްތަކުގެ ޝިކާރައަކަށްވެ، ޑްރަގަށް ދެވިހިފާފައިވާ މީހުންނަކީ މުޖްތަމައަށް ފައިދާހުރި ހެޔޮލަފާ ބައެއްގެގޮތުގައި އަނބުރާ ގެނައުމަށް ބޭނުންވާ އެންމެ ފެންވަރު ރަގަޅު ފަރުވާ ލަސްނުވެ ލިބޭނޭ ގައުމީ ރިހިބިލިޓޭޝަން (ތައުހީލީ) ޕްރޮގްރާމްތައް ހިންގުން. | |
| 122 | * | ޑްރަގްގެ އެޕިޑެމިކްގެ އަސަރު ތަޙައްމަލް ކުރާ ޢާއިލާތަކުން އުފުލަންޖެހޭ ތަކްލީފްތައް ކުޑަކުރުމަށް ދައުލަތުން އެހީތެރިވެ އަޅާލުންދޭނެ ނިޒާމެއް ޤާއިމްކުރުން. |
| 123 | * | ދުޅަހެޔޮކޮށް ހެޔޮލަފާކޮށް އުޅޭ އުފެއްދުންތެރި ޒުވާން ޖީލެއް ބިނާކުރުން. |
| * | ރަނގަޅު ތަޢުލީމާއި ތަމްރީނު ލިބިގެން ޒިންމާދާރުކަމާއެކު ޙަޔާތް އަމިއްލައަށް ބައްޓަންކުރާ ޤަދަރުވެރި ބަޔަކަށް ޒުވާނުން ހެދުން. | |
| * | އެކިބާވަތުގެ ހުނަރާއި ފުނަރުވެރިކަން ހުރި ޒުވާނުންނަށް ކުރިއަރާ ދިޔުމުގެ ހުރިހާ މަގެއް ހުޅުވާލަދިނުން. | |
| * | ޢާއިލާތަކާއި މުޅި މުޖްތަމަޢުގައި ބަސްވިކޭ ހަރުދަނާ ބަޔަކަށް ޒުވާނުން ހެދުން. | |
| * | އިޖްތިމާޢީ ބޭއިންސާފުގެ ޝިކާރައަކަށްވެފައިވާ ކުދީންނަށް އިންސާފު ހޯދައިދިނުން. | |
| * | ވަޒީފާ އަދާކުރުމުގަޔާއި ވިޔަފާރިއާއި އަމިއްލަ މަސައްކަތްތައް ހިންގުމުގަޔާއި ބިންވެރިވުމާއި ގޯތިގެދޮރު ލިބުންފަދަ އެންމެހާ މުޢާމަލާތްތަކުގައި ޒުވާނަކަށްވީތީ އެއްވެސް ކަމެއްގެ ފުރުޞަތު ހަނިވުމުގެ ބަދަލުގައި ހުރިހާ ފުރުޞަތުތަކެއް ފުޅާކޮށްދިނުން. | |
| 124 | * | ދިވެހި މަސައްކަތްތެރިކަން ފުޅާކޮށް މަސައްކަތްތެރިކަމަށް ދިވެހި ޒުވާނުންގެ ޝަޢުޤުވެރިކަން އުފައްދައި، އަދި ގެއްލެމުންދާ ދިވެހި މަސައްކަތްތެރިކަން އާލާކުރުން. |
| 125 | * | ޒުވާނުންނާ ގުޅުންހުރި ސިޔާސަތުތަކާއި މަޝްރޫޢުތައް ވިލަރެސްކުރުމުގައި ސަރުކާރަށް ލަފާދިނުމަށްޓަކައި ޒުވާނުންގެ ކައުންސިލެއް އުފެއްދުން. |
| * | ޒުވާނުންގެ ކައުންސިލަކީ ތަފާތު އެކި ދާއިރާތައް ހިމެނޭގޮތަށް އެކުލެވިފައިވާ މިނިވަންކަމާއިއެކު މަސައްކަތްކުރެވޭނެ ކައުންސިލެއް ގޮތުގައި ހަމަޖެއްސުން. |
| 126 | * | ރަށުގެ އާބާދީއާއި، ފުދުންތެރިކަމާއި، ލިބިހުރި ވަޞީލަތްތައް ބޭނުންކޮށްގެން ކިޔަވާކުދިންނަށް އެންމެ ރަނގަޅު ތަޢުލީމު ފޯރުކޮށްދިނުމަށް ޖަޒީރާ މަދަރުސާ ހިންގުން. |
| * | ކައުންސިލްތަކުގެ ބެލުމުގެ ދަށުން މަދުރުސާ ބޯޑުގެ އެހީތެރިކަމާއެކު ހިންގޭނޭ މަދަރުސާތަކަކަށް ޖަޒީރާ މަދަރުސާ ބަދަލުކުރުން. | |
| * | ޖަޒީރާ މަދަރުސާ ހިންގާ ފަރާތްތަކަށާއި ބޯޑުތަކަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން. | |
| * | ކުދި މަދަރުސާ ތަކުގައި މަލްޓިގްރޭޑް ކްލާސްރޫމްފަދަ ކުދި އާބާދީތަކަށް އެކަށޭނެ ތަޢުލީމު ފޯރުކޮށްދިނުމުގެ ޒަމާނީ އުކުޅުތައް ޤާއިމްކުރުން. | |
| * | ހުރިހާ މަދަރުސާތައް އެއްދަންފަޅިއަށް ބަދަލުކުރުން. | |
| * | މިހާރު ތަންފީޒްކުރެވެމުންދާ އާ މަންހަޖާއި އެމަންހަޖު ތަންފީޒުކުރެވެމުންދާ ގޮތާއި ތަޢުލީމީ ނިޒާމަށް ގެނެވެމުންދާ ތަފާތު ބަދަލުތައް ދިރާސާކުރެވި، މުރާޖަޢާ ކުރަމުން ގެންދިއުން. | |
| * | ސްކޫލްތަކުގެ ހުރިހާ ގްރޭޑްތަކެއްގައި ޢަރަބި ބަސް ކިޔަވާދިނުން. | |
| * | ޓީޗަރުން ތަމްރީން ކުރެވޭއިރު ތަޢުލީމީ މަންހަޖަށް އަހުލުވެރިކުރުވުން. | |
| 127 | * | ތަޢުލީމީ މުޢައްސަސާތަކުން ދެވޭ ތަޢުލީމަކީ އިސްލާމީ ގިއުގަނޑުގެ ތެރޭގައި ދެވޭ ތަޢުލީމުކަން ކަށަވަރުކުރުން. |
| * | ތަޢުލީމީ ނިޒާމުގެ ތެރެއިން ނުކުންނަ ކޮންމެ ދަރިވަރަކީ ޚުލްޤު ހެޔޮ، ދީނީ ޢަޤީދާ ވަރުގަދަ ދަރިވަރަކަށް ހެދުމަށްޓަކައި ތަޢުލީމީ ނިޒާމުގެ ހުރިހާ ޙަރުފަތްތަކެއްގައިވެސް އިސްލާމީ އަޚްލާޤަށާއި ތަރުބިއްޔަތަށް އިސްކަންދިނުން. | |
| 128 | * | ރަށުން ބޭރަށް ގޮސް ގޭގޭގައި ފައިބާތިބޭ ކުދީންގެގޮތުގައި ކިޔަވާން ޖެހުމުގެ ޘަގާފަތް މުޅިން ބަދަލުކޮށް، ބޯޑިންގ މަދަރުސާތަކާއި ސަރަޙައްދީ ދަނާލުތައް އުފައްދައި ކުރިއެރުވުން. |
| * | ދުރުންދޭ ތަޢުލީމުގެ ފުރުޞަތު ފުޅާކޮށް، ކޮންމެ ރަށެއްގައި ހުރެގެންވެސް ޑިގްރީއާ ހަމައަށް ކިޔެވުމުގެ ފުރުޞަތު ކޮންމެ ދަރިވަރަކަށާއި، ކިޔަވާން ބޭނުން ކޮންމެ ޢުމުރު ފުރައެއްގެ ކޮންމެ ދިވެހި ރައްޔިތަކަށް ފަހިކޮށްދިނުން. | |
| * | ސކޫލްތަކުގައި އަބަދަށް އުނގެނި ދެނެގަތުމުގެ (ލައިފް ލޯނގް ލަރނިންގ) ހުނަރު ލިބިދީ ޢުމުރުދުވަހަށް ތަޢުލީމުގައި ދެމިހުރުމުގެ ފުރުޞަތު ފަހިކޮށްދިނުން. | |
| 129 | * | ތަޢުލީމީ ނިޒާމު އިސްލާމްދީނުގެ ރިވެތި އުސޫލުތަކުގެ މައްޗަށް ބިނާކޮށް ދަރިވަރުން ތަރުބިއްޔަތު ކުރުމާއި އަދި އިސްލާމްދީން ނޫން އެހެން ދީންތައް ފެތުރުނަނުދިނުމާއެކު، އިސްލާމްދީނާ ފުށުއަރާ ތަފާތު ހަރުކަށި ފިކުރު ފެތުރުނަނުދޭނޭކަން ކަށަވަރުވާ ގޮތަށް ޕްރައިވެޓް ސްކޫލުތަކަށް ހުއްދަ ދިނުމާއި މޮނިޓަރކުރުން. |
| * | ތަޢުލީމު ދިނުމުގައި ޕްރައިވެޓް ސްކޫލްތަކަށް ހުއްދަ ދިނުމާއި މޮނިޓަރ ކުރުމުގައި ކައުންސިލްތަކުގެ ދައުރު ފުޅާކުރުން. | |
| * | ކިޔަވާކުދިންނަށް ސްކޮލަޝިޕްތައް ފޯރުކޮށްދިނުމުގެ އިޚްތިޔާރު ހޯދައިދެވި، ޢިލްމުވެރި ރައްޔިތެއް އުފެއްދުމުގައި ކައުންސިލުގެ ބައިވެރިވުން މާ ބޮޑުކޮށްދިނުން. | |
| 130 | * | ސްކޫލްތަކަށް ދަތުރު ކުރާގޮތަށް އޮންނަ ދަތުރުފަތުރުގެ ވިއުގަ ތަކުން ރަށްތައް ގުޅުވާލުން. |
| * | މާލެއާއި ބޮޑެތި ރަށްރަށުގައި ސްކޫލް ބަސް ތައާރަފްކުރެވި، ގޭ ކަންމައްޗާއި ހަމަޔަށް ދައުލަތުގެ ބެލެހެއްޓުންތެރިކަމުގެ ދަށުން ސްކޫލްކުދިން އުފުލައިދިނުން. | |
| * | ސްކޫލްތަކާއި ގެއާއި ވަޒީފާއަދާކުރާ ތަނާދެމެދު ބެލެނިވެރީން އުފުލަންޖެހޭ ތަކްލީފުތަކަށް ލުއިކަން ގެނެސްދިނުން. | |
| 131 | * | ހުރިހާ ދިވެހީންނަށް މަތީ ތަޢުލީމު ލިބިދިނުމުގެ ސިޔާސަތުގެ ދަށުން، ފުދުންތެރިކަން ކުޑަ ޢާއިލާތަކުގެ ކުދިންނަށް ހިލޭ މަތީ ތައުލީމު ފޯރުވައިދިނުން. |
| * | ރާއްޖޭގައި ލިބެން ހުރި އެންމެ މަތީ ދަރަޖައަށް ތަޢުލީމު ހޯދާ އުނގެނުމުގެ ފުރުޞަތު ސަރަޙައްދީ އާބާދީ މަރުކަޒުތަކުން ލިބޭނެގޮތް ހަމަޖައްސައިދިނުން. | |
| * | މަތީ ތަޢުލީމުގެ ލޯނު ސްކީމް ފުޅާކޮށް ގިނަ ފަރާތްތަކަކަށް ބޭނުން ކުރެވޭނެ އިންތިޒާމް ހަމަޖެއްސުން. | |
| * | މަތީ ތަޢުލީމުގެ ފުރުޞަތު ލިބި ކިޔަވަމުންދާ ކުދިންގެ ތެރެއިން ލޯނުދެއްކުމަށް އެހެނިހެން ގޮތްގޮތުން މާލީ އުނދަގޫތައް ދިމާވެފައިވާ ފަރާތްތަކުގެ ލޯނުތަކުގެ މައްސަލަ އަލުން ބަލައި ލުއިފަސޭހަގޮތަކަށް ލޯނު ދެއްކޭނެގޮތަކަށް މަގުފަހިކުރުން. | |
| * | ސަރުކާރުގެ އެހީގައި ކިޔަވަންދާކުދިންނަށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ޔުނިވަރސިޓީތަކުން ކިޔެވުމުގެ ފުރުސަތު ހޯދައިދިނުން. | |
| * | ދިވެހިރާއްޖޭގެ މަތީތަޢުލީމުގެ ފެންވަރު ރަނގަޅުކޮށް ހިފެހެއްޓުމަށްޓަކައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއަށް ގެންނާންޖެހޭ ބަދަލުތައް ގެނައުން. | |
| * | ޕްރީ ސްކޫލް ތަޢުލީމު ކުރިން ކިޔަވަމުން ދިޔަ ސްކޫލްތަކަށް ބަދަލުކޮށް ކުދިންގެ ފީ ދައުލަތުން ދައްކައިދިނުން. | |
| 132 | * | ސްކޫލްތަކުގައި ބަލިކަށިވެފައި އޮތް އިތުރުއެހީގެ ނިޒާމު ވަރުގަދަކޮށް ހަރުދަނާކުރުން. |
