ޤާނޫނު ނަންބަރު 2011/17 (މަސްތުވާތަކެއްޗާ ބެހޭ ޤާނޫނު)ގެ ދަށުން އުފައްދަވާފައިވާ ޑްރަގް ކޯޓް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްފާޟިލް މުޙަންމަދު ވަޙީދުއްދީން މިއަދު ހެނދުނު ހުޅުއްވައިދެއްވައިފިއެވެ. މިރަސްމިއްޔާތުގައި، އެކޯޓުގެ އާ އިމާރާތުގައި ދިވެހި ޤައުމީ ދިދަ ނަންގަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ.

ޑްރަގް ކޯޓުގެ އާ އިމާރާތަކީ، ކުރިން އެންސްޕާ މޯލްޑިވްސް ހިންގި އިމާރާތެވެ. އާ އިމާރާތަށް ބަދަލުވުމުގެ ކުރިން ޑްރަގް ކޯޓުގެ މަސައްކަތްތައް ހިނގަމުންދިޔައީ، ފަންހިޔާ ބިލްޑިންގގައެވެ.