100 ދުވަހުގެ ވަޢުދުތައް - ތިމާވެށި







ޖުމްލަ 1 ދާއިރާއިން 12 ވަޢުދު


ނިމުނު ވަޢުދުގެ ޢަދަދު 10
ނިމުނު އިންސައްތަ 83%
37
ސްޓޭޓަސް ހިނގަމުންދަނީ
މަސައްކަތް ހިންގާ ވުޒާރާ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ކުރެވުނު މައިގަނޑު މަސައްކަތްތައް • "ރޯޑް މެއިންޓެނަންސް މެނުއަލް" ގެ ޑްރާފްޓް އެކުލަވާލެވިފައި.
• މި މަސައްކަތް ކުރުމުގައި މައިގަނޑު ދައުރެއް އަދާކުރާ އިދާރާތައް އެކަށައެޅުމުގެ މަސައްކަތް ކުރިއަށްދަނީ.
38
ސްޓޭޓަސް ނިމިފައި
މަސައްކަތް ހިންގާ ވުޒާރާ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ
ކުރެވުނު މައިގަނޑު މަސައްކަތްތައް • 3 އަތޮޅެއްގެ 80 ކައުންސިލްރުންނަށް ތިމާވެށި މައްތިނި ޕްރޮގްރާމް ބޭއްވިފައި.
• ވަޒީރުންގެ މަޖިލީހަށާއި، މަޖިލިސް މެންބަރުންނަށް މި ޕްރޮގްރާމް ބޭއްވިފައި.
• ހުރިހާ ކައުންސިލަރުންނަށާއި މިނިވަން މުއައްސަސާތަކަށް އަމާޒުކޮށްގެން މުޅި އަހަރަށް ބަހާލައިގެން ހިންގާނެ ޕްލޭންއެއް ކަނޑައެޅިފައި.
ފެންނާނެ ބަދަލު • ސިޔާސަތުތައް ކަނޑައެޅުމުގައި ކަންކަން ނިންމާ ފެންވަރުގެ މީހުން ތިމާވެއްޓަށް އަހުލުވެރިވުން.
• ރަށު އަދި އަތޮޅު ފެންވަރުގައާއި ތަފާތު މިނިސްޓްރީ ފެންވަރުގައި ނިންމޭ ނިންމުންތަކަކީ ތިމާވެއްޓާ ރަށްޓެހި ސިޔާސަތުތަކެއް ކަމުގައި ވެގެން ދިއުން.
• ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ރައްކާތެރިކުރެވޭނެ ގޮތަށް ސިޔާސަތުތައް ރޭވިގެންދިއުން.
39
ސްޓޭޓަސް ނިމިފައި
މަސައްކަތް ހިންގާ ވުޒާރާ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ
ކުރެވުނު މައިގަނޑު މަސައްކަތްތައް • ހއ އަތޮޅުން ފެށިގެން ނ އަތޮޅާ ހިސާބަށް ހުރި ރަށްތަކުގެ ބޭސްލައިން ދިރާސާ އެއް ކުރެވި ހިމާޔަތްކުރަންޖެހޭ 11 ރަށެއް ވަނީ ފާހަގަކުރެވިފައި.
• ހ.ދ ކޭލަކުނާއި އެރަށުގެ ވަށައިގެންވާ ފަރާއި ފަޅުގެ ސަރަޙައްދާއި، އެއަތޮޅުގެ ނޭކުރެންދޫގެ ކުޅި، ފާ، ޗަސްބިން ސަރަޙައްދާއި އަދި ހ.އ ބާރަށުގެ ކުޅި، ފާ، ޗަސްބިން ސަރަޙައްދަކީ، ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކެއް ކަމުގައި ކަނޑައަޅާފައި.
• 13 ރިސޯޓުގެ ފަރުގެ ކަނޑައެޅޭ ތަންތަނަކީ ތިމާވެށީގެ ޤާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާ ސަރަޙައްދުތަކެއްގެ ގޮތުގައި ކަނޑައަޅާފައި.
ފެންނާނެ ބަދަލު • ތިމާވެށީގެ މުހިންމު ސަރަހައްދުތައް އަންނަން އޮތް ޖީލުތަކަށް ފެންނާނޭހެން ޤުދުރަތީ އަދި ޠަބީޢީ ގޮތުގައި ރައްކާތެރިކުރެވިގެންދިޔުން.
• ރައްޔިތުންގެ މެދުގައި ތިމާވެއްޓާގުޅޭ ކަންކަމުގައި ހޭލުންތެރިކަން އިތުރުވުން.
• މިފަދަ ސަރަހައްދުތަކުގައި ޤުދުރަތީގޮތުން އުފެދޭ ދިރުންތައް އާލާވެ، އިކޯސިސްޓަމް ބެލެންސްވުން.
40
ސްޓޭޓަސް ނިމިފައި
މަސައްކަތް ހިންގާ ވުޒާރާ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ
ކުރެވުނު މައިގަނޑު މަސައްކަތްތައް • ހުޅުމާލޭ އަލަށް ހިއްކި ބިމުގައި 100ރުއް އަދި 150ގަސް އިންދިފައި.
• މާލޭގެ އެކި ސަރަހައްދު ތަކުގައި 2700 ގަސް އިންދުމަށް ހަމަޖެހިފައިވާ ޕްރޮގްރާމް ފެށިފައި.
• ރަށްފެހި ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ ހުރިހާ ރަށެއްގައި ގަސް އިންދާނެ ގޮތުގެ ޓައިމްލައިނެއް އެކުލަވާލެވިފައި.
ފެންނާނެ ބަދަލު • ރާއްޖޭގެ ރަށްރަށުގެ މަލަމަތި ރީތިވުން.
• ރަށުތެރޭ ވައި ސާފުވެ ހިތްފަސޭހަ ފިނި ތަނަކަށްވުން.
• ތިމާވެއްޓަށް ހޭލުންތެރިކަން އިތުރުވުން.
41
ސްޓޭޓަސް ނިމިފައި
މަސައްކަތް ހިންގާ ވުޒާރާ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ
ކުރެވުނު މައިގަނޑު މަސައްކަތްތައް • ޓޫރިޒަމް އާ ގުޅޭ ގޮތުން ހަދަންޖެހޭ އީއައިއޭ ތައް ޓޫރިޒަމް މިނިސްޓްރީގެ ދަށުން އެންވަޔަރަންމަންޓް މިނިސްޓްރީގެ ދަށަށް ބަދަލުކުރެވިފައި.
• ޓޫރިސްޓް ރިޒޯޓު ހެދުމަށް ދޫކުރާ ސަރަހައްދުގައި އެތަނެއްގެ ވެއްޓަށް ދާއިމީ ބަދަލެއް އަންނާނެފަދަ މަސައްކަތެއް ކުރުމުގެ ކުރިން ހަދައި ފާސްކުރަންޖެހޭ އީއައިއޭ ފާސްކުރުމުގެ ބާރު އަލުން އީޕީއޭއަށް ލިއްބައިދީފައި.
ފެންނާނެ ބަދަލު • ތަރައްޤީގެ މަޝްރޫއުތައް ހިންގޭއިރު ތިމާވެއްޓަށް ކުރާނެ އަސަރުތަކަށް ރިޢާޔަތްކުރެވި، އެކަމަށް ހައްލުތައް ހޯދައި އެ ހައްލުތަކާއި އެކު މަޝްރޫއުތައް ކުރިއަށް ގެންދާނެ ފްރޭމްވާރކް ތައް ރޭވިގެން ދިއުން.
• ތިމާވެށްޓާ ގުޅުންހުރި މަސައްކަތްތަކާ ގުޅިގެން ހިންގޭ ކޮރަޕްޝަން އަދި ނުފޫޒު ބޭނުންކުރުމުގެ މަގުތައް ބަންދުކުރުމަށް ބާރުއެޅުން.
ޕޮލިސީ ޑޮކިއުމަންޓް ލިންކް www.gazette.gov.mv/gazette/download/4442
42
ސްޓޭޓަސް ނިމިފައި
މަސައްކަތް ހިންގާ ވުޒާރާ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ
ކުރެވުނު މައިގަނޑު މަސައްކަތްތައް • ދިރާސާ ތައް ފެންނާނެ ވެބްޕޯޓަލްއެއް ޤާއިމްކޮށްފައި.
• މި ޕޯޓަލްގައި ރާއްޖޭގެ ތިމާވެއްޓާ ގުޅޭގޮތުން ކޮށްފައިވާ 624 ދިރާސާއެއް ހިމެނިފައި.
• މި ޕޯޓަލް އިތުރަށް އިންޓަރެކްޓިވް ކުރުމުގެ މަސައްކަތްތައް ފެށިފައި.
ފެންނާނެ ބަދަލު • މި ޕޯޓަލް މެދުވެރިކޮށް ތިމާވެއްޓާ ގުޅޭގޮތުން ކުރެވިފައިވާ ދިރާސާތައް ފަސޭހައިން އެއްތާކުން އާންމުނަށް ފެންނާނެގޮތް ހަމަޖެހުން.
• ތިމާވެއްޓާ ގުޅޭގޮތުން އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުވުން.
