ސްޓޭޓަސް | ނިމިފައި |
މަސައްކަތް ހިންގާ ވުޒާރާ | އެޓަރނީ ޖެނެރަލްގެ އޮފީސް |
ކުރެވުނު މައިގަނޑު މަސައްކަތްތައް |
• އެންޖީއޯ ޤާނޫނު ގެ ބިލް އެކުލަވާލައި މަޖިލީހަށް ހުށަހަޅާފައި.
• ބިލް އެކުލަވާލުމަށްޓަކައި، ކަމާގުޅޭ ފަރާތްތަކާއި މަދަނީ ޖަމްޢިއްޔާތަކާ ފުޅާދާއިރާއެއްގައި މަޝްވަރާކުރެވުނު. • އެންޖީއޯ ޤާނޫނު ގެ ބިލް އެކުލަވާލައި މަޖިލީހަށް ހުށަހަޅާފައި. • ބިލް އެކުލަވާލުމަށްޓަކައި، ކަމާގުޅޭ ފަރާތްތަކާއި މަދަނީ ޖަމްޢިއްޔާތަކާ ފުޅާދާއިރާއެއްގައި މަޝްވަރާކުރެވުނު. |
ފެންނާނެ ބަދަލު |
• ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 30 ވަނަ މާއްދާގެ (ށ) ގެ ދަށުން ކޮންމެ މީހަކަށްމެ ލިބިދޭ ޖަމްޢިއްޔާތަކާއި ޖަމާޢަތްތައް ހެދުމުގެ ޙައްޤު ފުރިހަމަ ގޮތުގައި ލިބުން.
• ރަޖިސްޓަރީކޮށްގެން ހިންގާ ޖަމްޢިއްޔާތަކުގެ ހަރަކާތްތައް ޒިންމާދާރު ގޮތެއްގައި ހިންގޭނެ ނިޒާމެއް ޤާއިމުވުން. • މި ޤާނޫނުގެ ދަށުން ވިޔަފާރިކުރެވޭނެ ދާއިރާތަކާއި، ފައިސާ ހޯދުމާއި، ދަރަންޏަށް ޒިންމާވުމާ ގުޅޭ އުސޫލުތައް ހެދި ޖަމްޢިއްޔާތައް އިޤްތިޞާދީގޮތުން ބާރުވެރިވުން. |
ސްޓޭޓަސް | ނިމިފައި |
މަސައްކަތް ހިންގާ ވުޒާރާ | މިނިސްޓްރީ އޮފް ހޯމްއެފެއާޒް |
ކުރެވުނު މައިގަނޑު މަސައްކަތްތައް |
• މަދަނީ ޖަމިއްޔާތަކުގެ މައުލޫމާތު ލިބޭނެ އޮންލައިން ޕޯޓަލް 24 ފެބްރުވަރީ 2019 ގައި ލޯންޗުކުރެވިފައި.
• ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކުރެވިފައިވާ 2360 ޖަމްޢިއްޔާތަކުގެ މަޢުލޫމާތު ޕޯޓަލްގައި ހިމަނާފައި. |
ފެންނާނެ ބަދަލު |
• ރާއްޖޭގައި ރަޖިސްޓްރީކޮށް ހިންގާ ޖަމްޢިއްޔާތަކުގެ ފުރިހަމަ މަޢުލޫމާތާއި ޖަމްޢިއްޔާތަކުން ހިންގާ ޙަރަކާތްތަކުގެ މަޢުލޫމާތު އޮންލައިންކޮށް އެއްތަނަކުން ލިބެންހުރުން.
