15 | * | ކަންކަން ހަމަޖެހިފައިވާ އުޞޫލުތައް ރައްޔިތުންނަށް ސާފު ސީދާކޮށް އެނގޭފަދަ ހާމަކަންބޮޑު ގޮތަކަށް، ވެރިކަންހިންގުމުގެ ނިޒާމް ބައްޓަންކޮށް ހިންގުން. |
* | ކޮރަޕްޝަނަށް ފުރުޞަތު ލިބޭ ކަންތައްތައް ދެނެގަނެ، އެ ފުރުޞަތުތައް ނައްތާލުން. | |
* | ހިންގުމުގެ ދާއިރާގަޔާއި ދައުލަތުގެ މުޢައްސަސާތަކުގައި، ކަންކަމަށް ޒިންމާނަގަން ފަސްޖެހޭ ފަރާތްތަކާއި އަދި ކަނޑައެޅި ބަޔާންވެގެން ވަކިގޮތަކަށް ޢަމަލުކުރަންޖެހޭ އުޞޫލުތަކުގެ އިމުންބޭރުވާ ފަރާތްތައް، ޒިންމާދާރުކުރުވައި، ޒިންމާ އުފުލާ ޘަޤާފަތެއް، ދިވެހި މުޖުތަމަޢުތެރޭގައި ޢާލާކޮށް އަށަގެންނެވުން. |
16 | * | ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި ޤައުމީ ސަލާމަތް ޙިމާޔަތްކޮށް ދެމެހެއްޓުން. |
* | އިޤްތިޞާދީ ޙަރަކާތްތައް ހިންގުމުގައި ދިވެހިރާއްޖޭގެ ސިޔާދަތަށް ބުރޫނާރާފަދަ ގޮތްތައް ދެމެހެއްޓުމާއި ޤައުމިއްޔަތަށް ލޯބިކުރާ ޖީލުތައް އުފެއްދޭނެގޮތް ހެދުން. | |
* | ދިވެހި ބިމަކީ ދިވެހިންގެ އެއްޗެއްގެ ގޮތުގައި ދަމަހައްޓައި ބޭރުގެ އެއްވެސް ފަރާތަކަށް ދިވެހި ބިން މިލްކުކުރުމުގެ ފުރުޞަތު ނުދިނުން. |
17 | * | ބޭރު ޤައުމުތަކާ ރަޙްމަތްތެރިކަން ބަދަހިކޮށް ދުނިޔޭގެ ޞުލްޙައާއި އަމަންއަމާންކަން ދެމެހެއްޓުމަށްޓަކައި ސަރަޙައްދީގޮތުން އަދި ބައިނަލްއަޤްވާމީގޮތުން ޙަރަކާތްތެރިވާ މިނިވަން ޚާރިޖީ ސިޔާސަތެއް ޤާއިމް ކުރުން. |
* | ރާއްޖޭގެ ގަދަރާއި ޢިއްޒަތާއި ޝަރަފު ދުނިޔޭގެ ކުރިމަތީގައި ކުރިއަރުވާ، ބައިނަލް އަޤްވާމީ މުޖުތަމަޢުގައި ދިވެހިރާއްޖެއަކީ ޑިމޮކްރެޓިކް ހަމަތަކާއި އުޞޫލްތަކަށް އިޙްތިރާމްކުރާ ޤައުމެއްގެ ގޮތުގައި ހެދުން. | |
* | ބައިނަލް އަޤުވާމީ ދުނިޔެއާއި ގުޅުން ބަދަހިކޮށް، ރާއްޖެއާއި އެހެން ޤައުމުތަކުގެ މެދުގައި އޮންނަ ޚާރިޖީ ގުޅުންތައް ވަރުގަދަ ކުރުން. | |
18 | * | ދިވެހިރާއްޖެއަކީ ބައިނަލްއަޤްވާމީ ޖަމިއްޔާތަކާއިއެކު ހަދާފައިވާ މުއާހަދާތަކަށް ފުރިހަމައަށް ބޯލަނބާ އިޙްތިރާމްކުރާ ޤައުމެއް ކަމަށް އަލުން އަނބުރާ ހެދުން. |
* | ދިވެހިރާއްޖެ އަލުން އަބުރާ 'ކޮމަންވެލްތް އޮފް ނޭޝަންސް' ގައި ބައިވެރިކުރުވުން. | |
* | ރާއްޖޭގެ އުފެއްދުންތަކާއި ވިޔަފާރިއަށް ދުނިޔޭގެ ބާޒާރުން ފުރުޞަތުތައް ފަހިކޮށްދެވި، ރާއްޖޭގެ އިގްޠިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއާއި، އިންސާނީ ވަޞީލަތް ތަރައްޤީ ކުރުމުގައި އެކުވެރި ޤައުމުތަކާއި، ބައިނަލްއަޤުވާމީ މާލީ އިދާރާތަކާއި، ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކުގެ އެހީތެރިކަން އިތުރުކުރުން. | |
* | އިންޑިޔާ ކަނޑުގެ އަމަން އަމާންކަމާއި ޞުލްޙަ މަސަލަސްކަން ދަމަހައްޓާ ގުޅުންތައް ވަރުގަދަކުރުން. | |
* | އިސްލާމީ އުއްމަތުގެ އެއްބައިވަންތަކަން ދެމެހެއްޓުމަށް މަސައްކަތްކުރުމާއި އެކު ރާއްޖެއާއި އިސްލާމީ ޤައުމުތަކާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުން. |
19 | * | ދިވެހިރާއްޖޭގެ ސަލާމަތީ ޚިދްމަތްތަކަކީ ސިޔާސީ ނުފޫޒުން މުޅިން އެއްކިބާވެ ރައްޔިތުން ބަލައިގަންނަ ގޮތަށް މަސައްކަތްކުރާ ފަރާތަކަށް ހެދުން. |
* | ދިވެހިރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކަކީ ޝަރަފުވެރި، ނޭދެވޭ ސިޔާސީ ނުފޫޒުން އެއްކިބާވެތިބޭ، އަދި ރައްޔިތުންގެ ލޯތްބާއި އިތުބާރުލިބިފައިވާ ޤާބިލް ބައެއްގެ ގޮތުގައި ދެމެހެއްޓުން. | |
* | ދިވެހިރާއްޖޭގެ ސަލާމަތީ ޚިދުމަތްތައް ހަރުދަނާކޮށް، ޒަމާނަށް ބައްޓަންކޮށް، ފުލުހުންނާއި ސިފައިންނަކީ ރާއްޖޭގައި އުޅޭ އެންމެހާ މީހުނާއި، މުދަލާއި ގެދޮރުގެ ރައްކާތެރިކަމާއި، އަމާންކަމާއި، މިނިވަންކަން ކަށަވަރުކުރާ، ރައްޔިތުންގެ އިތުބާރު ލިބިފައި އޮތް މުއައްސަސާތަކަކަށް ހެދުން. | |
20 | * | ދިވެހިރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކަކީ، އެމުޢައްސަސާތަކަށް ބޭނުންވާ ތަޢުލީމާއި، ތަމްރީނާއި، ޒަމާނީ ވަސީލަތްތަކާއެކު ޙަރަކާތްތެރިވާ ވަޒީފާގެ ރައްކާތެރިކަން ލިބިފައިވާ ފަރާތްތަކެއްގެ ގޮތުގައި ދެމެހެއްޓުން. |
* | މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޚިދުމަތް އެންމެ ފުރިހަމަ ގޮތެއްގައި ރައްޔިތުންނަށް ލިބިދިނުމަށްޓަކައި އެ މުއައްސަސާތަކަށް އުނިކަމެއް އަންނާނެ އެއްވެސް ކަމެއް ޤާނޫނަކުން ވިޔަސް ނުގެނައުން. |
21 | * | މަޖިލީހުގެ މައިނޯރިޓީ ރައިޓްސް ރައްކާތެރިކުރުމާއި، ސަރުކާރު ޖަވާބުދާރީ ކުރުވުމާއި، މިނިވަން މުޢައްސަސާތަކުގެ މަސައްކަތް ހަރުދަނާކުރުން. |
* | މިނިވަން މުޢައްސަސާތަކާއި ޖުޑީޝަރީގެ ބަޖެޓް ފާސްކުރުމުގައި ސަރުކާރުގެ ދައުރު ކުޑަކުރުން. | |
22 | * | އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީއަކީ މިނިވަން މުޢައްސަސާއަކަށްވެ ތިމާވެށީގެ ޤާނޫނަށް ގެނެސްފައިވާ އިޞްލާޙް ބަދަލުކޮށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީގެ މަސައްކަތްތަކުގެ ތެރެއިން ވަކިކުރެވި ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ގެނެވިފައިވާ މަސައްކަތްތަކާއި އަދި އެހެން މުޢައްސަސާއެއްގެ ދަށަށް ގެނެވިފައިވާ މަސައްކަތެއް ވާނަމަވެސް އެމަސައްކަތެއް އަނބުރާ އީ.ޕީ.އޭ. އަށް ބަދަލުކޮށް އީ.ޕީ.އޭ މިނިވަންކޮށް ހިންގޭނެގޮތް ހެދުން. |
23 | * | މިނިވަން މުޢައްސަސާތައް ވެރިކަން ހިންގުމުގެ ނިޒާމުގެ ނުފޫޒުން އެއްކިބާކޮށް މިނިވަންކަމާއެކު ހިންގުން ކަށަވަރުކޮށް އެފަދަ މުޢައްސަސާތަކަށް ފާރަލާ ނިޒާމުގެ ތެރެއިން އެކަން ހިންގުން. |