• އިތުރު ދިރާސާތައް ކުރަންޖެހޭ ދާއިރާތައް ފާހަގަވެ، އިތުރު ދިރާސާ ކުރުމަށް ހިތްވަރުލިބުން.
ވެބްސައިޓް www.maldivesconservationportal.org
43
ސްޓޭޓަސް ނިމިފައި
މަސައްކަތް ހިންގާ ވުޒާރާ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ
ކުރެވުނު މައިގަނޑު މަސައްކަތްތައް • ހ.ދ ކޭލަކުނާއި އެރަށުގެ ވަށައިގެންވާ ފަރާއި ފަޅުގެ ސަރަޙައްދާއި، އެއަތޮޅުގެ ނޭކުރެންދޫގެ ކުޅި، ފާ، ޗަސްބިން ސަރަޙައްދާއި އަދި ހ.އ ބާރަށުގެ ކުޅި، ފާ، ޗަސްބިން ސަރަޙައްދަކީ، ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކެއް ކަމުގައި ކަނޑަޅައި، ގެޒެޓް ކުރެވި އަދި މި ސަރަހައްދުތައް ބަލަހައްޓާނެ ގޮތުގެ މެނޭޖްމަންޓް ޕްލޭން ތައްޔާރުކުރެވިފައި.
ފެންނާނެ ބަދަލު • ހިމާޔަތްކުރެވިފައިވާ ސަރަހައްދުތަކަކީ ކަނޑައެޅޭ އުސޫލުތަކެއްގެ ތެރެއިން، ބެލެހެއްޓޭ ސަރަހައްދުތަކެއްކަމުގައި ވެގެންދިއުން.
• މިފަދަ ސަރަހައްދުތަކުގައި ޤުދުރަތީގޮތުން އުފެދޭ ދިރުންތައް އާލާވެ، އިކޯސިސްޓަމް ބެލެންސްވުން.
ޕޮލިސީ ޑޮކިއުމަންޓް ލިންކް www.gazette.gov.mv/iulaan/view/92969
44
ސްޓޭޓަސް ނިމިފައި
މަސައްކަތް ހިންގާ ވުޒާރާ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ
ކުރެވުނު މައިގަނޑު މަސައްކަތްތައް • މިއަހަރު ގްރޭޑް 1 ގައި ކިޔަވާ ހުރިހާ ދަރިވަރުންނަށް ރީފިލްކުރެވޭ 9000 'ސުޕަރ ފެންފުޅި' ވަނީ ބަހާފައި.
• ޔުނިސެފް އިން ހަދިޔާކޮށްފައިވާ 5000 ކޮތަޅުގެ ތެރެއިން 1530 ކޮތަޅު 4 ރަށަކަށް ވަނީ ހަދިޔާކޮށްފައި.
ފެންނާނެ ބަދަލު • ސިންގަލްޔޫސް ޕްލާސްޓީކް ކޮތަޅު އަދި ފުޅި ކުނީގެ ގޮތުގައި ގޮނޑުދޮއްތަކާއި، ފަރުތަކާއި އަދި ކަނޑަށް އެޅުން ހުއްޓުމުން ކަނޑާ ފަޅުގެ ދިރުން އާލާވެ، ކުރާ ނޭދެވޭ އަސަރު ކުޑަވުން.
• މަސްމަހަށް ކެވޭ ޕްލާސްޓިކް ގެ މިންވަރު މަދުވެ، މީގެ ސަބަބުން އިންސާނުންނަށް ކުރާ އަސަރު ކުޑަވުން.
• ކުނީގެ ގޮތުގައި މަގުމައްޗަށާއި ކުނިގޮނޑުގައި އަންދަންޖެހޭ ޕްލާސްޓިކްގެ އަދަދު މަދުވުމުން ތިމާވެއްޓަށާއި ސިއްހަތަށް ކުރާ ނޭދެވޭ އަސަރު ކުޑަވުން.
45
ސްޓޭޓަސް ނިމިފައި
މަސައްކަތް ހިންގާ ވުޒާރާ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ
ކުރެވުނު މައިގަނޑު މަސައްކަތްތައް • 7000 އަށްވުރެ ގިނަ ފަރާތުން ބައިވެރިވެ މުޅިރާއްޖެ ސާފުކުރުމުގެ ޕްރޮގްރާމެއް މާލެއާއި ރާއްޖޭގެ ހުރިހާ ރަށެއްގައި ހިންގިފައި.
• މާލެ ސަރަހައްދުން 195 ޓަނުގެ ކުންޏާއި 20 ޓަނުގެ ޕްލާސްޓިކް އެއްކޮށްފައިވޭ.
