ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، ކުވޭތުގެ ރައްޔިތުންގެ މަޖިލިސްކުރާ ގެއަށް މިއަދު ޒިޔާރަތްކުރައްވައި، މަޖިލީހުގެ ރައީސް ޢަލީ ފަހުދް އައްރާޝިދާއި، ކުވޭތު-މޯލްޑިވްސް ފްރެންޑްޝިޕް ކޮމިޓީގެ ޗެއާރމަންއާ ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުމުގައި، ޑިމޮކްރަސީ ހަރުދަނާކުރުމުގައި ދެޤައުމަށްވެސް ކުރެވެމުންދާ ތަޖުރިބާތައް ދެޤައުމުގެ ދެމެދުގައި ޙިއްޞާކުރުމުގެ މުހިންމުކަމުގެ މައްޗަށް އެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.

މިބައްދަލުކުރެއްވުމަށްފަހު މިއަދު އޮތް ކުވޭތުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ހިނގަމުން ދިޔަ ގޮތް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެވެ.