ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދާއި އެމަނިކުފާނުގެ އަނބިކަނބަލުން އިލްހާމް ޙުސައިން، ކުވޭތަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރޭ މެންދަމު ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ކުވޭތުގެ އަމީރު ޝެއިޚް ޞަބާޙް އަލްއަޙްމަދު އަލްޖާބިރް އައްޞަބާޙާއި، ކުވޭތުގެ ވަލީޢަހުދު ނަވާފް އަލްއަޙްމަދު އަލްޖާބިރް އައްޞަބާޙާއި، އެޤައުމުގެ ބޮޑުވަޒީރު ޝައިޚް ޖާބިރު އަލްމުބާރަކް އަލްޙަމަދު އައްޞަބާހާއި، ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ޢަލީ ފަހުދު އަލްރާޝިދާއި، ފޮރިން މިނިސްޓަރ ޝައިޚް ޞަބާޙް އަލްޚާލިދު އަލް ޙަމަދު އައްޞަބާހާއި، އެޑިޔުކޭޝަން މިނިސްޓަރ ޑޮކްޓަރ ނައިފް އަލް ހަޖްރަފާ ބައްދަލުކުރެއްވިއެވެ. މީގެ އިތުރުންވެސް، އެ ޤައުމުގެ ވިޔާފާރިއާއި އިޤްތިޞާދީ ބައެއް ފަރާތްތަކާ ބައްދަލުކުރެއްވިއެވެ.