| * | ކޮންމެ ކުއްޖަކަށް ބޭނުންވާނެ އުނގެނުމުގެ އެހީތެރިކަން ލިބިދެވެމުން ދާކަން ކަށަވަރުކުރުން. | |
| * | ޚާއްޞަ އެހީއަށް ބޭނުންވާ ކުދީންނަށް އުނގަންނައިދިނުމަށް ބޭނުންވާ ޒަމާނީ ވަޞީލަތްތައް ޤާއިމްކޮށް އެކަށީގެންވާ ތަމްރީންލިބިފައިވާ ޓީޗަރުން އުފެއްދުން. | |
| * | ތަފާތު ސްޓްރީމް އިޚްތިޔާރު ކުރިނަމަވެސް ތަޢުލީމު ދިނުމުގެ މައިގަނޑު ނުގެއްލޭގޮތަށް ބައްޓަންކުރެވިފައިވާ އާމަންހަޖު އެންމެ ހެޔޮގޮތުގައި ތަންފީޒުކުރެވި، ޓިވެޓް ހުނަރުތައް ދަރިވަރުންނަށް ލިބިދެވޭކަން ކަށަވަރުކުރުން. | |
| 133 | * | ސްކޫލް އިންޑިކޭޓަރސް އިތުރަށް މުރާޖަޢާކުރެވި، އޭގެ ބޭނުންކޮށްގެން ސްކޫލުތަކުގެ ފެންވަރު ބަލަމުންގެންދެވޭ ގޮތަށް ތަޢުލީމީ ނިޒާމު ބައްޓަންކުރުން. |
| * | ސްކޫލަށް ދާ އުމުރުގެ ހުރިހާ ކުދިން ސްކޫލަށް ދާކަން ކަށަވަރުކުރުން. | |
| 134 | * | ގްރޭޑް 10 އިން މައްޗަށް ކިޔެވެން ނެތް ރަށްރަށުގެ ކުދީންނަށް އަމާޒުކޮށް ކޮންމެ އަތޮޅެއްގައި ޖޫނިއަރ ކޮލެޖް ޤާއިމްކުރުން. |
| * | ޓެކްނިކަލް ވޮކޭޝަނަލް އެޑިޔުކޭޝަނަށް ޝައުޤުވެރިވާ ދަރިވަރުންނަށް ޖޫނިއަރ ކޮލެޖުތަކުން ފުރުޞަތު ހުޅުވައިލުން. | |
| 135 | * | ރަނގަޅު ފެންވަރުގެ ކުދިން ޓީޗަރ ޓްރެއިނިންގ އަށް ޝައުޤުވެރިކުރުމާއެކު، މިދާއިރާގައި ދެމިތިބުމަށް ބާރު އެޅުމުގެ ގޮތުން ޓީޗަރުންގެ މުސާރައާއި ޢިނާޔަތްތައް ބޮޑުކުރުން. |
| * | ބުރަ ބޮޑުވެ ބަރުހެލިވުމާއި ހާސްކަމެއް ނެތި ކިޔަވައިދެވޭނެ މާޙައުލު ޓީޗަރުންނަށް ތަނަވަސްކޮށްދީ، އިތުރަށް އުނގެނެވޭނެ ފުރުޞަތުތައް ޓީޗަރުންނަށް ފަހިކޮށްދިނުން. | |
| 136 | * | ކީރިތި ޤުރުއާނާއި، އިސްލާމާއި، ޢަރަބި ބަސް ކިޔަވައިދެއްވާ މުދައްރިސުންނަށް އިތުރު ތަމްރީނުދެވި، މި މާއްދާތަކަށް ދަރިވަރުން އިތުރަށް ޝަޢުޤުވެރި ކުރުވުމަށްޓަކައި މަސައްކަތްކުރުން. |
| 137 | * | ކޮންމެ ސްކޫލަކީ ދަރިވަރުންނަށް ހެނދުނުގެ ނާސްތާއެއް ދޭ ސްކޫލެއްގެ ގޮތުގައި ހަމަޖެއްސޭނެއެވެ. |
| 138 | * | ތަޢުލީމީ މަންހަޖުގައި ސިވިކް އެޑިއުކޭޝަން ހިމެނުން. |
| * | އުނގެނުމުގެ ހުރިހާ މަރުޙަލާއެއްގައިވެސް، ސިވިކް އެޑިއުކޭޝަން ފޯރުކޮށް ދިނުމާއި، ދިވެހިން ޑިމޮކްރަސީގެ ހަމަތަކާއި އުޞޫލުތަކަށް ހޭލުންތެރި ކުރުމާއި، އަދި ދިވެނިންނަކީ ޤާނޫނުގެ ވެރިކަމަށް އިޙްތިރާމްކޮށް ދެމެހެއްޓުމަށް އަބަދުމެ މަސައްކަތްކުރާ ބަޔަކަށް ހެދުން. | |