• ޖަމްޢިއްޔާތަކުގެ މެދުގައި ގުޅުން ބަދަހިވެ ޖަމްޢިއްޔާތައް އިތުރަށް ހަރަކާތްތެރިވުމަށް ފުރުޞަތު ފަހިވެގެން ދިއުން. • ޖަމްޢިއްޔާތަކުން ހިންގާ ހަރަކާތްތަކުގައި މުޖުތަމަޢުގެ ބައިވެރިވުން އިތުރުވެ، އިޖްތިމާޢީ ރޫހު އާލާވުން. |
ވެބްސައިޓް | www.ngoportal.mv |
ސްޓޭޓަސް | ނިމިފައި |
މަސައްކަތް ހިންގާ ވުޒާރާ | މިނިސްޓްރީ އޮފް ހޯމްއެފެއާޒް |
ކުރެވުނު މައިގަނޑު މަސައްކަތްތައް |
• ފެއަރ އިންތިޒާމްކުރުމަށްޓަކައި، ސަރުކާރުގެ މިނިސްޓްރީތަކުގެ އިތުރުން ޓުއަރިޒަމް ދާއިރާގެ ޖަމްޢިއްޔާތަކާއި، ކޮމިއުނިކޭޝަން ސަރވިސް ޕްރޮވައިޑަރސް ތަކާއެކު މަޝްވަރާ ބައްދަލުވުންތައް ބާއްވާފައި.
• 2019 މާރިޗު މަހުގެ 16 އިން 18 އަށް "ހަވެލި" ނަމުގައި، ދަރުބާރުގޭގައި ފެއަރ ބާއްވާފައި. • ފެއަރގައި ޖުމްލަ 104 ޖަމްޢިއްޔާއަކުން ބައިވެރިވެފައި. އަދި ފެއަރއަށް ދަރިވަރުންނާޢި އާންމުން އަދި ވިޔަފާރިވެރިން ހިމެނޭގޮތަށް ޖުމްލަ 1980 މީހުން ޒިޔާރަތްކޮށްފައި. |
ފެންނާނެ ބަދަލު |
• މަދަނީ ޖަމްޢިއްޔާތަކުގެ މަސައްކަތްތަކުގެ މަޢުލޫމާތުތައް އާންމުންނަށް ލިބިގެން ދިއުން.
• މަދަނީ ޖަމްޢިއްޔާތަކާއި ވިޔަފާރި ކުންފުނިތަކާއި ދެމެދު ގުޅުން ބަދަހިވެ، ގުޅިގެން މަސައްކަތް ކުރުމުގެ ފުރުޞަތު އިތުރަށް ފަހިވުން. • ޖަމްޢިއްޔާތަކުގެ މެދުގައި ގައުމުގެ ކުރިއެރުމާއި ލާބައަށް މަސައްކަތް ކުރުމުގެ ރޫޙު އަށަގަނެވި، އާންމުން ޖަމްޢިއްޔާތަކާއި ގުޅިގެން މަސައްކަތްކުރުމަށް ފުރުޞަތު ފަހިވެ، ޖަމްޢިއްޔާތައް ބާރުވެރިވެގެންދިއުން. |
ސްޓޭޓަސް | ނިމިފައި |
މަސައްކަތް ހިންގާ ވުޒާރާ | މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް |
ކުރެވުނު މައިގަނޑު މަސައްކަތްތައް |
• ސްޕޯޓްސް ކައުންސިލަރުންގެ ދައުރު ކަނޑައަޅައި، ސިވިލް ސަރވިސްގެ ދަށުން މަޤާމް އެކުލަވާލާފައި.
• ހުރިހާ ރަށްރަށަކުން ސްޕޯޓްސް ކައުންސިލަރުން އައްޔަން ކުރުމަށްޓަކައި ފުރުޞަތު ހުޅުވާލާފައި. • މިހާތަނަށް އެޕްލައި ކުރި ފަރާތްތަކުގެތެރެއިން ޝަރުތު ހަމަވާ 69 ފަރާތްތަކަށް ތަމްރީނު ޕްރޮގްރާމްތައް ހިންގިފައި. |
ފެންނާނެ ބަދަލު |
• ދުޅަހެޔޮ މުޖުތަމަޢެއް ބިނާވުމަށް މަގުފަހިވުން.