• ރަށްރަށުން 21000 ޑަސްޓްބިން ކޮތަޅުގެ ކުނި އެއްކޮށްފައިވޭ.
• ސާފުކުރުމުގެ ޕްރޮގްރާމް ކަނޑައެޅޭ ޕްލޭނެއްގެ ދަށުން ހިންގުން.
ފެންނާނެ ބަދަލު • ގޮނޑުދޮއްތަކާއި، ފަރުތަކާއި އަދި ކަނޑަށް ކުނި އެޅުން ހުއްޓުމުން ރާއްޖޭގެ ތިމާވެއްޓަށާއި، އިގްތިސާދީ އަދި ސިއްޙީ ގޮތުން ކުރާ ނޭދެވޭ އަސަރު ކުޑަވެގެންދިއުން.
• ދެމެހެއްޓެނިވި ތަރައްޤިއަށް ކުރަމުންދާ މަސައްކަތުގައި، ރަނގަޅުގޮތުގައި ކުނި މެނޭޖް ކުރެވިގެންދިއުން.
46
ސްޓޭޓަސް ނިމިފައި
މަސައްކަތް ހިންގާ ވުޒާރާ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ
ކުރެވުނު މައިގަނޑު މަސައްކަތްތައް • COP24 ގެ ސެމިނާ ތަކާއި ކޮންވެންޝަން ތަކުގައި ބައިވެރިވެ، މޫސުމަށް އަންނަ ބަދަލު ތަކުގެ ސަބަބުން ރާއްޖެއަށް ދިމާ ވެފައިވާ ތިމާވެށީގެ މައްސަލަތައް ދުނިޔޭގެ ސަމާލުކަމަށް ގެނެސްފައި.
ފެންނާނެ ބަދަލު • ބައިނަލަގްވާމީ މައިދާނުގައި ދިވެހި ރާއްޖެއަކީ ކްލައިމެޓް ޗެމްފިއަނެއްގެ ގޮތުގައި ފެނިގެން ދިޔުން.
• ދިވެހިރާއްޖެއަށް ދިމާވެފައިވާ ތިމާވެށީގެ މައްސަލަތައް ހައްލުކުރުމުގައި ބޭރުގެ ގައުމުތަކާއި އެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެން ދިއުން.
47
ސްޓޭޓަސް ހިނގަމުންދަނީ
މަސައްކަތް ހިންގާ ވުޒާރާ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ
ކުރެވުނު މައިގަނޑު މަސައްކަތްތައް • މަސައްކަތް ފެށުމަށް ފަންޑިންގ އޭޖެންސީ ތަކުން ހޯދަންޖެހޭ އެންމެ ފަހުގެ ހުއްދަތައް ހޯދިފައި.
• މަޝްރޫޢުގެ އަމަލީ މަސައްކަތްކުރުމަށް ކޮންޓްރެކްޓަރ ޕްރީކޮލިފައި ކުރުމަށް އިއުލާން ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން.
ފެންނާނެ ބަދަލު • ރަށް ގިރުމުގެ ސަބަބުން ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ލިބުން.
48
ސްޓޭޓަސް ނިމިފައި
މަސައްކަތް ހިންގާ ވުޒާރާ މިނިސްޓްރީ އޮފް ފިނޭންސް
ކުރެވުނު މައިގަނޑު މަސައްކަތްތައް • ގްރީން ފަންޑުގެ ޓްރަސްޓް ފަންޑް ޤާއިމްކޮށްފައި.
• ގްރީން ފަންޑުގެ އާމްދަނީއާއި ޚަރަދުގެ ތަފްސީލްތައް މިނިސްޓްރީ އޮފް ފިނޭންސްގެ ވެބްސައިޓްގައި ކޮންމެ މަހަކު ޝާއިޢުކުރަން ފެށިފައި.
ފެންނާނެ ބަދަލު • ގްރީން ޓެކްސްގެ ގޮތުގައި ލިބޭ ފައިސާއަކީ ތިމާވެށްޓާ ގުޅޭ ކަންކަމަށް ޚަރަދުކުރެވޭ ފައިސާ ކަމަށް ހަމަޖެހުން.
• ދެފުށް ފެންނަ ގޮތަކަށް، ފަންޑުގެ މަޢުލޫމާތު ރައްޔިތުންނަށް އެނގިގެންދިއުން.
• ތިމާވެށި ހިމާޔަތް ކުރުމަށް ސަރުކާރުން ކުރާ މަސައްކަތް ހަރުދަނާކުރެވުމާއި، ސަރުކާރު ޖަވާބުދާރީކުރުވުމަށް މަގުފަހިކުރުން.