| * | މިންތީ އަނިޔާއާއި، އަދި މިންތީގެ ހަމަހަމަކަމަށް އިހްތިރާމްކުރުމުގެ ތަރުބިއްޔަތާއި ތައުލީމް ހިމެނުން. |
| 139 | * | ފަތުރުވެރިކަމުގެ ދާއިރާއަށް ޕްރޮފެޝަނަލް މީހުން އުފެއްދުމަށް ހަތް ސަރަޙައްދެއްގައި ޓްރެއިނިންގ ސެންޓަރުތައް ޤާއިމް ކުރުން. |
| * | ލޭންޑްސްކޭޕް، ހެރިޓެޖް، ހޭންޑިކްރާފްޓް، ފައިން އާރޓްސް ފަދަ ދާއިރާތަކަށް އިތުރު ހުނަރު ލިބޭނެގޮތް ސަރަޙައްދީ ޓްރެއިނިންގ ސެންޓަރުތައް ހެދިގެންދިއުން. | |
| * | ވޮކޭޝަނަލް ޓްރެއިނިންގެ ދާއިރާ އިތުރަށް ފުޅާކޮށް، ސާނަވީ ސްކޫލް ދައުރުގައި މަސައްކަތްތެރި ކަމުގެ އެކިއެކި ފަންނީ ދާއިރާތަކަށް ކުރިއަށް ދާން އެދޭ ދަރިވަރުންނަށް އެފަދަ ފުރުޞަތުތައް ފަހިކޮށްދިނުން. | |
| 140 | * | ޕާފޯމިންއާޓްސް އާއި މިބާވަތުގެ އެހެން ފަންނުތަކާއި އިޤްޠިޞާދުގައި މުހިއްމުކަންދެވޭ އެކިއެކި ދާއިރާތަކުން ތަމްރީނު ހޯދުމަށް ލޯނު ސްކީމެއް ތަޢާރަފް ކުރުން. |
| * | ބޮޑުއަގު ދީގެން ބޭރުން ގެނައުމުގެ ބަދަލުގައި ޕްރޮފެޝަނަލް ޕޮޓޯގްރާފަރުންނާއި ދިވެހި ޑްރައިވަރުން އުފެއްދުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން. | |
| * | ޕްރޮފެޝަނަލް ފޮޓޯގްރާފަރުންނާއި ދިވެހި ޑްރައިވަރުން އުފެއްދުމަށް ހަތް ސަރަޙައްދެއްގައި ޓްރެއިނިންގ ސެންޓަރުތައް ޤާއިމްކުރުން. | |
| 141 | * | ސްރަކްޗަރޑް އާޓްސް އެންޑް ކަލްޗަރ އަދި ޕިކްނިކް ޒޯންސް ކޮންމެ ރަށަކާ ގާތުގައި ޤާއިމްކުރުން. |
| * | ސްރަކްޗަރޑް އާޓްސް އެންޑް ކަލްޗަރ އަދި ޕިކްނިކް ޒޯންސް ތަކުގައި ފިލްމް ސްޓޫޑިއޯފަދަ މަންފާލިބޭ މަސައްކަތްކުރުން. | |
| 142 | * | މަސައްކަތުގެ ރަސްމީ ދާއިރާއަށް އަންހެނުން ތަމްރީން ކުރުމުގެ ޚާއްޞަ މަޝްރޫޢުތައް ހިންގުން. |
| 143 | * | ދިރިއުޅުމުގެ ޒިންމާތައް ނެގުމުގައި ދެޖިންސުގެ ހަމަހަމަކަން ދައުލަތުން ކަށަވަރުކުރުން. |
| * | އަންހެނުންނާއި ފިރިހެނުންނަށް ލިބޭ އުޖޫރަ އެއްވަރުކޮށް، އެއްވެސް ދިވެހި މަސައްކަތްތެރިއަކީ އަނެކެއްގެ މައްޗަށް ބަރޯސާވެ އުޅެންނުޖެހޭވަރުގެ މުސާރައިގެ އޮނިގަނޑެއް ޤާއިމުކުރުން. | |
| * | އިޤްޠިޞާދީ ކަންކަމަށް ރިޢާޔަތްކޮށް، އެންމެ ދަށް އަސާސީ މުސާރަ (މިނިމަމް ވޭޖް) ގިންތިކޮށް ކަނޑައެޅުން. | |
| * | ވަޒީފާގައި ދެމިހުރެވޭނޭ، މުސާރާލިބޭނޭކަމުގެ ރައްކާތެރިކަން ވަޒީފާއަދާކުރާ މަންމައަށްވެސް ބައްޕައަށްވެސް، އަދި ދަރީންނަށްވެސް އޮންނާނެކަން ކަށަވަރުކުރުން. | |
| * | ޕޭ ކޮމިޝަން މެދުވެރިކޮށް މުސާރައިގެ އޮނިގަނޑުގެ އިންސާފުވެރިކަން ޔަޤީންކުރުން. | |
| * | ދިވެހި މަސައްކަތްތެރިންގެ ޤާނޫނު އިޞްލާޙުކޮށް ޤާނޫނީ ބާރު ތަންފީޒުކުރުން. | |
| 144 | * | މަސައްކަތްތެރިންގެ ޙައްޤުތައް ކަށަވަރުކުރުމަށާއި ދިރިއުޅުމާއި ވަޒީފާގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ރާއްޖެއިން ސޮއިކޮށްފައިވާ ބައިނަލްއަޤްވާމީ މުޢާޙަދާތަކަށް ރިޢާޔަތްކުރެވި، ޔޫނިއަންތައް އުފައްދައި ޔޫނިއަންތައް ފުރިހަމައަށް ޙަރަކާތްތެރިވުމުގެ ޤާނޫނީ އޮނިގަނޑެއް އެކުލަވާލުން. |
| * | މުޅި ރާއްޖެއިން ފަޤީރުކަން ނައްތާލުމަށް އަމާޒުހިފުން. | |
| 145 | * | ސިވިލް ސަރވިސް މުވައްޒިފުންނަށް ޙައްޤުވާ އުޖޫރަ ލިބޭނެކަން ކަށަވަރު ކުރުން. |
| * | ސިޔާސީ މަޤާމުތަކުގެ ޢަދަދު މަދުކޮށް ސިވިލް ސަރވިސް ހަރުދަނާކޮށް މެރިޓޮކްރަސީގެ އުޞޫލުން ދައުލަތުގެ މަޤާމުތަކަށް އެކަށީގެންވާ މީހުން ހަމަޖެއްސުން. | |
| * | ރާއްޖެއިން ލިބެންހުރި މަސައްކަތާއި ވާޒީފާގެ ފުރުޞަތުތަކާއިބެހޭ މަޢުލޫމާތު އެއްކޮށް ބަލަހައްޓާ، އަދި އެމަޢުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއިއެކު އެ މަޢުލޫމާތު ލިބޭނެ ވިއުގައެއް ޤާއިމްކުރުން. |
| 146 | * | ކޮންމެ ޢާއިލާއެއްގެ ކޮންމެ މީހަކީ ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިހުންނަ މީހަކަށް ވުމަށްޓަކައި ފުރިހަމަ ޞިއްޙީ ނިޒާމެއް ޤާއިމްކުރުން. |
| * | ރަގަޅު ބޭސްފަރުވާ އެންމެނަށް އަތްފޯރާފަށުގައި ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުން. | |
| 147 | * | އިޖްތިމާޢީ ޞިއްޙީ ޚިދުމަތުގެ ނިޒާމް 'އާސަންދަ' ތަޢާރަފްކުރެވުނު މަޤްޞަދު ކަމަށްވާ، ހުރިހާ ރައްޔިތުންނަށް ތަފާތުކުރުމެއްނެތި ހިލޭ ޞިއްޙީ ފަރުވާ ފޯރުކޮށްދިނުން. |
| * | ހިލޭ ޞިއްޙީ ފަރުވާ ފޯރުކޮށްދިނުމުގައި ރައްޔިތުންނަށް ތަކުލީފަކަށް ނުވާނެ އަދި ޝަކުވާ އެއް ނެތް ޚިދުމަތަކަށް އާސަންދަ ބަދަލުކުރުން. | |
| 148 | * | ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިހުރުމަށްޓަކައި ބަހައްޓަންވާނެ އާދަތަކާއި ބެހޭގޮތުން ރާއްޖޭގެ ހުރިހާ ރަށެއްގައި މަޢުލޫމާތާއި ހުނަރު ފޯރުކޮށްދިނުމުގެގޮތުން އެކިއެކި ޕްރޮގްރާމްތައް ހިންގުން. |
| * | ޤަވާޢިދުން ރައްޔިތުންގެ ހާލުބެލި ޑޮކްޓަރަށް އަންގަންޖެހޭ ކަންކަން ބަލާ އެންގުމަށްޓަކައި ހަރަކާތްތެރިވާނެ ތަމްރީން ލިބިފައިތިބި ޞިއްޙީ ޙަރަކާތްތެރިން ބިނާކޮށް ވަޒީފާދިނުން | |
| 149 | * | ބޭސްފަރުވާހޯދުމަށް ކުރަންޖެހޭ ދަތުރު ޚަރަދު ކުޑަކޮށް ރަށާ ވީހާވެސް ކައިރިން މަތީ ފެންވަރުގެ ޞިއްޙީ ޚިދުމަތް ދިނުމަށްޓަކައި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ފެންވަރު ރަނގަޅު ގިނަ ކަންކަމަށް ފަރުވާކުރެވޭ ސްޕެޝަލިސްޓުން ތިބޭ އަދި ޒަމާނީ ވަޞީލަތްތައް ޤާއިމްވެފައިވާ ހޮސްޕިޓަލްތައް ޤާއިމްކުރުން. |
| * | ރާއްޖޭގެ ސަރަޙައްދުތަކުގައި ސްޕެޝަލައިޒްޑް ހޮސްޕިޓަލް ޤާއިމްކުރުން. | |
| * | ކޮންމެ ރަށެއްގައި އަބަދުވެސް ޑަކްޓަރެއް ހުންނާނެކަން ކަށަވަރު ކުރުން. | |
| * | ރާއްޖޭގެ ހުރިހާ ސަރުކާރު ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތައް އެއްވިޔުގަ އަކުން ގުޅާލައި، ހުރިހާ ލެބޯޓަރީތަކެއް ޑިޖިޓައިޒް ކުރުން. | |
| 150 | * | ރާއްޖޭގައި ލިބެން ހުންނަ ބޭހަކީ ފެންވަރު ރަނގަޅު ދުނިޔޭގެ ފެންވަރުގެ އިތުބާރު ލިބިފައިވާ ކުންފުނިތަކުން އުފައްދާ ބޭސް ކަމުގައި ހެދުމުގެ ގޮތުން ރާއްޖެ އެތެރެކުރާ ބޭސް މޮނިޓަރކުރުން ހަރުދަނާކުރުން. |
| * | ދިވެހިބޭސްވެރިކަން އާލާކޮށް ކުރިއެރުވުމަށްޓަކައި ދިވެހިބޭސްވެރިކަން ދަސްކޮށްދިނުމާ ފަރުވާ ދިނުމަށްޓަކައި ދިވެހި ބޭސްވެރިކަމުގެ އިންސްޓިޓިއުޓެއް ޤާއިމްކުރުން. | |
| 151 | * | ރަށްރަށުން ތަމްރީންކުރެވޭ މީހުން އެރަށެއްގައި ނުވަތަ އެސަރަޙައްދެއްގައި ތިބެގެން ވަޒީފާ އަދާކުރެވޭނެ ފުރުޞަތު ފަހިކޮށްދިނުން. |
| * | ގިނަ ރަށްރަށުގައި ޓެލެމެޑިސިން ތައާރަފްކޮށް އައިޓީ ކޮންސަލްޓޭޝަން ފުޅާކުރުން. |
| 152 | * | ބަލިވުމުގެ ކުރިން ބަލީން ދުރުކުރެވޭނޭ މަގަށް ރައްޔިތުން ގެންގޮސްދިނުމަށް މަސައްކަތްކޮށްދިނުން. |
| * | ރަށްރަށުގެ ޢާއްމު ޞިއްޙީ ޚިދުމަތްތެރީންނަކީ ޤަވާޢިދުން ހުރިހާ ގޭގެއަށް ޒިޔާރަތްކޮށް ކޮންމެ މީހެއްގެ ހާލުއަހުވާލު ގާތުން ބަލައި ޗެކްކޮށް އިރުޝާދު ފޯރުކޮށްދޭ ބަޔަކަށް ހެދުން. | |
