ފަތުރުވެރިކަމުގެ 40 އަހަރު ދައްކައިދޭ ފޮޓޯ މަޢުރަޒު، ނައިބު ރައީސް އަލްފާޟިލް މުޙަންމަދު ވަޙީދުއްދީން ބައްލަވާލައްވައިފިއެވެ. މިއަދު ހަވީރު ނޭޝަނަލް އާޓް ގެލެރީގައި މި ހުޅުވުނު މަޢުރަޒަކީ، ރާއްޖޭގެ ރީތި މަންޒަރުތައް ބޭރު ދުނިޔެއަށް ދައްކަވައި ދެއްވައި، ރާއްޖޭގެ ފަތުރުވެރިކަން ބޭރު ދުނިޔެއަށް ތަޢާރަފް ކޮށްދެއްވުމަށް މަސައްކަތް ކުރެއްވި ޖަރުމަނުވިލާތުގެ ފޮޓޯގްރާފަރެއް ކަމަށްވާ މައިކަލް ފްރީޑަލް ނަންގަވާފައިވާ ފޮޓޯތައް ހިމެނޭ މަޢުރަޒެކެވެ.