• ރަނގަޅު ކާނާ ކެއުމުގެ މުހިއްމުކަމާއި ސިނގިރޭޓާއި އެނަރޖީ ޑްރިންކް ފަދަ ނޭދެވޭ އާދަތަކުން ސިއްހަތަށް ލިބޭ ގެއްލުމަށް ހޭލުންތެރިވުން. • ކުޅިވަރު ކުރިއަރައި، ރަށުގެ އިޖުތިމާއީ ގުޅުން ހަރުދަނާވެ އެކުވެރި މުޖުތަމައެއް އުފެދުން. |
ސްޓޭޓަސް | ނިމިފައި |
މަސައްކަތް ހިންގާ ވުޒާރާ | މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް |
ކުރެވުނު މައިގަނޑު މަސައްކަތްތައް |
• އެސޯސިއޭޝަންތަކުގެ އޮޑިޓް ހެދިފައި.
• އެސޯސިއޭޝަންތަކާ މަޝްވަރާކުރެވި ބަޖެޓު އެކުލަވާލާ ފާސްކުރެވިފައި. |
ފެންނާނެ ބަދަލު |
• ރާއްޖޭގައި ކުޅިވަރުގެ ދާއިރާ އިތުރަށް ތަރައްޤީވެ އެ ދާއިރާއިން ކުރިއަށް ދިއުމުގެ މަގު ފަހިވެގެން ދިއުން.
• އެސޯސިއޭޝަންތަކުގެ ހިންގުން ހަރުދަނާވެ، ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވުން. • ހުރިހާ ކުޅިވަރަކަށް ހަމަހަމަ ގޮތެއްގައި ކުރިއެރުމަށް ސަރުކާރުން ފުރުސަތު ލިއްބައިދިނުން. |
ސްޓޭޓަސް | ނިމިފައި |
މަސައްކަތް ހިންގާ ވުޒާރާ | މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް |
ކުރެވުނު މައިގަނޑު މަސައްކަތްތައް |
• ރާއްޖޭގެ އެކި ރަށްރަށުގައި ހުރި ކުޅިވަރު ފެސިލިޓީތަކުގެ ޙާލަތާއި، ކުޅޭ ކުޅިވަރުތަކުގެ މަޢުލޫމާތުތައް ކައުންސިލްތަކުން ހޯދިފައި.
• ހޯދުނު މަޢުލޫމާތުގެ އަލީގައި ރިޕޯޓެއް އެކުލަވާލެވިފައި. |
ފެންނާނެ ބަދަލު |
• ކުޅިވަރު ފެސިލިޓީ ޤާއިމްކުރާއިރު އެރަށެއްގެ ރައްޔިތުންގެ ޚިޔާލާ އެއްގޮތަށް ރައްޔިތުން ބޭނުންވާ ކުޅިވަރު ފެސިލިޓީތައް ތަރައްޤީވުން.
• ރައްޔިތުންގެ މެދުގައި އެންމެ މަޤްބޫލު ކުޅިވަރުތައް ކުޅުމުގެ ފުރުޞަތު ލިބުން. |
ޕޮލިސީ ޑޮކިއުމަންޓް ލިންކް | youth.gov.mv/assets/source/docs/Sports_Audit_Report_2019.pdf |
ސްޓޭޓަސް | ނިމިފައި |
މަސައްކަތް ހިންގާ ވުޒާރާ | މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް |
ކުރެވުނު މައިގަނޑު މަސައްކަތްތައް | • އަންހެން އަދި ފިރިހެން ޤައުމީ ޓީމުގެ ހުރިހާ ކުޅުންތެރިންނަށް ދެވޭ އެލަވަންސް ހަމަހަމަކުރެވިފައި. |
ފެންނާނެ ބަދަލު |
• ކުޅިވަރުގެ ދާއިރާގައި އަންހެނުންގެ ދައުރު ފުޅާވެގެންދިއުން.
• ހުރިހައި ޤައުމީ ކުޅިވަރު ޓީމްތަކެއްގެ މެދުގައި އަދި ކުޅުންތެރިންގެ މެދުގައި ހަމަހަމަކަން ޤާއިމްކުރުން. |
ސްޓޭޓަސް | ނިމިފައި |
މަސައްކަތް ހިންގާ ވުޒާރާ | މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް |
ކުރެވުނު މައިގަނޑު މަސައްކަތްތައް |
• "ދިޔަރެސް"ގެ ނަމުގައި މޫދުކޮންވެންޝަނެއް 12 މާރޗް 2019 ގައި ބޭއްވިފައި.
• މި ކޮންވެންޝަނުގައި ބައިވެރިވި ކުޅިވަރު އެސޯސިއޭޝަންތަކުގެ ތެރޭގައި ސްވިމް މޯލްޑިވްސް އާއި ސެއިލިން މޯލްޑިވްސް އާއި ރޯވިން މޯލްޑިވްސް އަދި ސާފިން އެސޯސިއޭޝަން ހިމެނޭ. • ކޮންވެންޝަންގައި ކަމާގުޅޭ ހުރިހާ ފަރާތްތަކާއެކު ޕެނަލް ޑިސްކަޝަން ބޭއްވި، މޫދު ކުޅިވަރު ރާއްޖޭގައި ކުރިއެރުވުމަށް ކުރެވިދާނެ ކަންކަން ވަނީ ދެނެގަނެވިފައި. |
ފެންނާނެ ބަދަލު |
• ރާއްޖޭގެ ރަށްތަކުގައި މޫދު ކުޅިވަރު އިތުރަށް ފުޅާ ކުރެވި މީހުން ދިރިއުޅޭ ރަށްރަށުގައާއި އަދި ރިޒޯޓުތަކުގައި ރައްޔިތުންނަށް ގިނަ ވަޒީފާގެ ފުރުސަތުތަކެއް އުފެދިގެން ދިއުން.
• ރާއްޖޭއަކީ ތަފާތު ވައްތަރުގެ މޫދު ކުޅިވަރުތައް ބޭއްވި އަދި ބައިނަލްއަޤްވާމީ ފެންވަރުގެ މުބާރާތްތައް ބޭއްވުމަށް މަގުފައިވުން. |
ސްޓޭޓަސް | ނިމިފައި |
މަސައްކަތް ހިންގާ ވުޒާރާ | މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް |
ކުރެވުނު މައިގަނޑު މަސައްކަތްތައް |
• ދުޅަހެޔޮ ހަށިހެޔޮ އީދުގެ ފުރަތަމަ ޕްރޮގްރާމް މާލެ ސިޓީގައި ބާއްވާފައި.
• އަހަރުތެރޭގައި ރާއްޖޭގެ ތަފާތު ސަރަޙައްދު ތަކުގައި ޕްރޮގްރާމް ހިންގުމަށް ރާވާފައި |
ފެންނާނެ ބަދަލު |
• ހުރިހާ އުމުރުފުރައެއް ޝާމިލުވާގޮތުން، ދުޅަހެޔޮ، ހަށިހެޔޮ މުޖްތަމަޢުއެއް ބިނާވެގެންދިއުން.
• މުޖުތަމައުގެ އެއްބައިވަންތަކަމާއި އިޖްތިމާޢީ ރޫހު އާލާވުން. |
ސްޓޭޓަސް | ހިނގަމުންދަނީ |
މަސައްކަތް ހިންގާ ވުޒާރާ | މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް |
ކުރެވުނު މައިގަނޑު މަސައްކަތްތައް | • ސްވިމިން ޕޫލް ޤާއިމުކުރާނެ ތަނެއް ކަނޑައެޅުމުގެ މަޝްވަރާތައް ކުރިއަށްދަނީ. |