| * | ޢާއްމު ޞިއްޙަތު ރަނގަޅުކުރުމުގެ މަސައްކަތް ކައުންސިލްތަކުގެ އެހީތެރިކަމާއެކު ޞިއްޙަތާބެހޭ މައި އިދާރާއިން ހިންގައި އަދި މޮނިޓަރކުރުން. |
| 153 | * | ރާއްޖޭގައި މޫދު ކުޅިވަރު ފުޅާކުރުމުގެ ގޮތުން އެކި އުމުރުފުރައިގެ ކުދިންނަށް ކުޅިވަރު ކުޅޭނެ ތަކެއްޗާއި އެކަން ދަސްކޮށްދިނުމުގެ ގޮތުން ތަމްރީން ޕްރޮގްރާމްތައް ހިންގުން. |
| * | ރާއްޖޭގައި އެކި ވައްތަރުގެ މޫދުކުޅިވަރުގެ އިވެންޓްތައް ބާއްވާ އިންޓަނޭޝަނަލް މުބާރާތްތައް ބާއްވާ ތަނެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓްކުރުން. | |
| 154 | * | ކޮންމެ ރަށަކަށް ނިސްބަތްވާ ޓީމެއް އެކުލެވޭ ޤައުމީ ފުޓުބޯޅަ ލީގެއް އުފެއްދުން. |
| * | ހޯމް އެންޑް އަވޭ އުޞޫލުން ލީގު މެޗުތަކުގެ މައްޗަށް އެކުލެވޭ ޤައުމީ ތާވަލެއް ތަޢާރަފުކުރުން. | |
| * | ރަށުން ފެށިގެން މުޅި ރާއްޖޭގައި ފުޓުބޯޅައިގެ އާފޯރިއެއް އުފައްދައި، ދަނޑުތައް ފުރާލުން. އަދި މިކަމަށް ބޭނުންވާ ވަޞީލަތްތަކާއި އިންތިޒާމްތައް ހުރިހާ ދަނޑެއްގައި ޤާއިމްކޮށްދިނުން. | |
| 155 | * | ކުޅިވަރުގެ ޒަރިއްޔާއިން، އިޖްތިމާޢީ މައްސަލަތައް ކަމުގައިވާ ގޭންގު، ކަޓަރު އެޅުން، ވަޅިޖެހުން، ރާބުއިން، ހަކުރުބުއިން ފަދަ އިޖުތިމާޢީ މައްސަލަތައް މަދުކުރުން. |
| 156 | * | ޤައުމީ ކުޅިވަރު އެސޯސިއޭޝަންތައް ސިޔާސީ ނުފޫޒުން އެއްކިބާކޮށްދިނުން. |
| * | ކޮންމެ އަތޮޅެއްގައި ފުޓްބޯލް ސްޓޭޑިއަމްއަކާއި، އިންޑޯ ކުޅިވަރު ސްޓޭޑިއަމްއެއް ޤާއިމްކޮށްދިނުން. | |
| * | ރަށްތަކުގައި ހުރި ކުޅިވަރު ދަނޑުތައް ދެ އިރަށް ކުޅިވަރު ކުޅެވޭ ފެންނަވަރަށް ތަރައްޤީކުރުން. | |
| 157 | * | އީ-ސްޕޯރޓްސް އާއި އަދި ތަފާތު ކުޅިވަރުތަކުގައި ޙަރަކާތްތެރިވާން ބޭނުންވާނެ ފަރާތްތަކަށާއި އެހެނިހެން ކުޅިވަރުތައް ތަރައްޤީކޮށް ރާއްޖޭގެ ފެންވަރުގަޔާއި ބައިނަލް އަޤްވާމީ ފެންވަރުގައި ވާދަކުރުމުގެ ފުރުޞަތު ފަހިކޮށްދިނުން. |
| * | ރާއްޖޭގެ ޒަމާންވީ ކުޅިވަރުތައް ކަމަށްވާ، ބޮއްކުރާ ރޭސް، ފަލި ރޭސް ފަދަ ކުޅިވަރުތައް ރަސްމީ ސިފައެއްގައި ރަށު ފެންވަރުގައި އަލުން ހިންގަން ފެށުން. | |
| 158 | * | ކުޅިވަރުގެ ދާއިރާގައި އަންހެނުންގެ ދައުރު ބޮޑުކުރުން. |
| * | ފުރުސަތުގެ ހަނިކަން ނައްތާލެވި ހަމަހަމަކަމާއިއެކު ހުރިހާ ޖިންސެއްގެ، ހުރިހާ ފުރައެއްގެ އެންމެނަށް ބައިވެރިވެ އުޅެވޭ ދާއިރާއެއްކަން ޔަޤީންކުރުން. |