1.  މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސް އެންޑް ޓްރެޜަރީކަން

 
މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސް އެންޑް ޓްރެޜަރީ ކަމުގެ މަޤާމަށް ހެންވޭރު ނޫކުރިކީލަ ޢައްބާސް ޢާދިލް ރިޒާ، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ. ޢައްބާސް ޢާދިލް ރިޒާ މިހާތަނަށް ހުންނެވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަންގެ މަޤާމުގައެވެ.
 
2.  މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ނައިބުކަން
 
މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ނައިބު ކަމުގެ މަޤާމަށް މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ވިންޓަރހައުސް އަލްފާޟިލް އަޙްމަދު މުޞްޠަފާ މުޙަންމަދު، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ.
 
3. މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ނައިބުކަން
 
މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ނައިބު ކަމުގެ މަޤާމަށް އައްޑޫސިޓީ ފޭދޫ އަޅިވިލާގޭ އަލްފާޟިލް މުޙަންމަދު ލަޠީފް، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ.